އެމެރިކާގެ ޔޫޓާ އަށް ނިސްބަތްވާ އަންހެނަކު މަތިންދާ ބޯޓުގެ ތެރެއަށް ކުއްޖަކު ވިހައިފި އެވެ. މީޑިޔާ ރިޕޯޓުތައް ބުނާގޮތުގައި ފްލައިޓް ތެރެއަށް އުފަންވި ކުއްޖާގެ މަންމަ، ލެވީނިޔާ މޮންގާ އަށް އޭނާ ބަލިވެ އިންކަން ކުރިން ނޭނގެ އެވެ.

އާއިލާ އާއި އެކު ޔޫޓާ އިން ހަވައި އަށް ދަތުރުކުރަމުން ދަނިކޮށް ބަނޑަށް ތަދުވެގެން އެކަން ފްލައިޓްގެ ކްރޫއިންނަށް އެންގުމުން ފަހުން އޭނާ ބަލިވެ އިންކަން އެނގުނީއެވެ.

މޯންގާގެ ވާހަކަ މީޑިޔާ އާއި ހަމައަށް އައީ އޭނާ އާއި އެކު ފްލައިޓްގައި ދަތުރުކުރި މީހަކު ކޮށްފައިވާ ޓިކްޓޮކްއެއް ދައުރުވެގެންނެވެ. ޖޫލިޔާ ހެންސަން ނަމަކަށް ކިޔާ އަންހެނަކު އޭނާގެ ޓިކްޓޮކް އަށް ލާފައިވާ ވީޑިއޯއެއްގައި މޯންގާ ވިހައިގެން ދަރިފުޅާއި އެކު ފްލައިޓުން ނުކުންނަ މަންޒަރު ދައްކައިދެއެވެ. އަދި ފްލައިޓްތެރެއަށް މީހަކު ވިހިކަން އިއުލާން ކުރާ އަޑު ވީޑިއޯގައިވެސް އިވޭއިރު އެކަމަށް ގިނަބައެއްގެ ސަމާލުކަން ލިބިގެން ދިޔައެވެ.

@juliabernice

#stitch with @juliabernice Link in bio to help support the mother who gave birth on a plane! Or Venmo me (in bio) and I’ll send it directly to the fam

♬ original sound - Julia Hansen

ޓިކްޓޮކް އަށް މި ވީޑިޔޯ ލާފައިވާ ހެންސަން ބުނީ އޭނާ ހުރީ މޯންގާގެ ބައްޕަ ކައިރީގައި ކަމަށާއި މޯންގާ ބަލިވެއިންކަން އޭނާގެ ބައްޕައަށްވެސް ނޭނގޭ ކަމަށް އޭނާ ވަނީ ބުނެފައިވާ ކަމަށެވެ.

މޯންގާ ވިހެއީ ފްލައިޓްގައި ޑޮކްޓަރުންނާއި ނަރުހުންގެ އެހީތެރިކަމާއި އެކުގައެވެ އަދި ހަވައިގައި ފްލައިޓް ހެއްސުމާއި އެކު މޯންގާ އާއި އޭނާގެ ދަރިފުޅު ވަގުތުން ހޮސްޕިޓަލަށް ގެންދިޔައެވެ.

ފްލައިޓް އަށް އުފަންވި ކުއްޖާގެ ބައްޕަ ފޭސްބުކް އަށް ލާފައިވާ ޕޯސްޓެއްގައި ބުނީ މި ހަބަރު އޭނާ އަށް ލިބުމުން ވަރަށް އުފާވި ކަމަށެވެ. އަދި ދަރިފުޅު ވިހެއުމުގައި އެހީތެރިވި ހުރިހާ ފަރާތްތަކަށް އޭނާ ވަނީ ޝުކުރުއަދާކޮށްފައެވެ.