އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑެން އާއި ފަސްޓްލޭޑީ ޖިލް އެމެރިކާގެ 39 ވަނަ ރައީސް އާއި ބައްދަލުކުރައްވާ ފޮޓޯއެއް މީޑިޔާގައި މިހާރު ވަނީ ދައުރުވާން ފަށާފައެވެ. މި ފޮޓޯގައި ގިނަ ބަޔަކަށް ތަފާތުކަމެއް ފާހަގަ ކުރެވޭއިރު މިއީ ހަދާފައިވާ ފޮޓޯއެއްތޯ ނޫނީ އަސްލެއްތޯ ގިނަބަޔަކު ދަނީ ސުވާލުއުފައްދަމުންނެވެ.
ފާއިތުވި ހަފްތާގައި ރައީސް ޖޯ ބައިޑެން އާއި ފަސްޓް ލޭޑީ ޖިލް ވަނީ އެމެރިކާގެ ކުރީގެ ރައީސް ޖިމީ ކާޓާ އާއި ކުރީގެ ފަސްޓްލޭޑީ ރޯޒްލީން ކާޓާ އާއި ބައްދަލު ކުރައްވާފައެވެ. މި ބައްދަލުކުރެއްވުން އޮތީ އެމެރިކާގެ ޖޯޖިޔާގެ ޕްލައިންސް ގައިއެވެ.
ޖިމީ ކާޓާގެ ގޭގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ނަގާފައިވާ ފޮޓޯއަށް ގިނަބައެއްގެ ސަމާލުކަމެއް ލިބިފައި ވަނީ އެ ފޮޓޯގައި ޖިމީ ކާޓާ އާއި ފަސްޓްލޭޑީ ރޯޒްލިން ކާޓާ ކުޑަކޮށް ފެންނާތީއެވެ. އަދި ފަސްޓްލޭޑީ ޖިލް ބައިޑެން އަށްވުރެ ޖޯ ބައިޑެން އިސްކޮޅުން މާ ދިގުކަމަށް މި ފޮޓޯގައި ދައްކައެވެ.
މި ފޮޓޯއާއި ބެހޭގޮތުން އެކި މީހުން އެކި ވާހަކަތައް ދައްކާއިރު ބީބީސީގެ ފޮޓޯގް އެޑިޓަރެއް ކަމަށްވާ ފިލް ކޫމްސް ވެސް ވަނީ އެ ފޮޓޯ އާއި ބެހޭގޮތުން އޭނާގެ ހިޔާލު ހާމަކޮށްފައެވެ. އޭނާ ބުނީ ފޮޓޯގައި ދެފަރާތުގައި ތިބި މީހުން(ބައިޑެން އާއި ފަސްޓްލޭޑީ ޖިލް) ވަނީ ކުރިޔަށް ގެނެސް ބޮޑުކޮށްފައެވެ. އަދި ފޮޓޯގެ މެދުގައި ތިބި މީހުން(ޖިމީ ކާޓާ އާއި ފަސްޓްލޭޑީ ރޯޒްލިން ކާޓާ) ފޮޓޯގެ އެތެރެއަށް ފޮނުވާފައިވާ ކަމަށް އޭނާ ބުނެއެވެ.
މިގޮތަށް ފޮޓޯ ނެގޭނީ ވައިޑް ލެންސަކުންނެވެ. އަދި ރީއްޗަށް ނަގާފައިވާ ފޮޓޯއެއް މިގޮތަށް އެޑިޓްވެސް ކުރެވިދާނެ އެވެ. ފަހުގެ ޓެކްނޮލޮޖީގެ އެހީގައި މިގޮތަށް ފޮޓޯއެއް ހަދާލުމަކީވެސް އުނދަގޫ ކަމެއް ނޫނެވެ.
ޖިމީ ކާޓާ އަކީ އެމެރިކާގައި ރައީސްކަން ކުރެއްވި މީހުންގެ ތެރެއިން މިހާރު ދިރިހުރި އެންމެ ގިނައަހަރުވީ ރައީސް އެވެ. ޖިމީ ކާޓާގެ އުމުރުން 96 އަހަރުވެފައިވާއިރު ފަސްޓްލޭޑީ ރޯޒްލީން އަށް މިހާރު 93 އަހަރު ވެއްޖެ އެވެ.
ހޫމް ފާހަވޭ.. އެކަކުގެ ބޮލެއްނެތް.. ހަށިގަނޑު އެކަނި އޮތީ... އަނެކަކުގެ ދެފައެއްނެތް..އަދި ބައިޑަންގެ އެއް ބޫޓްކިބަ މަދު..