ޝާރުކް ޚާންގެ ފިލްމެއް ކަމަށްވާ " ޒީރޯ " ގެ ޓީޒާއަކުން ސަލްމާން ޚާން ފެނިގެން ދިއުމާއެކު ސަލްމާން ޚާންއާ ސުވާލުތައް ކުރިމަތި ކުރުމުން، ސަލްމާން ޚާން " ޒީރޯ " މިފިލްމްއިން ފެނިގެން ދިޔައީ ސަލްމާން ޚާންއަކީ ޒީރޯއެއް ކަމަށް ވާތީ ކަމުގައި މަޝްހޫރު ބޮލީވުޑް އެކްޓަރ ސަލްމާން ޚާން ބުނެފިއެވެ.

ސަލްމާން ޚާން ބުނެފައިވަނީ ސާރުކް ޚާންއާއެކު ޒީރޯގެ ޝޫޓިންގައި ބައިވެރިވުމަކީ އޭނާއަށް ލިބުނު ފަޚްރެއް ކަމަށާއި އަދި ޝޫޓިންގައި ހޭދަވި ވަގުތު ކޮޅަކީ މަޖާ އަދި އުފާވެރި ވަގުތު ކޮޅެއް ކަމަށެވެ.

މިއަންނަ ޑިސެންބަރ މަހު ނެރުމަށް ހަމަޖެހިފައިވާ ޒީރޯގެ ޓީޒާއެއް ޢީދު އާއި ދިމާކޮށްވަނީ ވަނީ އާއްކޮށްފައެވެ. ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ނޫހަކުން ހާމަކޮށްފައިވާ ގޮތުގައި މާދަމާ ނެރުމަށް ހަމަޖެހިފައިވާ ސަލްމާންގެ ރޭސް 3 ގައިވެސް " ޒީރޯ " ގެ ފިލްމެ ބައެއް ފެނިގެންދާނެއެވެ.

އަނުޝްކާ ޝަރްމާ އާއި ކެޓްރީނާ ކެއިފްއާ އެކު ޝާހްރުކް ކުޅޭ "ޒީރޯ" ސިނަމާތަކަށް އަންނާނީ މި އަހަރުގެ ޑިސެމްބަރު 21 ގަ އެވެ ޝާހްރުކާއި އަނުޝްކާ އަދި ކެޓްރީނާ އެކުގައި އެންމެ ފުރަތަމަ ފެނިފައި ވަނީ ