ގދ. ތިނަދޫއަށް އުފަން އަހުމަދު ޝުރާއު (21އ) ފުރަތަމަ ނޫސްވެރިކަމުގެ ދާއިރާއިން ފެނިގެން ދިޔައީ ފޮޓޯގްރާފަރެއްގެ ގޮތުގައެވެ. އޭނާ އޭރު ވަރަށް ގިނަ އިވެންޓްތައް ކަވަރުކޮށްފައިވެއެވެ. އޭރު އޭނާގެ ބޮޑު މަސައްކަތަކަށް އޮންނަނީ ފޮޓޯ ނެގުމެވެ. އިވެންޓްތަކުގެ ފޮޓޯތަކާއި، އެކި ފޮޓޯތައް ނަގާ ގެލެރީ ހެދުމެވެ. އެ މަސައްކަތުގައި އޭނާ ޝާމިލްވެ އުޅުނެވެ. އޭނާ އޭރު މަސައްކަތް ކުރީ "އަވަސް" ނޫހުން އޭނާއަށް ދިން އެ ފުރުސަތުގައެވެ.
ޝުރާއު ފޮޓޯ ޖާނަލިޒަމް ދާއިރާއަށް ވަނުން!
ޝުރާއު ފޮޓޯގްރަފީ ދާއިރާއަށް ވަދެވުނީ އޭނާ މަޖީދީއްޔާ ސްކޫލްގައި ތައުލީމް ހާސިލް ކުރަމުން ދަނިކޮށެވެ. އޭގެ ކުރިންވެސް އޭނާ ފޮޓޯ ނެގުމަށް ޝައުގުވެރިކަން ހުރެއެވެ. އެކަން ޝުރާއު ކުރަމުން ދަނިކޮށް އަވަސް ނޫހުން އޭނާއަށް ފުރުސަތު ލިބުނެވެ. އޭރު އޭނާ ސްކޫލްވެސް ނުނިމެއެވެ. އުމުރަކީ 15 އަހަރެވެ. އެއިރު އޭނާ ސްކޫލްގައި އުޅޭތީ، އިވެންޓްތަކަށް ނުދެއެވެ. ނަމަވެސް އަވަސް ނޫހަށް އޭނާ އެކި ފޮޓޯތައް ނަގައިދީ އުޅުނެވެ. އޭނާ ސްކޫލް ނިންމާފައި ރަސްމީ ވަޒީފާއަށް ނުކުރީ އަވަސް ނޫހުގެ ފޮޓޯޖާނަލިސްޓެއްގެ ގޮތުގައެވެ.
"ސްކޫލް ނިންމާފައި ޗުއްޓީއަކަށް ރަށަށް ދިޔަ ދުވަހު ނޫން އަނެއް ދުވަހު ގުޅަނީ އަވަސް އިން ފުލްޓައިމް ސްޓާފަކަށް ހެދުމަށް" ޝުރާއު ކިޔައިދިނެވެ.
އަވަސް ނޫހުގައި އޭނާ މަސައްކަތް ކުރަމުން ދަނިކޮށް ފުރުސަތު ދެން ލިބެނީ ސީއެންއެން, ބީބީސީ ފަދަ ބައިނަލަގްވާމީ މީޑިއާތަކަށް ހަބަރާއި ފޮޓޯ ޕޫލް ކުރާ އޭޖެންސެ ފްރާންސެ ޕްރެސެ ( އޭއެފްޕީ ) ގެ ފޮޓޯޖާނިސްލަޓަކަށް ވުމުގެ ފުރުސަތެވެ. އެ ފުރުސަތުގެ ބޭނުން އޭނާ އަދިވެސް އަންނަނީ ކުރަމުންނެވެ. އެގޮތުން އޭނާ އަކީ މިވަގުތު ބައިނަލަގްވާމީ މީޑީއާތަކަށް ކޮންޓްރެކްޓް އުސޫލުން ފޮޓޯ ޕޫލް ކުރާ ހަމައެކަނި ދިވެހި ފޮޓޯޖާނަލިސްޓެވެ.
