ދެކުނު ކޮރެޔާގެ ލަވަކިޔާ ގުރޫޕެއް ކަމުގައިވާ ބީޓީއެސްގެ ޖަންގް ހޮ ސިއޮކް ނުވަތަ ސްޓޭޖު މަތީ ނަމުން ނަމަ ޖޭ ހޮޕް އެފްރިކާގެ ތަންޒާނިއާގައި އަނިޔާ ލިބިފައިވާ ކުޑަކުދިންނަށް އެހީތެރިވުމަށް 100 މިލިއަން ވޮން ހަދިޔާ ކޮށްފިއެވެ.

މި ފައިސާ ހަދިޔާ ކޮށްފައިވަނީ ސިއޯލްގެ ޗެރިޓީ ގުރޫޕެއް މެދުވެރިކޮށެވެ.

ޖޭ ހޮޕް ފައިސާގެ މި އެހީ ފޯރުކޮށްދީފައިވަނީ ދެކުނު ކޮރެޔާގެ ކުޑަކުދިންގެ ދުވަސްކަމުގައިވާ މެއި މަހުގެ ފަސް ވަނަ ދުވަހާއި ގުޅުވައިގެން މިދިޔަ އަންގާރަ ދުވަހުއެެވެ. ''ވަން ސްޓެޕް ސެންޓަރ'' މެދުވެރިކޮށް ފައިސާގެ އެހީ ވަނީ އެފްރިކާގެ ތަންޒާނިއާގެ ކުޑަކުދިންގެ ހައްގަށް މަސައްކަތް ކުރާ ފައުންޑޭޝަނަކަށް ހަދިޔާ ކޮށްފައެވެ.

ގުރެމީ އެވާޑަށް ނޮމިނޭޓް ވެފައިވާ މި އައިޑޮލްއަކީ ފައިސާގެ އެހީ ފޯރުކޮށްދިނުމުގައި ނަމޫނާ ދައްކުވައިދީފައިވާ ފަންނާނެކެވެ. ޖޭ ހޮޕް ވަނީ މި އަހަރުގެ އޭނާގެ އުފަންދުވަހު ކޮރެޔާގައި އުޅޭ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އެހީތެރިވުމަށް 150 މިލިއަން ވޮން (133000 ޑޮލަރު) ހަދިޔާ ކޮށްފައެވެ.

މިދިޔަ އަހަރުގެ އޯގަސްޓު މަހު ވެސް ޖޭ ހޮޕް ވަނީ ދެކުނު ކޮރެޔާގެ ޗެރިޓީ ފަންޑަކަށް 100 މިލިއަން ވޮން (89000 ޑޮލަރު) ވަނީ ހަދިޔާ ކޮށްފައެވެ. ކޮރޯނާ ވައިރަސްގެ ސަބަބުން ހާލުގައި ޖެހިފައިވާ ކުޑަކުދިންނަށް އެހީތެރިވުމުގެ މަގުސަދުގައި މި ފައިސާގެ އެހީތައް ފޯރުކޮށްދޭ ކަމަށް ޖޭ ހޮޕް ވަނީ ބުނެފައެވެ.

ޖޭ ހޮޕްގެ މަސައްކަތަށް ބަލާއިރު ދެން އެންމެ އަވަހަށް ރިލީޒު ކުރުމަށް ހަމަޖެހިފައިވަނީ ބީޓީއެސްގެ އިނގިރޭސި ބަހުން ކިޔާފައިވާ ދެވަނަ ލަވަ ''ބަޓަރ'' އެވެ. މި ލަވަ ރިލީޒު ކުރުމަށް ތާވަލު ކުރެވިފައިވަނީ މި މަހުގެ 21 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ބޭބީ ހޯޕް

  އައި އޭމް ސޯ ސޯ ޕްރައުޑް އޮފް ޔޫ....... ކީޕް އަޕް ދަ ގުޑް ވޯކް 😘.... ލަވް ޔޫ ސޯ މަޗް.... އައި އޭމް ވެރީ ޕްރައުޑް ޓުބީ އޭން އާރްމީ 💗💗

  21
  8
 2. Lucky

  💜

  17
  6
 3. އާމީ

  އައިއޭމް ސޯ ޕްރައުޑް އޮފް ޔޫ ހޯބީ

  6
  4
 4. Anonymous

  ޢާރރރރރރރރރމީިިިިިި💜💜💜💜💜💜💜

  6
  3
 5. Anonymous

  💜💜💜

  5
  3
 6. ކޭ-ޕޯޕް ފޭން

  ޕްރައުޑް ޓުބީ އޭން އާރްމީ. ލަވް ޔޫ ސޯ މަޗް ހޯބީ . ސްޓޭން ކޭ-ޕޯޕް ޢާރރރރރރރރރމީިިިިިިސް

 7. Bts

  Bts RM 😻😻

 8. އޯޓީ7

  މިކަހަލަގެ ހެޑްލައިން ތަކަށް އެއްޗެކޭ ބުނާނެ މީހަކު ނުވޭ.. އެހެނެއްނު ވާނީ.. ރުޅިއަންނަ މީހުންގެ އަނގަ ބަންދު ކުރާ ވަރުގެ ލިޔުމެއް ވިއްޔާ މީ.. އެހެން ލިޔުން ތައް ކިޔާފަ ވެސް އަނގަ ބަންދުވާނެ.. އެކަމް އެއްބަސް ނުވެވެންޏާ ދެން އެންމެން އަބަދު ކުރާ ކޮމެންޓު މަތި މަތިން ލިޔާނެ ތާ.. ހުސް އެއްވާހަކައެއް.. ތަފާތު ވާހަކަ އެއް ލިބޭ ނަމަ ވެސް އެންމެ ރަނގަޅޭ...