ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް އަދި ހޮލީވްޑްގައި ވެސް ބައެއް ފިލްމްތައް ކުޅެފައިވާ ދީޕިކާ ޕަދުކޯން ދިރިއުޅޭ އިމާރާތުގައި އަލިފާން ރޯވެއްޖެއެވެ.

އަލިފާން ރޯވެފައި ވަނީ މްބާއީގައި ހުންނަ ޕްރަބަދޭވީ ބިއުމޮންޑޭ ޓަވަރުގެ 33 ވަނަ ބުރީގައެވެ. ދީޕިކާ ދިރިއުޅެމުންދަނީ އެ އިމާރާތުގެ 26 ވަނަ ބުރީގައެވެ. މިހާދިސާގައި ދީޕިކާ ދިރިއުޅެމުންދާ އެޕާޓްމަންޓަށް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

އަލިފާން ރޯވީ އިއްޔެގެ ވަގުތެއްގައެވެ.

ހާދިސާ ހިނގި އިރު ދީޕިކާ އިމާރާތުގައި ނެތެވެ. އޭނާ އެވަގުތު ހުރީ ފިލްމް ޝޫޓިންއެއްގައެވެ.

އަލިފާން ރޯވި އިމާރާތް
އަލިފާން ރޯވި އިމާރާތް

މި ހާދިސާ ހިނގުމާ ގުޅިގެން ދީޕިކާގެ ސަޕޯޓަރުން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް އޭނާ ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ އޭނާ ހުރީ ރައްކާތެރިކަމާއި އެކުގައި ކަމަށެވެ. އަދި ކަންބޮޑުވުން ފާޅު ކުރުމުން އޭނާ ވަނީ ފޭނުންނަށް ޝުކުރު އަދާކޮށްފައެވެ. އަދި އޭނާ ވަނީ ފުރާނަ އަތްމައްޗަށް ލައިގެން އަލިފާން ނިންވުމުގެ މަސައްކަތް ކުރަމުންދިޔަ އެންމެން ރައްކާތެރި ކުރުމަށް ހުރިހާ ފަރާތްތަކަކުން ވެސް ދުޢާ ކޮށްދިނުމަށް އެދިފައެވެ.

މި އަލިފާނުގެ ހަދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް ޚަބަރުތައް ބުނެއެވެ.