ރިޕޯޓަރަކަށް ވާން ފުރުސަތު ލިބުން!
ފޮޓޯތަކުގެ އިތުރުން އޭނާގެ ހަބަރުތައް ވެސް އަވަސް ނޫހުން ފެނުނެވެ. އޭނާއަށް އެ ފުރުސަތު ލިބުނީ، އަވަސް ނޫހުގައި މަސައްކަތް ކުރާތާ ދެވަނަ މަސް ފަހަނައަޅާ ދިޔަ ފަހުންނެވެ. އޭނާއަށް އެ ފުރުސަތު ލިބުނީ އޭނާ އެތަނުގައި ކުރަމުންދިޔަ މަސައްކަތަށް ކޮންމެވެސް ވަރެއްގެ ފަރުވާ ކުޑަވުމެއް އައުމުން ވެރިންގެ ފަރާތުން ލިބުނު އިންޒާރުތަކަށް ފަހުއެވެ. އޭނާއަށް އިންޒާރު ލިބުނީ ފަރުވާ ކުޑަވާނަމަ މުސާރަ ނުލިބޭނެ ކަމުގެ އިންޒާރާއި ވަކި ކުރާނެ ކަމުގެ އިންޒާރެވެ. އެއީ އޭނާގެ ޕްރޮބޭޝަން މުއްދަތެވެ.
ނަމަވެސް އެ މަހުގައި އޭނާ ވަރަށް ރަނގަޅަށް މަސައްކަތް ކުރިއެވެ. އަދި އެތަނުން އޭނާ ދާއިމީ ކުރިއެވެ.
އޭނާ ފުރަތަމަ ކަވަރު ކުރި ހަބަރަކީ މާލޭގައި ހިނގާދިޔަ ބޮޑު އަލިފާނުގެ ހާދިސާއެވެ. އެއީ 2016 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 18 ވަނަ ދުވަހުގެ ހަވީރު ހިނގާދިޔަ ކޯސްޓް ލައިން ހާޑްވެއަރ ހިންގާ އިމާރާތުގައި ރޯވި ހާދިސާއެވެ.
"މާލޭގެ ކޯސްޓްލައިން އަލިފާނުގެ ހާދިސާގައި، އެތަނަށް ފުރަތަމަ ރިޕޯޓް ކުރީ ޝުރާއު، އެ މައުލޫމާތު ގެނެސްދޭން ހުރީ، ދެން އެ ދުވަހު އަވަސްގެ ޗީފް އެޑިޓަރ އާދަމް ހަލީމް ( މުންޑޫ އާދަމް ) ދިން ޗާންސެއް އެއީ ރިޕޯޓަރަކަށް ވާން"،
އޭނާ އެ ދުވަހު ލިޔުނު ހަބަރު ޗީފް އެޑިޓަރަށް ކަމުދިޔައީއެވެ. އެހެންވެ އޭނާއަށް ރިޕޯޓަރެއްގެ ގޮތުގައި އުޅެންވެސް ފުރުސަތު ލިބުނެވެ. އޭގެ ފަހުން އޭނާ ދިޔައީ، ހަބަރުތައް ލިޔަމުންނެވެ. ހާއްސަކޮށް ލައިފް ސްޓައިލް އާއި ޓެކްނޮލޮޖީއާ ގުޅުން ހުރި ހަބަރުތައް އޭނާ ލިޔަމުން ދިޔައެވެ. އޭނާއަށް އެކަމުން ކުރިއަށްދާން، އޭރު އެ ނޫހުގެ މެނޭޖިންގް އެޑިޓަރު އަހުމަދު ނާއިފް އާއި އެސިސްޓެންޓު އެޑިޓަރު ނާޒިމް ހަސަންގެ ފަރާތުންވެސް ދިޔައީ އެއްބާރުލުން ލިބެމުންނެވެ.
އަވަސްގައި މަސައްކަތް ކުރުމަށްފަހު އޭނާ ދެން ބަދަލުވީ ވީޓީވީ އަށެވެ. އެތަނުގައި އޭނާ އުޅުނީ ފޮޓޯޖާނަލިސްޓެއްގެ ގޮތަށް ނަމަވެސް، އޭނާ ލިޔުމުގެ މަސައްކަތުގައިވެސް އުޅުނެވެ.
