މައިކްރޯސޮފްޓްގެ ބާނީ ބިލް ގޭޓްސް އާއި އޭނާގެ އަނބިކަނބަލުން މެލިންޑާ ގޭޓްސް ކައިވެނި ރޫޅާލާން ނިންމިކަން އިއުލާންކޮށްފިއެވެ.

އިންސާނީ އެހީތައް ދިނުމުގައި އެކުގައި މަސައްކަތް ކުރައްވާ ދުނިޔެއަށް މިސާލު ދެއްކެވި ދެމަފިރިންގެ ކައިވެނި ނިމުމަކަށް ގެންނަން ނިންމެވިކަން ރަސްމީކޮށް މިހާރު ވަނީ ކަށަވަރު ކޮށްދީފައެވެ.

ބިލް ގޭޓްސް އާއި މެލިންޑާ ދެންމެ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ 27 އަހަރުވީ ކައިވެނި ނިމުމަކަށް ގެންނަވަން ނިންމެވީ ދެމަފިރިންގެ ގޮތުގައި ދެން ކުރިއަށް ދެވޭނެ ކަމަށް ގަބޫލު ނުކުރެވޭތީ ކަމަށެވެ.

ކައިވެނި ރޫޅާލި ނަމަވެސް އަދިވެސް ފައުންޑޭޝަންގެ މަސައްކަތް އެކުގައި ކުރައްވާނެ ކަމަށް ބަޔާނުގައި ބިލް އާއި މެލިންޑާ ވިދާޅުވެފައި ވެއެވެ.

ކައިވެނި ރޫޅާލަން ނިންމި ސަބަބާއި ގުޅޭ ގޮތުން ބަޔާނުގައި އެއްވެސް ތަފްސީލެއް ދީފައެއް ނުވެއެވެ.

ބިލް އާއި މެލިންޑާ ބައްދަލުވީ ޓްރޭޑް ފެއާއެއްގެ ތެރެއިންނެވެ. 1987 ވަނަ އަހަރު ދެކަނބަލުން ޑޭޓް ކުރަން ފެށިއެވެ. ދެކަނބަލުން ކައިވެނި ކުރީ 1994 ވަނަ އަހަރުގެ ޖަނަވަރީ 01 ވަނަ ދުވަހު ހަވާއީގެ ޖަޒީރާ ރަށެއްގައެވެ. ދެކަނބަލުންގެ ކައިވެންޏަށް ވަނީ ތިން ބޭފުޅުން ލިބިފައެވެ.

ބިލް އާއި މެލިންޑާގެ ނަމަށް ނިސްބަތްވާ ގޭޓްސް ފައުންޑޭޝަނަކީ އިންސާނިއްޔަތައް އެންމެ ގިނަ އެހީ މިހާތަނަށް ފޯރުކޮށްދިން އެއްޖަމިއްޔާއެވެ. 2000 ވަނަ އަހަރު އުފެއްދި އެޖަމިއްޔާ އިން ހިލޭ އެހީގެ ގޮތުގައި އެކި ފަރާތްތަކަށް ދީފައިވާ ފައިސާގެ އަދަދު 46 ބިލިއަން އެމެރިކާ ޑޮލަރަށް އަރައެވެ. ކޮވިޑް-19 އަށް ވެކްސިނެއް ހޯދަން ވެސް ގޭޓްސް ފައުންޑޭޝަނުން ވަނީ އެކި ފަރާތްތަކަށް ގިނަ އަދަދެއްގެ ފައިސާ ހަދިޔާ ކޮށްފައެވެ.

ބިލް ގޭޓްސް އަކީ މިހާރު ދުނިޔޭގައި ހުރި ހަތަރު ވަނައަށް އެންމެ މުއްސަނދި މީހާއެވެ. އޭނާގެ މިލްކިއްޔާތުގައި 130 ބިލިއަން އެމެރިކާ ޑޮލަރު އެބަހުއްޓެވެ.

ކައިވެނި ރޫޅާލުމުން ބިލް އާއި މެލިންޑާއާ ދެމެދު މުދާ ބަހާނެ ގޮތުގެ ތަފްސީލްތަކެއް އަދި ހާމައެއް ނުކުރެއެވެ. ނަމަވެސް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ކައިވެނި ރޫޅާލުމުގެ ކަންކަން ނިމޭއިރު ގިނަ އަދަދެއްގެ ފައިސާ ބިލް މެލިންޑާ އަށް ދޭން ޖެހޭނެއެވެ. އެހެންކަމުން ކުރިއަށް އޮތްތަނުގައި މެލިންޑާ ވެސް ބިލިއަނަރުންގެ ލިސްޓްގައި ހިމެނިގެންދާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ބިލް އާއި މެލިންޑާގެ ކައިވެނި ރޫޅާލަން ނިންމިކަން އިއުލާން ކުރުމާއިއެކު ގިނަ ބަޔަކު އަންނަނީ އެކަމާއި ވަރަށް ބޮޑަށް ހައިރާންވާކަމަށް ބުނެ މީސް މީޑިއާގައި ވާހަކަދައްކަމުންނެވެ. ސަބަބަކީ އެދެމަފިރިންނަކީ ފެންނަ ފެނުމަށް ވަރަށް އުފާވެރި ޒަވާޖީހަޔާތެއް ވޭތުކުރަމުން އައި ދެމަފިރިންކަމަށްވުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޢަހްމަދު

    ޢަންހެނުންނަށް ހަރަދު ނުކުރާތީކަމަށް ވަނީ ވަރިވާން އުޅެނީ

    14
    3
  2. ސަމާ މާލެ

    މުއްސަދިން އުޅޭ ގޮތް ތީ.

    20
    7
  3. ޖުލައި

    ބިލް މެން ޅަ ކުދިންނާއި އިންނަންވެގެން މުސްކުޅިވި ދުވަހު

    10
    1
  4. ވާސް

    ނާހަމަ ތެދެއް..؟ ވަރިވީތަ ހަމަ..؟

    7
    1
  5. ﷲ އަކްބަރް

    މައްސަލައަކީ އެއް އަންބަށްވުރެ ގިނަ އަބިންނާއި އެމީހުންގެ ވަޟުޢީ ޤާނޫނުގައި ކައިވެނި ކުރެވެން ނޯންނާތީ. މާތް ﷲ ބާއްވާލެއްވި ދީނުގެ މަތިވެރިކަން. މާތް ﷲ މޮޅަށް ދެނެވޮޑިގެންވޭ.

    17
    1
  6. ދަރަނި ދަންތުރަ

    އިތުރު ސަމާލުކަމެއް ހޯދުން މިހާރުހުރި އެއްމެ މުއްސަދި އަންހެނާ ފަހަތަށް ޖައްސާލާފަ ، އެމަގާމް މެލިންޑާ ހޯދުން

    6
    1
  7. ބާބޫ

    މިއިން އެނގެނީ ލާރިއަކީ ހުރިހާ އެއްޗެއް ނޫންކަން.......ދިރިއުޅުމަކަށް ފައިސާއަށް ވުރެ އިތުބާރާއި ލޯތްބާއި އަޅާލުން މާ މުހިންމުކަން...................ބިލްގޭޓްސް ކަލެއަށް ރީތި ދަތް ޖެހިއްޖެއްނު.............

    13
    1
  8. ހުސޭނުބޭ

    ކޮންމެވެސް ކުއްޖަކު މިއުޅޭ ކައިޒީނަށް އަންގާލައްޗޭ ބިލްގޭޓްސް ސިންގަލްވި ވާހަކަ