އެންޓާޓިކާގައިވާ ބޮޑު ގަނޑުފެންގަނޑު ވިރޭ މިންވަރު ތިން ގުނަ އަވަސްވެއްޖެ ކަމަށް ސައިންސްވެރިން ބުނެފިއެވެ.

އެގޮތުން 1992 ވަނަ އަހަރުން ފެށިގެން 2011 ވަނަ އަހަރާއި ހަމައަށް އެ ގަނޑުފެންގަޑުން އަހަރެއްގެ މައްޗަށް 84 ބިލިއަން ޓަނުގެ އައިސް ވިރިފައިވާ ކަމަށް ސައިންސްވެރިން ބުނެއެވެ. އަދި 2012 އިން 2017ގެ ނިޔަލަށް މި އަދަދު 241 ބިލިއަނަށް އިތުރުވެފައިވާއިރު ކުރިއަށް އޮތް 25 އަހަރުގެ ތެރޭގައި ގަނޑުފެންގަނޑުގެ ބޮޑުބައެއް ކަނޑުގެ ލޮނުގަނޑާއި އެއްވެ އެކަމުގެ ނޭދެވޭ އަސަރު ތިމާވެއްޓަށް ކުރާނެ ކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.

އަދި އެންޓާޓިކާއާއި އެނޫންވެސް ތަންތާނގައި ހުރިި ގަނޑުފެންތަށް ވިރުމުގެ ސަބަބުން ކަނޑުގެ ލޮނުގަނޑޫ 7.5 މިލިމީޓަރަށް އުފުލިފައިވާ ކަމަށްވެސް ސައިންސްވެރިން ބުނެއެވެ.

ދުނިޔޭގެ އެކި ސަހަރައްދުގައިވާ އައިސްފެންގަނޑުތަށް ވިރެނީ އިންސާނީ އަމަލުތަކުގެ ސަބަބުން ޖައްވަށް ދޫކުރާ ވިހަ ގޭސްތަކުގެ ސަބަބުން ކަމަށް ކަމާބެހޭ މާހިރުން ބުނެއެވެ. އަދި އެކަމުގެ ސަބަބުން ޖައްވު ހޫނުވެ އެތަކެއް ގޮތަކުން ނޭދެވޭ އަސަރުތަށް ކުރާކަމަށްވެސް ކަމާބެހޭ މާހިރުން ބުނެއެވެ.

ދުނިޔޭގައިވާ ގަނޑުފެންގަނޑުތަށް ވިރި ކަނޑުގެ ލޮނުގަނޑާއި އެއްވުމުން އެކަމުގެ އަސަރު އެންމެ ބޮޑަށް ކުރާނީ ރާއްޖެ ފަދަ ބިންތިރި ގައުމުތަކަށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ފީލް

    އެންޓާޓިކާގެ ގަނޑުފެންގަނޑު ވިރުން އަވަސްވެ، ނުރައްކާ ރާއްޖެ ފަދަ ކުދި ގައުމުތަކަށް އޮންނާނެ ކަމަށް ބުނެ ސައެެންސް ވެރިން ކަމަށް ހެދިގެން ޕްރޮޕެގެންޑާ އެފަތުރަނީ އެއި ފިޒިކްސްގެ އިލްމް ވެސް ނެތް އަދި މެތެމެޓިކަލް ސައެންސްގެ ވެސް އިލްމެއް ނެތް ކިއްލި ތަޅާ އިން އެންވަޔަރުމެންޓް ހަދައިގެން ތިބި ކަނޑުކޮހުންނޭ އެންޓާރކްޓިކާގައި ހުރި އައިސް އެއް ނުވެސް ވިރެއޭ އެއީ އެމެން ހަދާ ރޯ ބުހުތާނު ދޮގޭ އެކަން އެހެން ވާނެ ކަމުގެ އެއްވެސް ސައެންޓިފިކް ދަލީލު ތަކެއް ނެތޭ ދިސް އިޒް ޖަސްޓް ހައު އައި ފީލް..

  2. އަހޕ

    އަންނި ތިވާހަކަ ކުރިން ބުނީމަ ހާދަބަޔަކު ޖޯކް ޖެހިޔޭ ދޯ. ވަގުތު ވެސް ވާނެ އެލިސްޓް ގަ.

    • އިބްރާހީމް

      މި ވާހަކަ އެންމެ ފުރަތަމަ ދެެއްކީ މައުމޫނު އ.ދ ގެ ޖަލްސާއެއްްގައި އޭރު މީހުން ހަޖޫ ޖެހީ

    • ފޭސް

      ލޮލް

  3. ޖޭމް

    ޑިމޮކުރެސީއާ ހެދި ހައްދުންނެއްޓި ފަ

  4. ފައިސަލް

    ޢެވެރިން އެބުނީ ދޮގެކޭ ނޫން.
    ހަމަ އެހެން މެ މިރަށުގެ ފަސްގަޑު އުސްވަމުން އަންނަ ކަމަކީ ވެސް ހަގީގަތެއް ލޮލުން ދެކި އަތުން ހިފާ ފައިވާ ތަނެއް....
    ވަލުތެރޭ ގަބުރުސް ތާނު ގެ ގާތައް އެއް ކޮއް ވަޅުވެފައި ވަނީ ކީއްވެބާ؟