ބޭނުންވާ ތަކެތި

¼ 1 ގޮދަން ފުއް 1 ސައިސަމުސާ ބޭކިންގް ޕައުޑަރ 1 މޭޒުމަތީ ސަމުސާ މާޖަރިން 1 ތެޔޮ މަސްދަޅު 1 ފިޔާ (ކޮށާފައި) 1 ލޮނުމެދު (ގާނާފައި) ½ ސައިސަމުސާ އަސޭމިރުސް (މުގުރާފަ) 1 ޓޮމާޓޯ (ވައްކޮށް ކޮށާފަ) 1 ކުކުޅުބިސް ލޮނު ގިތެޔޮމިރުސް

ތައްޔާރު ކުރާނެ ގޮތް

ފުއްގަނޑު ތައްޔާރު ކުރުމަށް އެންމެ ފުރަތަމަ ފުށާއި ބޭކިންގް ޕައުޑަރ އެއްކޮށްފަ ފުރާނާށެވެ. އެއަށްފަހު ލޮނާއި ހަކުރާއި މާޖަރިން އެއްކޮށްލާފަ ފެން ފޮދެއް އަޅާފަ ރޮށި ފިހެން ފުއްގަނޑު މޮޑޭހެން މޮޑެލާށެވެ. އަދި މޮޑުނު ފުއްގަނޑުގެ މަތި ޖަހާފައި 10 މިނެޓު ވަންދެން ބަހައްޓާށެވެ. ދެން މަސްގަނޑު ތައްޔާރު ކުރުމަށް އެންމެ ފުރަތަމަ ފިޔާމީރުކޮއްލާށެވެ. ފިޔާކޮޅު މީރުވުމުން މަސްކޮޅާއި ގިތެޔޮމިރުހާއި، އަސޭމިރުސް، އަދި ލޮނު އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. އަދި އެއަށްފަހު ލޮނުމެދު އަޅާށެވެ. ދެން ޕައި ފިހެއުމަށް އެންމެ ފުރަތަމަ ފުއްގަނޑު ދެބަޔަށް ބަހާލުމަށްފަހު އެއްބައި ރޮއްޓެއްހެން ދަމާލާށެވެ. ދެން ރޮށި ފިލާ ތަވާގައި އެފުއްގަނޑު ބޭއްވުމަށް ފަހު އޭގެ ތެރޭގައި ކުރިން ތައްޔާރުކުރި މަސްގަނޑު ފަތުރާލާށެވެ. އަދި މަސްގަނޑުގެ މަތީގައި ޓޮމާޓޯ ފޮތިތަށް އަތުރާލާށެވެ. އަދި އެއަށްފަހު ދެންއޮތް ފުއްގަނޑުވެސް ރޮއްޓެއްހެން ދަމާލާފައި ކުރިން މަސް އެޅި ފުއްގަނޑުގެ މަތީގައި ބާއްވާލާށެވެ. އެއްކޮށް ވަށާއިގެން ބައްދާލުމަށް ފަހު ބިހުގެ ގޮބޮޅި ބައި ފުއްގަނޑުގެ މަތީގައި ހާކާލުމަށް ފަހު ފިހެލާށެވެ.