ޝުރާއު ދެން ފެނިގެން ދިޔައީ އަމިއްލަ މީޑިއާ އަކުން!
ޝުރާއު އޭގެ ފަހުން ފެނިގެން ދިޔައީ، ހުވަދު އަތޮޅަށް ހާއްސަކޮށް އޭނާގެ ބައިވެރިވުމާއެކު އުފެއްދި ނޫހެއް ކަމަށްވާ "ގާފު"އިންނެވެ. އޭނާއަކީ އެ ނޫހުގެ ކޯ ފައުންޑާ އެކެވެ. އަދި ޗީފް އޮޕަރޭޓިންގ އޮފިސަރުވެސް މެއެވެ.
ޝުރާއު ބުނިގޮތުގައި، އޭނާ މީޑިއާ ދާއިރާއަށް ވަނީއްސުރެ އަމިއްލަ ނޫހެއް އުފައްދައިގެން އެކަން ކުރުމުގެ ޝައުގުވެރިކަން ހުއްޓެވެ.
"ކޮންމެ ކަމެއްގައިވެސް ހެލްޕް ވެދޭ ވަރަށް ގާތް މެންޓާއެއް ހުސައިން އަހުމަދު އަކީ، އޭނާ ބުނި އެކަން ކުރަންވީ ނޫންހޭ ތިމަންނަ އިންވެސްޓް ކުރާނަމޭ، ދެން އެ ފުރުސަތު ދިނީ ޝުރާއު އަށާއި، ގާފުގައި މި އުޅޭ ކުދިންނަށް".
އެ ނޫސް ވެގެން ގޮސްފައި ވަނީ ހުވަދު އަތޮޅުގެ ހުރިހާ ހަބަރެއް ކަވަރުކޮށް، ރާއްޖޭގެ ބޮޑެތި ހަބަރުތަކާއި، ރާއްޖެއިން ބޭރުގެ ފާހަގަކޮށްލެވޭ ގިނަ ހަބަރުތައް ގެނެސްދޭ ނޫހަކަށެވެ. ޒުވާން ޓީމަކާއެކު އެ މަސައްކަތް ކުރަމުންދާއިރު، ބައެއް މިނިސްޓަރުންނާއި، ކުންފުނިތަކުގެ ވެރިންނާއެކުވެސް ބޮޑެތި ލައިވް ޕްރޮގްރާމްތައް އެ ނޫސް މެދުވެރިކޮށް ގެނެސްދީފައި ވެއެވެ. އަދި ހުވަދު އަތޮޅުގައި ހިންގަމުންދާ ޕްރޮޖެކްޓްތަކާއި، އެ ނޫންވެސް މައުލޫމާތުތައް އެ ނޫސް މެދުވެރިކޮށް ގެނެސްދެއެވެ.
މަދު ދުވަސްކޮޅެއްގެ ތެރޭގައި ހުވަދު އަތޮޅުގެ ގިނަބައެއްގެ ޝައުގުވެރިކަން ދަމާގަތް އެ ނޫސް ހިންގުމުގައިވެސް އިސްކޮށް އުޅޭ ޝުރާއު ބުނީ، އެ ނޫސް ހިންގުމަށް މިހާރު ހުވަދު އަތޮޅުގެ ހުރިހާ ރަށެއް ވާޗުއަލްކޮށް ގުޅާލާފައިވާނެ ކަމަށެވެ. އެހެންކަމުން އެ ރަށްތަކުގައި ގާފުގެ ރިޕޯޓަރުން ތިބޭނެއެވެ. މިއާއެކު ހަބަރުތައް ހޯދުމުގައި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އޭނާ ބުންޏެވެ.
