ވަޒީފާގެ މާހައުލުގައި ޖިންސީ ފުރައްސާރައާއި ކުރިމަތިލާން ޖެހުނު ކަމަށް ދިވެހި ފިލްމީ ދާއިރާގައި އަރަމުން އަންނަ ތަރި ވާޝިޔާ މުހަންމަދު (ޝިޔާ) ބުނެފިއެވެ.

ޝިޔާ މިހެން ބުނެފައިވަނީ ސެލިންކޯ އިންޝުއަރެންސް ކުންފުނީގައި މަސައްކަތް ކުރާ އަންހެން މުވައްޒަފުންނަށް މަސައްކަތުގެ މާހައުލުގައި ޖިންސީ ފުރައްސާރަ ކުރާ ކަމުގެ މައުލޫމާތު ލިބިގެން "ވަގުތު" އިން ލިޔެފައިވާ ރިޕޯޓަކަށް އިޝާރާތްކޮށް ކޮށްފައިވާ ޓްވީޓެއްގައެވެ.

ޝިޔާ ކޮށްފައިވާ ޓްވީޓުގައި ބުނެފައިވަނީ ސެލިންކޯ އިންޝުއަރެންސް ކުންފުނީގައި މަސައްކަތް ކުރި އިރު ޖިންސީ ފުރައްސާރައިގެ އުނދަގޫތައް އޭނާއާއި ވެސް ދިމާވި ކަމަށެވެ. ޓްވީޓުގައި ބުނެފައިވަނީ އުނދަގޫ ތަކުގެ ސަބަބުން އެކަނި އޮފީހުގައި އިންނަން ނުކެރޭ ވަރަށް އެކަންތައް ބޮޑުވި ކަމަށެވެ. ގްރޫމް ކުރުމުގެ ގޮތުން ބޭރަށް ކާން ދިޔުމަށް ދައުވަތު ދިނުމާއި، ހަދިޔާ އެއްގެ ގޮތުގައި އެޕާޓްމެންޓެއް ދޭނެ ކަމަށް ބުނަމުންދިޔަ ކަމަށް ޝިޔާ ބުނެފައިވެއެވެ.

މީގެ ކުރިން ހީވެފައި އޮތީ ސެލިންކޯ އިންޝުއަރެންސް ކުންފުނީގެ މަސައްކަތުގެ މާހައުލުގައި ކުރިމަތިލާން ޖެހިފައިވާ ފުރައްސާރައިގެ އުނދަގޫ ތަކާއި ކުރިމަތިލާން ޖެހިފައިވަނީ އޭނާ އެކެނި ކަމަށް ކަމުގައި ޝިޔާ ކޮށްފައިވާ ޓްވީޓުގައި ބުނެފައިވެއެވެ.

ޝިޔާ ކޮށްފައިވާ ޓްވީޓަށް ރިޕްލައި ދެމުން ސެލިންކޯ އިންޝުއަރެންސް ކުންފުނީގައި މަސައްކަތް ކޮށްފައިވާ މުވައްޒަފަކު ބުނެފައިވަނީ އެތަނުގައި މަސައްކަތް ކުރާ މީހުންނަށް މިޒާތުގެ އުނދަގޫތަށް ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. ޓްވިޓާގެ ކޮމެންޓަކަށް ރިޕްލައި ދެމުން ޝިޔާ ބުނެފައިވަނީ މީގެ ކުރިން މިކަހަލަ ވާހަކައެއް އޭނާ ދައްކާފައި ނުވަނީ ބިރުން ކަމަށެވެ.

ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް "ވަގުތު"އަށް މައުލޫމާތު ދިން މީހަކު ބުނެފައިވަނީ ސެލިންކޯގައި މަސައްކަތް ކުރާ އަންހެން މުވައްޒަފުންނަށް ކުންފުނީގެ ދެ މެނޭޖަރަކާއި ސީއީއޯ ޖިންސީ ފުރައްސާރަ ކުރާ ކަމުގެ މައްސަލަ ފެންމަތިވެފައި ވުމުން މިހާރު އެ އުނދަގޫތައް ހުއްޓިފައިވާ ކަމަށެވެ. ނަމަވެސް، އޭނާ ބުނެފައިވަނީ އުނދަގޫތައް ހުއްޓުނު ނަމަވެސް، ކުންފުނީގެ އަގު ވެއްޓިއްޖެ ކަމަށް ބުނެ މިކަމުގައި އަންހެން މުވައްޒަފުން ވަރަށް ބޮޑަށް ކުއްވެރި ކޮށްފައިވާ ކަމަށެވެ.

