ބޮލީވުޑު ފަންނާނުންގެ ތެރެއިން މީސް މީޑިޔާގައި އެންމެ ނުފޫޒުގަދަ އެއްފަންނާނަކީ ކަންގަނާ ރަނައުތުކަން އެންމެން ވެސް ދަންނާނެއެވެ. ހުރިހާ ކަމަކާއި ގުޅިގެން ޓުވީޓު ކުރަމުން އަންނަ ކަންގަނާ ރަނައުތު ޓުވިޓާއިން ބޭން ކޮށްފައިވަނީ އޭނާ ކޮށްފައިވާ ޓުވީޓެއްގެ ސަބަބުންނެވެ.

ބެންގާލް ޗީފް މިނިސްޓަރ އިންތިޚާބުވުމާއި ގުޅިގެން ހިތްހަމަނުޖެހުން ފާޅުކޮށް ކޮށްފައިވާ މި ޓުވީޓުގެ ސަބަބުން ކަންގަނާއަށް ފިޔަވަޅު އެޅުމަށް ވެސް އެތައް ބަޔަކު ގޮވާލާފައިވެއެވެ.

ޓުވިޓާގައި އެތައް ފަންނާނުންނަކާއި ދެކޮޅަށް ޓުވީޓު ކުރަމުން އަންނަ ކަންގަނާ ޓުވިޓާއިން ބޭރުކުރުމުން ބޮލީވުޑުގެ ބައެއް ފަންނާނުން އެކަމާ އުފާފާޅުކޮށް ޓުވީޓު ކުރަން ފަށައިފިއެވެ.

މިކަމާއި އުފާކޮށް އެންމެ ފުރަތަމަ ވެސް ޓުވީޓުކޮށްފައިވަނީ ކުބްރާ ސެއިތު، ރިޗާ ޗައްދާ، ބިދީތާ ބެގް ފަދަ ފަންނާނުންނެވެ. މީގެއިތުރުން ސްވަރާ ބާސްކަރު، ޕްރަތިކް ސިންހާ، އަނޫވާބް ޕަލް ފަދަ އެތައް ފަންނާނުންނެެއް ވެސް ވަނީ މިކަމާއި ގުޅޭގޮތުން ޓުވީޓުކޮށްފައެވެ.

މިކަމާއި ގުޅިގެން ކުބްރާ ސެއިތު ކޮށްފައިވާ ޓުވީޓުގައި ބުނެފައިވަނީ ކަންގަނާގެ ސަބަބުން ނަފުސާނީ ގޮތުން ގެއްލުންވެފައިވާ ކަމަށާއި މިއީ ވާންވީ އެންމެ ރަނގަޅު ގޮތްކަމަށެވެ. އަދި މިއީ ލިބުނު ހިތްހަމަޖެހުމެއް ކަމަށާއި މީސް މީޑިޔާއަށް ވެސް އެންމެ ރަނގަޅުވާނީ ކަންގަނާ އެކަމާ ދުރުގައި ހުރުންކަން ވެސް ފާހަގަކޮށްފައިވެއެވެ.

އިންސްޓަގުރާމުން ވެސް ކަންގަނާ ބޭން ކުރުމަށް ބައެއް ފަރާތްތަކުން ގޮވާލައި ޓުވީޓު ކޮށްފައިވެއެވެ. ޓުވިޓާނޫން އެހެން ތަނެއްގައި ކަންގަނާ އޭނާގެ އަމިއްލަ މީހާގެ ގޮތުގައި ހުރުމަށް ބަތަލާ ރިޗާ ކޮށްފައިވާ ޓުވީޓުގައިވެއެވެ.

ޓުވިޓާއިން ކަންގަނާ ބޭން ކުރުމުން އޭނާ ބުނެފައިވަނީ މިއީ ޑިމޮކްރަސީގެ ނިމުން ކަމަށެވެ.