މޯލްޑިވިއަން އައިޑޮލް ސީޒަން ދެއަކުން ވިދާލި ހަމޫދު އަހުމަދު އަކީ މިހާރު ރާއްޖޭގައި ފާހަގަކޮށްލެވޭ ލަވަކިޔުންތެރިއެކެވެ. އޭނާގެ ލަވަތައް ިމިހާރު ވަރަށް ހިޓް އެވެ. އެގޮތުން ދާދި ފަހުން އޭނާ ވަނީ ހަގާއާ ދެކޮޅަށްވެސް ލަވައެއް ކިޔާދީފައެވެ.

އަދި ޓީވީއެމްއިން ދައްކާ އެންމެ ރީތި ޝޯގައިވެސް ހަމޫދުގެ ހުށަހެޅުންތައް ފެނިގެން ގޮސްފައި ވެއެވެ.

ޓީވީއެމްގެ މިވަގުތު ޕްރޮގްރާމްގައި ބައިވެރިވެގެން ހަމޫދު ބުނީ، އޭނާގެ އެ ލަވަތައް ބެލުންތެރިންނާއި އެހުންތެރިންނަށް ކަމުދިޔަ ކަމަށާއި، މިއުޒިކާއި ދުރަށް ނުދިއުމަށްވެސް އެދުނު ކަމަށެވެ.

ހަމޫދު ވަނީ އެ ޝޯގެ ތެރެއިން އޭނާ މަސައްކަތާއި ދުރުވި ސަބަބު ހާމަކޮށްފައެވެ. އެގޮތުން ހަމޫދު ބުނީ، އޭނާ އެކަންކަމާއި ދުރުގައި ހުރީ ސިއްހީ މައްސަލައެއް ކުރިމަތިވެގެންނެވެ. އެއީ އޭނާގެ ހަށިގަނޑުގައި ސިސްޓެއް އިނދެގެން ކަމަށްވެސް ބުންޏެވެ.

"އަލްބަމަކަށް ވޯކް ކުރަމުން ދަނިކޮށް މި އެނގުނީ، މިހާރު ރޯދަ މަސް ނިންމާއި، ސަޖަރީ ނިންމާފައި އަނެއްކާ ކަމްބެކްއަކަށް އަންނަން ވެގެން". ހަމޫދު އެ ޝޯގެ ތެރެެއިން ބުންެޏެވެ.

ހަމޫދު ބުނީ، އޭނާގެ އަޑެެއް ބަޑެއް ނީވި މި ދޭތެރެެއިން ދިޔައީ އެހެން ވެގެން ކަމަށެވެ.

"އެހެން ނަމަވެސް ސާޖަރީ ހަދާފައި ނިންމާލާފައި އަންނާނީ ވަރަށް ރީތި އަލްބަމަކާއި އެކީގައި".

ހަމޫދު ބުނީ، އެއީ 12 ލަވަ ހިމެނޭ އަލްބަމެއް ކަމަށާއި، އެހެނެް ނަމަވެސް އަދި ނިމުނީ ދެ ލަވަ ކަމަށެވެ. އަދި މިހާތަނަށް މަސައްކަތް ކުރެވުނު ދެ ލަވައާއި މެދުވެސް ވަރަށް ހިތްހަމަޖެހޭ ކަމަށް ބުންޏެވެ.

ހަމޫދު ބުނިގޮތުގައި، އެއީ އޭނާ އާއްމުކޮށް ކިޔާ ކަހަލަ ލަވައަކަށް ނުވާނެ އެވެ. އެހެންކަމުން އެއީ ބެލުންތެރިންނަށް އާ އެއްޗަކަށް ވެގެން ދާނެ ކަމަށް ހަމޫދު ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ލޮލް

    މަޝަކަށް އެއްވެސް ރީއްޗެއް ނޫން ހަމޫދު ގެ ލަވަ ތަކެއް