އިނގިރޭސިވިލާތުގެ މަޝްހޫރު ކޭމްބްރިޖް ޔުނިވަސިޓީގައި ބުރުގާ އަޅައިގެން ހުރި މުސްލިމު އަންހެނަކާ، ނަސްލީ ގޮތުން ޖައްސާލައިގެން އުޅުނު މީހަކާ ދެކޮޅަށް ވާހަކަ ދެއްކި ފިރިހެނަކަށް، ނަސްލީ ގޮތުން ފުރައްސާރަކޮށްފިއެވެ. މި ފިރިހެން މީހާއަށް ފުރައްސާރަކޮށްފައިވަނީ އިނގިރޭސި ރައްޔިތެކެވެ.

ރިޕޯޓުތައް ބުނާގޮތުގައި ބުރުގާ އަޅައިގެން ހުރި އަންހެން މީހާގެ ދިފާޢުގައި ތެދުވެފައިވަނީ އިންޑިޔާގެ ރައްޔިތެއްކަމުގައިވާ ރިކޭޝް އަދްވާނީ، 28 އެވެ. އޭނާއަކީ އެޔުނިވާސިޓީގައި ޕޮލިޓިކަލް ސައިންސްގެ ދާއިރާއިން މަތީ ތައުލީމު ހާސިލު ކުރަމުންދާ ފަރާތެކެވެ.

މީގެއިތުރުންވެސް، ރިޕޯޓުތައް ބުނެފައިވާ ގޮތުން، މި ފިރިހެން މީހާއަށް ނަސްލީގޮތުން ތަފާތުކޮށް، އިނގިރޭސިވިލާތް ދޫކޮށް ދިޔުމަށް ގޮވާފައިވެއެވެ. އަދި، މިގޮތަށް ގޮވަން ބޭނުންކޮށްފައިވަނީ "ބްރެކްސިޓް" މި ބަހެވެ. މި ބަހަކީ އަސްލު، އީޔޫ އިން އިނގިރޭސިވިލާތް ނިކުތުމަށް ބޭނުންކުރި ބަހެވެ. އެނގިފައިވާ ގޮތުގައި ރިކޭޝް އަށް ފުރައްސާރަ ކުރި މީހަކީ، ބުރުގާ އަޅައިގެން ހުރި ކުއްޖާއަށްވެސް ފުރައްސާރަ ކުރި މީހާއެވެ.

މިކަމާ ގުޅިގެން ރިކޭޝް ބުނެފައިވަނީ، 2018 ވަނަ އަހަރުފަދަ ތަރައްޤީވެފައިވާ ޒަމާނެއްގައި، މިފަދަ ކަމެއް ކުރާނެކަމަށް އެއްގޮތަކަށްވެސް އުންމީދު ނުކުރެވޭކަމަށެވެ. އަދި، ރަނގަޅަށް ވިސްނާ ކޮންމެ އިންސާނަކަށްވެސް، އެވަގުތު އަންހެން ކުއްޖާއަށް ފުރައްސާރަކޮށް، ދިމާކޮށްގެން ނުވާނެކަމަށް ވިސްނޭނެކަމަށްވެސް ބުނެފައިވެއެވެ.

އެނގިފައިވާ ގޮތުގައި، ކޭމްބްރިޖް ޔުނިވާސިޓީގައި އެވަގުތު ތިބި މީހުންގެ ތެރެއިން، އެހެން އެއްވެސް މީހަކު، އެއަންހެން ކުއްޖާގެ ދިފާޢުގައި ތެދުވެފައި ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ވަގު ޖިންނި

    ގަދަ ފިރިހެނެއް،