ފިލްމީތަރި ސޮނޫ ސޫދް އާއި އޭނާގެ ޓީމުން އެއް ރޭގެ މަސައްކަތުން 22 މީހުންގެ ފުރާނަ ސަލާމަތްކޮށްދީފިއެވެ.

އިންޑިއާގެ ބެންގަލޫރުގެ ހޮސްޕިޓަލަކަށް އޮންސިޖަން ފޯރުކޮށްދީ ގިނަ ބައެއްގެ ފުރާނަ ސަލާމަތްކޮށްދީފައިވާއިރު ގާތްގަނޑަކަށް 22 މީހުން ތިބީ ބެންގަލޫރުގެ ހޮސްޕިޓަލުގައި އޮކްސިޖަން ނުލިބި މަރުގެ ތުންފަތްމަތީގައެވެ.

އޭއާރްއޭކޭ ހޮސްޕިޓަލުގައި އޮކްސިޖަން ހުސްވެގެން އުޅޭކަމަށް އެންގުމާ އެކު ސޮނު ސޫދް ޗެރިޓީ ފައުންޑޭޝަނުން އަންގާރަ ދުވަހު ވަނީ އެ ހޮސްޕިޓަލަށް އޮކްސިޖަން ފޯރުކޮށްދީފައެވެ. އެ ހޮސްޕިޓަލުން އޭގެ ކުރިން ވަނީ އޮކްސިޖަން ހުސްވެ ދެ މީހަކު މަރުވެފައެވެ.

ދަންވަރުގެ ވަގުތުގައި ސޮނު ސޫދްގެ ޓީމުން ކުރި މަސައްކަތުން ހޮސްޕިޓަލަށް ވަނީ 15 ސިލިންޑަރުގެ އޮކްސިޖަން ގެންގޮސްފައެވެ. ސޫދް ބުނީ ކުޑަވަގުތުކޮޅަކަށް ވެސް ލަސްވި ނަމަ ގިނަ ބައެއްގެ ފުރާނަ ގެއްލުނީސް ކަމަށެވެ.

ބެންގަލޫރުގެ އެ ހޮސްޕިޓަލުގައި އޮތް ބަލި މީހަކު އެހެން ހޮސްޕިޓަލަކަށް ގެންދަން ބެލިއިރު އެމްބިއުލާންސް ޑްރައިވަރެއް ނެތުމުން އެމީހާ އެހެން ހޮސްޕިޓަލަކަށް ގެންދިއުމަށް އިންޑިއާ ފުލުހުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

އިންޑިއާ އަށް އަރާފައިވާ ކޮވިޑް-19 ގެ ދެވަނަ ރާޅާއެކު އެ ގައުމުން ގިނަ ބަޔަކު ވަނީ ބައްޔަށް ފައްސިވެފައެވެ. އެގޮތުން މިހާތަނަށް އިންޑިއާ އިން 20 މިލިއަނަށްވުރެ ގިނަ މީހުން ބައްޔަށް ފައްސިވެފައިވާއިރު އެތައް ލައްކަ ބައެއްގެ ފުރާނަ ވަނީ ވަކިވެ ގޮސްފައެވެ.

ސޮނު ސޫދް ވަނީ ކޮވިޑް-19 ގެ ދެ ޑޯޒް ވެކްސިން ފުރިހަމަކޮށްފައެވެ. އޭނާ ވަނީ ވެކްސިންގެ ދެ ޑޯޒް ހަމަކުރުމަށް އެންމެންނަށް އިލްތިމާސް ކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    މޭން ވިތް އަ ގޯލްޑެން ހާރޓް. ހީ އިސް އަ ރިއަލް ސުޕަރ ހީރޯ

    26