ބައިސްކޯފުން ގެނެސްދޭ "ޑްރާފްޓް" ގައި ފިލްމީ ތަރި އައިމިނަތް ރިޝްފާގެ (ރިޝްފާ) އާއިއޭނާގެ ދަރިފުޅު އެލް ބައިވެރިވެގެން ގިނަ ވާހަކަތަކެއް ހިއްސާ ކުރިއެވެ. އެ ޕްރޮގްރާމުން ދެ މީހުންގެ ގުޅުން ވަރަށް ބޮޑަށް ގާތްކަން އެނގެ އެވެ. އެގޮތުން އެ ޕްރޮގްރާމްގައި އެލް ބުނެފައިވަނީ މަންމަ މޭކަޕް ކުރާތީ ހިތްހަމަ ނުޖެހޭ ކަމަށެވެ. ދެމީހުންގެ ދެމެދުގައި ހުންނަ ތަފާތަކީ މަންމަ އަކީ މޭކަޕް ކުރުމަށް ލޯބިކުރާ މީހަކަށް ވެފައި އެލް ލޯބިކުރަނީ ގުދުރަތީ ރީތިކަމަށް ވީމައި ކަމަށް ބުނެފައި ވެއެވެ.
ރިޝްފާ އަކީ 'ޕާފެކްޓް' މަންމަ އެއް ގޮތަށް އެލް ސިފަކުރިއެވެ. ރިޝްފާއާއި އެލްގެ ވަރަށް އެއްގޮތް ކަންތައްތަކެއް ހުރެއެވެ. އެލްއަށް ބައްޕަގެ ވިސްނުން ތޫނުކަން ލިބިފައިވާއިރު، ދެން ހުރި ހުރިހާ ސިފަ އަކީ މަންމަ، ރިޝްފާގެ ފަރާތުން ލިބިފައިވާ ސިފަތަކެއް ކަމަށް ރިޝްފާ ބުނެއެވެ. ނަމަވެސް، ޕްރޮގްރާމުގެ ތެރެއިން ވާހަކަ ދައްކަމުން ދިޔަ އިރު ދެމީހުންގެ ދެމެދުގައި ހުރި ހިޔާލު ތަފާތުވާ ކަންތައްތައް ފާހަގަ ވެގެން ދިޔައެވެ. އެގޮތުން، އެލް ލޯބިކުރަނީ ގުދުރަތީ ރީތި ކަމަށް ވާއިރު ރިޝްފާ ލޯބި ކުރާ ގޮތް މުޅިން ތަފާތެެވެ. އޭގެ އިތުރުން ގޮޅި ޖެހި ގަމީސް އެލް ލާން ބޭނުންވާއިރު، ރިޝްފާއަށް އެގޮތް ކަމަކުނުދެއެވެ.
ދެމީހުންނަކީ ވެސް ވަރަށް އަޑުގަދަ ދެމީހުން ކަމަށް ބުނެއެވެ. ދެމީހުންގެ ދެމެދުގައި ތަފާތުކަމެއް ހުންނަނީ ރީތިވުމާއި ފެޝަން ސްޓައިލްއެވެ.
އެލް ގަބޫލު ކުރާ ގޮތުގައި ރީތި ވުމަކީ ވަކި ކަހަލަ ހެދުން ލުމެއް ނޫނެވެ. ޓީޝާޓާއި، ގޮޅި ޖެހި ގަމިސް ލުމުން ވެސް އެލްއަށް ހަމަ ރީއްޗެެވެ. އެލްގެ ވިސްނުމުގައި ހުރި ގޮތުން ރައްޓެހި ކުއްޖެއްގެ އުފަންދުވަސް ފާހަގަ ކުރާ ޕާޓީއަކަށް ދާއިރު ކޮންމެހެން ރީތި ރީތި ހެދުމެއް ލުމަކީ މުހިންމު ކަމެއް ނޫނެވެ.
އެލް އަކީ ވަރަށް ރީތިކޮށް ލަވަކިޔާ ކުއްޖެއް ކަމަށް ރިޝްފާ ބުނެއެވެ. އެލް އަށް ލިބިފައިނުވާ، ރިޝްފާގެ ގައިގައި ހުރި އަދި އެލް ބޭނުންވާ ސިފައެއް ކަމަށް އެލް ބުނަނީ މަންމަގެ ބަރު، ބާރު އަޑު ކަމަށެވެ. އެލްގެ އަޑަކީ ބާރު އަޑެއް ނަމަވެސް، އަޑު އެހާ ބަރު ނޫން ކަމަށް ބުނެއެވެ.
