ބޮލީވުޑްގެ ފިލްމީތަރީގެ ތެރެއިން އަނުޝްކާ ޝަރްމާ އަކީ ފާހަގަ ކޮށްލެވޭ ފިލްމީތަރިއެކެވެ. ރީތި އެތައް ފިލްމެއް ކުޅެ އެތައް ބައެއްގެ ސަމާލުކަން ހޯދާފައިވާ އަނުޝްކާ މިއަހަރު އުފަންދުވަސް ފާހަގަ ކޮށްފައެއް ނުވެއެވެ. އެހެން އަހަރުތަކާއި ހިލާފަށް އަނުޝްކާ މިއަހަރު އުފަންދުވަސް ފާހަގަ ކޮށްފައި ނުވަނީ މިހާރު އިންޑިޔާއަށް ކުރިމަތިވެފައިވާ ކޮވިޑުގެ ބަލިމަޑުކަމާއި ގުޅިގެންކަމަށް އޭނާ ވަނީ ބުނެފަ އެވެ.

ބަތަލާ އަނުޝްކާގެ އުފަންދުވަހަކީ މެއި އެއްވަނަ ދުވަހެވެ. ކޮންމެ އަހަރަކުވެސް އަނުޝްކާ އޭނާގެ އުފަންދުވަސް ފާހަގަ ކުރެއެވެ. މިއަހަރު އޭނާގެ އުފަންދުވަހު ފޭނުން އޭނާއަށް އުފަންދުވަހުގެ ތަހުނިޔާ ފޮނުވާފައިވާއިރު އަނުޝްކާ ވަނީ އޭނާގެ ފޭނުންނަށް ޝުކުރުޢަދާކޮށްފަ އެވެ.

އަނުޝްކާ މީސްމީޑިޔާގައި ހިއްސާކޮށްފައިވާ ވީޑިއޯއެއްގައި ބުނީ މިއަހަރު އުފަންދުވަސް ފާހަގަ ކުރާހިތް ނުވާކަމަށާއި އެއީ އިންޑިޔާއަށް ކުރިމަތި ވެފައިވާ ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ކަމަށެވެ. އޭނާ ބުނީ އުފަންދުވަސް ފާހަގަ ނުކޮށް ފިރިމީހާ ވިރާތު ކޯލީ އާއި އެކު މީހުންނަށް އެހީތެރިވާނީ ކަމަށެވެ.

މެއި އެއްވަނަ ދުވަހު އަނުޝްކާ އަށް ވަނީ 31 އަހަރު ފުރިފަ އެވެ. އަނުޝްކާ އާއި ވިރާތު އަށް ޖަނަވަރީ 11 ވަނަ ދުވަހު ވަނީ ކުއްޖަކު ލިބިފަ އެވެ. އަނުޝްކާ އާއި ވިރާތު ކައިވެނިކޮށްފައި ވަނީ 2017 ވަނަ އަހަރުގައި އިޓަލީގައި ވަރަށް ސިއްރުންނެވެ.

އިންޑިޔާގައި މިހާރު ފެތުރިފައި ވަނީ ކޮވިޑުގެ އާ ވޭރިއެންޓެކެވެ. އިންޑިޔާ އަށް މިހާރު އައިސްފައިވަނީ ކޮވިޑުގެ ދެވަނަ ރާޅު ކަމަށް އިންޑިއާ ސަރުކާރުން ސިފަކުރެއެވެ ގިނަ ބަޔަކު ވަނީ މިހާރު އެޤައުމުން ބަލި ޖެހިގެން މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކަމަނަ

    ތިޔައީ ދިވެހިންނަށް އަރައި ނުގަނެވޭފަދަ ބޮޑު ގެއްލުމެއް، ތި ގެއްލުމުގެ ސަބަބުން ދިވެހިންގެ ތަރައްޤީ 10 އަހަރު ފަހަތައް ޖެހިގެން ހިނގައިދާނެ. ތިޔަ ގެއްލުމުން އަރައިގަތުމަށް ވޯލްޑްބޭންކުން ލޯނެއް ނަގަން ފެނޭ.

    4
    1
    • ޛަޖަ

      ހަހަ ހާ. ފަނީ ޖޯކު.