ބޭނުންވާ ތަކެތި

500 ގ މަސް (ކޮށާ ،ތެލުލާފައި) 1 ފިޔާ (ކޮށާފައި) 3 ލޮނުމެދު (ކޮށާފައި) 1/2 ޖޯޑު ލީކްސް (ކޮށާފައި) 1/2 ޖޯޑު ކެޕްސިކަމް (ކޮށާފައި) ރަހަލާ ވަރަށް ލޮނު 1 ގިތެޔޮ މިރުސް (ކޮށާފައި) ތެޔޮ 2 މސ ޓޮމާޓޯ ޕޭސްޓް 2 މސ ޗިލީ އެންޑް ގާލިކް ސޯސް 1 މސ ޗިލީ ސޯސް 1 މސ ފިޝް ސޯސް

ތައްޔާރު ކުރާނެ ގޮތް

ތެއްޔެއްގައި ތެޔޮފޮދު ހޫނު ކޮށްލައި ފިޔާ ކޮޅާއި ލޮނުމެދު ކޮޅު މިލުވާލާށެވެ. ދެން ކެޕްސިކަމް އާއި ލީކްސް ކޮޅުވެސް މިލުވާލުމަށްފަހު މީގެ ތެރެއަށް މިރުސްކޮޅު އަޅާލާށެވެ. ލޮނު ލުމަށްފަހު ޓޮމާޓޯ ޕޭސްޓް އަދި ސޯސް ކޮޅު އަޅާލާ އެއްކޮށްލާށެވެ. ކެކެން ފެށުމުން މަސްކޮޅު އަޅާލާ އެއްކޮށްލާށެވެ. މަސްތަކުގެ ތެރެއަށް ސޯސް ވަންނަންދެން މަޑުގިނީގައި ކައްކާލާށެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކޮބާ ކޮމެންޓް ޑިލީޓް ކޮށްދޭ ޕޯލިސީ އަކީ؟