ކުންފުނިން އަންހެން މުވައްޒަފުންނަށް މައުލޫމާތު ދީފައިވާ ވަނީ މަސައްކަތުގެ މާހައުލުގައި ޖިންސީ ފުރައްސާރަ ކުރަމުންދާ މައްސަލަ އެ ކުންފުނިން ތަހުގީގް ކުރަމުންދާ ކަމަށާއި، އެކަމާއި ގުޅޭ ގޮތުން އަޕްޑޭޓެއް ނުދެވިގެން އުޅެނީ ލަންކާގައި ހުރި އޮފިސްތައް ބަންދުވުމުން ކަމަށެވެ. ކުންފުނީގެ ފަރާތުން އަދިވެސް އެދެމުން ދަނީ ކަމާއި ބެހޭ ފަރާތްތަކަށް މިމައްސަލަ ހުށަނޭޅުމަށް ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

މަސައްކަތުގެ މާހައުލުގައި އަންހެން މުވައްޒަފުންނަށް ޖިންސީ ފުރައްސާރަ ކުރާ މައްސަލައަކީ ރާއްޖޭގައި ވެސް ވަރަށް ބޮޑު މައްސަލައެކެވެ. ނަމަވެސް އެފަދަ ކަންކަންކުރާ މީހުންނާއިމެދު ފިޔަވަޅެއް ނޭޅެއެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. ށޒ

    މިޚަބަރު ކިޔަާލު މުން ހީވަނީ ބޭރު ގައުމެއް ގައި ހިގާ ފައިވާ ކަމެއްހެން

    19
  2. ސަމާ މާލެ

    ތި ކުންފުނި ރާއްޖެއިން ބޭރު ކުރާން ވީ.

    22
    5
  3. ހާލަތު

    ރަނގަޅައް އައުރަނިވާ ނުކުރެވެނީ ހަމަ

    44
    23
  4. މަނީމަނީ

    ތިހެންތިވަނީ އުޅެވޭގޮތުން ހެދުން އަޅަން އަންގަވާފައިވާ ގޮތައް ހެދުން ބޭނުން ނުކުރާތީ

    52
    20
  5. ކޮރަލް

    ތަހުގީގު ކުރަން ވީ އެކުންފުންޔަކުން ނޫނެވެ. ޖެންޑަރ އާ ހިއުމަން ރައިޓް އިންނެވެ.

    22
    4
  6. ހުސޭނު

    ތިޔަކިޔާ ފުރައްސާރައަކާކުރިމަތި ތިވަނީ ލެވޭ ހެދުމުގެ ސަބަބުން

    49
    14
  7. ޙެހެ

    ކާކު ދަސްކޮއްދިން ތަރުބިއްޔަތެއް ތިޔައީ؟؟؟ ބަރަހަނާކަން ބޮޑުވި ވަރަކައް ތިބުނާ ކަންތަކާ ކުރިމަތިލާން ޖެހޭލެއް ގިނަވާނެ..

    68
    12
  8. އުނދަގޫތަށް

    އުނދަގޫތަށް

    10
    2
  9. ިމުހައްމަދު

    ކޮންމެ މައްސަލައަކީ ހުށަހަޅަންޖެހޭނެ މައްސަލައެއް ނޫން. ކަމާބެހޭ ފަރާތްތަކުން އިސްނަގައިގެން ތި މައްސަލަ މިހާރުން މިހާރަށް ބަލަންޖެހޭ. އެހެން ނޫނީ ދުވަހަކުވެސް ތިބާވަތުގެ ވިޔާނުދާ އަމަލުކުރުން ނުހުއްޓޭނެ.

    23
    4
  10. ވާހަކަރޯދަ

    ބަކަރި ތަކެއްގެންގުޅޭ މީހަކު އެއްދުވަހަކު ވ ރީތި ބަކަށްޓެއް ވ ރީއްޗަށް ފެންވަރުލާފަ ސެންޓްޖަހާފަ ކުލަޖައްސާ ރީތިކޮއްފަ ސިންގާ ކޮއްޓަކަށް ލާފަ ސިންގާ ތައްކައިރީގަ ބުންޏެވެ ނަމަނަމަ މީތިނުކާށެވެ
    ސިންގާތައް ބަސްއަހާގެން މަޑުމަޑުން ތިއްބެވެ ނަމަވެސް ބަކަރި އެކި ކަހަލަ ފަރި ދައްކަމުން ސިންގާތަކާ ގައިގޯޅިވެ އުގުޅެން ފެށިއެވެ އިސާހިތަކުން އެތަނުން ލާނެއް ސިންގާއެއް ބަކަރި ކާލާފިއެވެ .