ހުވަދު އަތޮޅުގެ އަޑަކަށް "ގާފު"
ޒުވާން ޓީމަކާއެކު ގާފުން މަސައްކަތް ފަށައިގަތީ ހުވަދު އަތޮޅުގެ އަޑަކަށް އެ ނޫސް ހެދުމަށެވެ. އެ ނޫހަކީ އެ އަތޮޅުގައި ހިނގާ ހުރިހާ ކަމެއް ކަވަރު ކުރާ ނޫހަށް ހެދުމަށެވެ. އެ މަސައްކަތް ކާމިޔާބު ކޮށްފިއެވެ. އަދި ހުވަދު އަތޮޅުގައި ހިންގާ ކުދި ވިޔަފާރިތައް ކުރިއަރުންވެސް އެ ނޫހުން ވަނީ މަސައްކަތް ކޮށްފައެވެ. އަދި ހުވަދު އަތޮޅުގައި ހިންގާ ކުޅިވަރުގެ މުބާރާތްތަކާއި، އެ ނޫންވެސް ހަރަކާތްތަކުގެ މީޑިއާ ޕާޓްނަރަކަށްވެ، އެކަންކަން ކުރުމުގައި އެ ނޫހުގެ ދައުރު ބޮޑެވެ.
ޝުރާއު ބުނި ގޮތުގައި ގާފުގެ މުސްތަގްބަލު އޭނާ ދެކެނޭ ވަރަށް އުޖާލާކޮށެވެ.
"ގާފުގެ ޓީމަކީ މިދާއިރާއަށް މުޅިން އާ ޓީމެއް, އެހެންނަމަވެސް މި ޓީމުގެ މަސައްކަތަށް ބަލާފަ ނުބުނާނެ މިއީ އާޓީމެކޭ. މުސްތަގުބަލުގަ ގާފުން ފެންނާނެ ރާއްޖޭގެ މީޑިއާތަކުން އަދި ޕްރެކްޓިސް ނުކުރާ އެތައް ކަމެއް, މި ޓީމުގެ ކާމިޔާބީގެ ފަހަތުގައި އޮތީ ހަމަ މުޅި ގާފުގެ ޓީމު" ޝުރާއު ކިޔައިދިނެވެ.
"ހަޔާތުގައި ލިބުނު ކޮންމެ ކާމިޔާބީއެއްގެ ފަހަތުގައި ހުރީ މަންމައާއި ބައްޕަ. އަދި މުޅި އާއިލާ. ނޫސްވެރިކަމުގައި މިހާ ހިސާބަށް އާދެވުމުގެ އެއް އަސްލަކީ ނާއިފް އާއި މުންޑޫއާއި ނާޒިމް.. އަދި މީޑީއާގެ ހުރިހާ އެކުވެރިންނާއި އެއްކޮތް މަސައްކަތް ކުރި ނޫސްވެރިން. ނޫސްވެރިކަމުގައި ދުއް އެންމެ ބޮޑު ހުވަފެން ހަދީގަތަކަށް ހަދައިދިނީ ކޮމްޕެ ހުސެއިން. އަދި ގާފު ގެ ދެން ތިބި ފައުންޑަރުން ކަމުގައިވާ ޔާމިން , ޝިނާން އަދި ޝުއާއު.. އަދި ގާފު ހުވަދު އަތޮޅުގެ އެންމެ ޓޮޕަށް ގެންގޮސްދޭން މަސައްކަތް ކޮށްދިން އިސާމް , ޝަޖާއަތު އަދި ގާފުގެ މުޅި ޓީމް. އަދި ގާފުގެ މަސައްކަތްތަކުގައި އާއި މިހާރު ކުރާ ހުރިހަާ މަސައްކަތްތަކެއްގެ އެންމެ ހިތްވަރުދޭ އެކަކަކީ އިޒޫ. މި އީ ޝުކުރު ހައްގު މީހުން"
ާަޗެނަލް13އިގެނާސިފުގގެހަބަރެއްގެނެސްދީބަލަ
ގާފުއަށް ކާމިޔާބަށް އެދެން.
ޝުރާޢު އަށް އިތުރު ކާމިޔާބީއަށް އެދެން. ގާފު ނޫސް ވަރަށް ހަބޭސް ހަމަ.