ދަރިފުޅު ސްޓޯމީގެ ފޮޓޯގެ މައްސަލާގައި ކައިލީ އާއި ކުރީގެ ލޯބިވެރިއާ ޓްރެވިސް ސްކޮޑް ބޮޑު އަރާރުމަކަށް ހިނގައްޖެއެވެ.

ކައިލީގެ ކުރީގެ ލޯބިވެރިޔާ، އަދި އެމެރިކާގެ މަޝްހޫރު ރެޕަރ ޓްރެވިސް ސްކޮޓް ވަނީ މީސް މީޑިއާގައި ހުރި ދަރިފުޅު ސްޓޯމީގެ ހުރިހާ ފޮޓޯއެއް ޑިލިޓްކޮށް ދެން އިތުރަށް ދަރިފުޅުގެ ފޮޓޯތަށް މީސްމީޑިއާއަށް ނުލުމަށް ކައިލީ ޖެނާ ނިންމައިފައިވަނިކޮށް ސްޓޯމީއާއެކު ނަގާފައި ހުރި ފޮޓޯއެއް އިސްޓަގްރާމް ސްޓޯރީއަށް ލާފައެވެ.

ސްޓޯމީއަކީ ކައިލީގެ ކުރީގެ ލޯބިވެރިޔާ، އަދި އެމެރިކާގެ މަޝްހޫރު ރެޕަރ ޓްރެވިސް ސްކޮޓްގެ ދަރިއެއް ނޫންކަން ކައިލީއަށްވެސް އެނގޭއިރު، ކުއްޖާގެ ފޮޓޯ މީސްމީޑިއާގައި ޢާންމުކޮށް ފަޟީޙަތްވީ އޭނާ އަމިއްލައަށްކަމަށް ބުނެ ބައެއް ފަރާތްތަކުގެ މަލާމާތުގެ ބަސްތައް ކައިލީއަށް އަމާޒުވެފައި ވެއެވެ.

އަލަށް މަންމައަކަށް ވުމުން، މިހާރު އުމުރުން ހަތަރު މަސް ފުރިފައިވާ ދަރިފުޅަށް ހާއްސަ އިސްކަމެއް ދެމުން އަންނަ މަޝްހޫރު ތަރި ކައިލީ ބުނީ، މި ނިންމުން ނިންމީ ދެން އިތުރަށް ދަރިފުޅު ފޭނުންނަށް ދައްކަން ބޭނުން ނުވާތީ ކަމަށެވެ.

މީސް މީޑިއާގައި ދެކެވޭ ވާހަކަތަކާއި ގުޅިގެން ފާއިތުވެދިޔަ ދުވަސްތަކުގައި ކައިލީއަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވާ ކަމަށްވެސް ކާޑޭޝަން އާއިލާގެ ފަރާތުން ނޫސްތަކުގައި މަޢުލޫމާތު ހާމަކުރި ފަރާތުން ވަނީ ބުނެފައެވެ.

ދަރިފުޅު ސްޓޯމީ އަކީ ކައިލީގެ ބޮޑީގާޑުގެ ދަރިއެއް ކަމަށް ބުނެ މީސް މީޑިއާގައި އެތަށް ބަޔަކު ސުވާލު ކުރަމުން ދަނީ ކައިލީގެ ދަރިފުޅު ކައިލީގެ ބޮޑީގާޑާއި ވައްތަރު ވުމުންނެއްވެ. ކައިލީއާއި އޭނާގެ ބޮޑީގާޑާއި ވަކިން ބައްދަލުވެ އުޅޭކަމުގެ އަޑު ފެތުރިފައިވަނިކޮށް، ސްޓޯމީ އޭނާ އާއި ވައްތަރުވުމުން ގިނަ ބަޔަކު ސުވާލު އުފައްދާފައިވާއިރު މިކަމާއި ގުޅޭގޮތުން މި ވާހަކަތައް ދޮގު ކުރަމުން ކައިލީ ބުނަނީ ސްޓޯމީއަކީ އޭނާގެ މިހާރުގެ ލޯބިވެރިޔާ ޓެވިސް ސްކޮޓްގެ ދަރިއެކެވެ. އެކަން ޔަޤީން ކުރުމަށް ޑީއެންއޭ ޓެސްޓް ހަދަން އެދުމުން ޓެވިސް ވަނީ އެކަމާއި ދެކޮޅު ހަދާފައި ކަމަށް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކައިލީ

    އަހަރެންގެ ކުރީގެ ލޯބި ވެރިޔާ އަކީ ޓައިގާ، މައުލޫމާތު ރަނގަޅައް ގެނެސް ދިނުން އެދެން

  2. ސަލް

    ހިތުހުރިމީހަކަށް ދެންޏާ ތިހެން ވާނި