    54
    10
    • ހޫ

      އިންސާނުން ވަލުޖަނަވާރުންގެ ދަރަޖައަށް ވެއްޓުން އޯކޭއޭ ތިބުނަނީ އިންސާނުންނަށް ވަނީ ފުރިހަމަ ބުއްދި ދެއްވާފަ އެބުއްދީގެ ބޭނުންނުކޮށް ނަފްސު ކޮންޓްރޯލް ނުކުރެވި ލާއިންސާނީ ހަޑިމުދާރު އަމަލުތަކަށް އަރައިގަތުން އޯކޭއޭ ތިބުނަނީ.

      7
      12
      • ސަމައިދާ ( އަމާލިކުންގެ ވެރިޔާ)

        މި ދިވެހިރާއްޖޭގަ ތިކަހަލަ ދެއުޅިއެެއްނުވާ މީހުންނަކަށް ޗާންސެއް ނެތް.
        ހޫ.....
        ޓޯކްޓުދި ވާލް

        3
        2
    • ސަމައިދާ ( އަމާލިކުންގެ ވެރިޔާ)

      ނާ ހަމަ ހައްޤުތެދު ތީ

      1
      1
    • އަޒްމީ

      ފެންނުވަރުވާ ފޮތިއޮޅާފައޮތް ބަކަރިއެއް ސިންގާ ކޮށްޓަކަށްލިުަސް ހަމަކާލާނީދޯ؟ ހިތުން މާމޮޅު މިސާލެކޯ.

      1
      1
  11. ވައިކިންގ

    އަޅޭ ، ލަންކާ އަންހެނުން ލަންކާގަ މަދީތަ؟ ސީ. އީ. އޯ އާއި 2 މެނޭޖަރުންނާއި މިކަމުގައި އުޅޭ އެހެންމީހުން ބުނެދީބަލަ ކަލޭމެންގެ އަނބިން ކަމުނުދަނީތަ؟

    • ފަސީ

      މިތާގަ ތުހުމަތު ކުރެވިގެން އުޅޭކަމަކީ އަދި ހަގީގަތެއްތޯވެސް ބަލާކައްބޭނުމެއް ނޫންދޯ. ހަމަ ނޫހުގަ އިލްޒާމެއް ކޮއްލާއިރައް ދެކޮޅު ބަލާނުލާ އަދި ތަހުގީގެއްނެތި ފެންނަފަށުން ތިޔަ ނިންމާލަނީ ކުރެވުނު ތުހުމަަތަކީ ހަމަ ހަގީގަތެއްކަމައް. އެތިވަރު ގޮވުމުގެ ކުރީން ލޯބޯ ހުޅުވާލާފަ ވިސްނާލާކައް ނުވޭތަ.؟

      7
      4
  12. ނާސް

    ބޮޑައް ލަފާކުރެވެނީ ސަރުކާރާއި ގުޅުން ހުރި ބަޔަކު ސިލިންކޯއިން ފައިސާގަނޑެއް ނުދިނުމުން އުފައްދާލާގެން އުޅޭ ކަންތައްގަނޑެއްކަމައް.

    6
    2
  13. ގޭމުނި

    އަންހެނުން ގޭގައިތިބުމައް އަންގަވާފައިވަނީ މިކަހަލަ ކަންތަކާ ދިމާވާނެތީ
    ކުޑަމިނުން އަންހެނާގެ އަޑަކީވެސް އައުރައެއް ނޫންތަ
    އަންހެނުން ބާރުވެރި ކުރިޔަސް ތި ދެން ބޮޑުވަރު ދޯ

    12
    2
  14. Anonymous

    ދެމީހުން އެކީގައުޅެ ލާފަ ދެންބުނަންވީ ފުރައްސާރައޭ

  15. ވިކްޓިމް

    ސެލިންކޯގެ ސީއީއޯ އެއްނޫން. އޭރު މަސައްކަތް ކުރި ޑެޕިއުޓީ ސީއީއޯ

  16. މަރީ

    އަންހެނުން މާ ފިޑި ވީމަ ބެހެން ކެރެނީ. ހިތްހަަމަނުޖެހޭ ވާހަަކައެއް މެނޭޖަރ ބުނެފިއްޔާ ދިމާލަށް ބުނެބަ ހިތްހަަމަނުޖެހޭ.
    ޥަޒީފާއިނެ ވަކިކޮށްފިއްޔާ ޓްރައިބިއުނަލް އަށް މައްސަލަ ލާނަމޭ ކިޔާ ބިރުދައްކާ.
    ހަނުހުރުމަކީ ހައްލެއްނޫން