ހަޔާތުގައި ކުރެވުނު އަމިއްލަ ތަޖުރިބާއިން ރިޝްފާ އޭނާގެ ދަރިފުޅު އެލްއަށް ދީފައިވާ ނަސޭހަތަކީ 18 އަހަރު ނުވަނިސް ބިޓެއް ނުނެގުމެވެ.
ސަހަރޯ
ދަރިފުޅުހެން ހީވެސް ނުވޭ...ރިޝްފާގެ ކޮއްކޮއެއްހެން ހީވަނީ..
އެލީ ވަރަށް ރަނގަޅަށް މަށަށް ކިޔާދިން އޭނަ މަންމައާއި އޮންނަ ގުޅުމުގެ ވާހަކަ.
ކޮންކަހަލަ ގުޅުމެއްތަ؟ އަސްލު ހިޔެއް ނުވޭ ދެމީހުންގެ ބޮންޑް މާ ވަރުގަދަހެނެއް. އެލް ކުޑައިރުވެސް އެލް ގިނައިން ބެލީ އެލްގެ މާމަ ކަންނޭގެ ރިޝްފާ ބިޒީކަމެން. އެލް ކުޑައިރު އިންޓަވިއު އެއްގަވެސް ބުނި މަންމަ ގެ ޓައިމް ވަރަށް ބޭނުމޭ
ތަރުބިއްޔަތު ކޮށްފަހުރީ ދީނަށް ލޯބިކުރާގޮތަކަށްނޫން. ޥަރަށްދެރަ. މާދަމާގެ އުފަލެއްނެތް
މަންމަ ހެނެއް އެއްގޮތަކަށް ވެސް ހީނުވޭ! މަންމަ ޖެހޭނެ ހެދުން އެޅުން ބަދަލް ކޮށް ދޮށީ މީހެއް ގޮތުގަ ހެދުމުން ދައްކަން! އެކމް މިހާރު އުމްރަކީ ނަންބަރެއް ސޯ ހަމަ ޅަ ކޮށް ހެދުން އެޅުމަކީ މައްސަލަ އެއް ނުން އެކަމަކު ރަގަޅު ގޮތަކީ ދަރިފުޅު ގެ އުމްރުގެ ކުދިން ހެން ނޫޅުން!
އެލްއަށް ކިތައް އަހަރު؟
ދެން އަބަދު ޖަޖުމެންޓަލް. ކޮންމެ ނޫހެއް ކޮންމެ ތާކުކޮންމެ އެއްޗެސް ލިޔުނަސް ކިޔާމީހާ ބޭނުންވާގޮތް ނޫންވެއްޖެޔާ ދެރަވާންޖެހޭ. ފަހުދުވަހަށް ވިސްނަންޖެހޭ. ދެން ނުކިޔަމާ އެހެންވީމަ. ކުރެވިދާނެ އެހެންކަންކަން އެބަހުއްޓެއްނު؟ އަބަދު އަބަދު އެވާހަކަ. ކޮންމެ ހަބަރެއް ކޮންމެގޮތަކަށް ގެނަޔަސް. ފުކެއް ބޮޑުވަރެއްނުންދޯ ދީންވެރިވިޔަސް.
ދީނަކީ ނަޞޭޙަތެއް، ހެޔޮކަންތަކަށް ޢަމުރުކޮށް ނުބައިކަންތަށް ނަހީ ކުރުމަކީ ކޮންމެ މީހެއްގެވެސް ފަރުދީ ވާޖިބެއް، ކޮންމެސް ދުވަހަކުން މަރުވާނެކަމެއް، އާޚިރަތެއް، ނަރަކައެއް ނުވާކަމަށް ޤަބޫލުކުރާމީހުން މިރާއްޖެއަކު މަދެއް ނޫން މިހާރު،
އެލް އަށް މިހަާރު ކިތައް އަހަރު ތަ؟
އެލް އަށް މިހާރު ކިތައް އަހަރު ތަ؟
ކޫޑި އަންހެނެއް ތި ރިޝްފާ އަކީ