ހުނޅަގު އެފްރިކާގެ ގައުމެއް ކަމަށްވާ މާލީގެ އަންހެނަކު އެއްމާބަނޑު ނުވަ ކުދިން ވިހައިފިއެވެ.

މާލީ އަންހެނަކު ނުވަ ކުދިން ވިހާފައިވަނީ ޑޮކްޓަރުން މިއަންހެންމީހާ ސްކޭން ކުރުމަށްފަހު އޭނާގެ ބަނޑުގައިވަނީ ހަތް ކުދިން ކަމުގައި ބުނެފައިވަނިކޮށެވެ.

ހަލީމާ ކިއްސޭ 25 މޮރޮކޯގައި ސިޒޭރިއަން ހެދުމަށްފަހު ނެގި އޭނާގެ ފަސް އަންހެން ކުދިންނާއި ހަތަރު ފިރިހެން ކުދިންގެ ހާލު ރަނގަޅެވެ. އަދި އޭނާގެ ހާލުވެސް ރަނގަޅެވެ.

ހަލީމާ ބަލިވެ އިނީ ހަތް ކުދިންނަށް ކަމަށް ޑޮކްޓަރުން ބުނުމުން ގައުމުގެ ވެރިންގެ ސަމާލުކަން ވެސް ލިބުނެވެ. އެހެންވެ ހަލީމާ އާއި ދަރިންނަށް އެއްވެސް ގެއްލުމެއް ނުވެދާނެ ގޮތްތަކަށް ވިހެއުމަށްޓަކައި މޮރޮކޯއަށް އޭނާ ގެންދިޔައެވެ.

މާލީގެ ސިއްހަތާއި ބެހޭ ވަޒީރު ފަންޓާ ސިބީ އޭނާ ދީފައިވާ ބަޔާނެއްގައި ބުނެފައިވަނީ ނުވަ ކުދިންނާއި އަދި މަންމަގެ ހާލުވެސް ރަނގަޅު ކަމުގައެވެ.

މޮރޮކޯގައި ހަދާފައިވާ ސްކޭންގައި ދައްކާ ގޮތުން ހަލީމާ ވިހާނެ ކަމަށް ބެލެވިފައިވަނީ ހަތް ކުދިންނެވެ. ހަލީމާގެ ސްކޭންތަކުން އިތުރު ދެ ކުދިން ދައްކާފައެއް ނުވެއެވެ.

އެއްމާބަނޑު ނުވަ ކުދިން ލިބުމަކީ ވަރަށް މަދުން ދިމާވާ ކަމެކެވެ. އަދި އެއްފަހަރާ ގިނަ ކުދިން ވިހެއުމުގައި ސިއްހީ އުނދަގޫތަކާ ކުރިމަތިލާން ޖެހިފައިވެއެވެ. އަދި މިހައި ގިނަ ކުދިން ވިހާއިރު ބައެއް ކުދިންގެ ހަށިގަނޑު އެންމެ ފުރިހަމައަށް ގިނަ ފަހަރު އުފެދިފައެއް ވެސް ނުވެއެވެ. ނަމަވެސް ހަލީމާއަށް ލިބުނު ނުވަ ކުދިންގެ ހާލު ވެސް ރަނގަޅެވެ. އެއްވެސް ކުއްޖެއްގެ ކިބައިން ސިއްހީ މައްސަލައެއް އަދި ފާހަގައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. އަލިބެއްޔާ

  މާތްރަސްކަލާންގެ ހެޔޮ ރަޙުމަތުން އަހަންނަށްވެސް ހެޔޮލަފާ ޞާލިޙް ގިނަ ދަރިން ދެއްވަފާންދެއެވެ.

  136
  3
 2. އޭނާ

  މާޝާ ﷲ. ﷲ ކަމަކަށް އިރާދަކުރައްވައިފިއްޔާ ނެތްތާ މައްސަލަޔެއް..

  65
  2
 3. ލޮލް

  ވ ބޮޑު އުދަގުލަކަށް ވާނީ އެއްފަހަރާ ތި ހާ ގިނަ ކުދިން ބެލުން! ސޭޑް

  2
  31
 4. އައްޑޫ ޝަކުވާ ބޯޓު

  އެހެންވީމާ އެކުދިންގެ ހެނދުނުގެ ނާސްތާއަށް އެކުދިންގެ މަންމައަށް ޖެޙޭނީ ހާދަހާ ބޮޑު ފަތަފޮޅިއެއް ފިހެންށޭދޯ؟

 5. ރިޔާ

  މާޝާﷲ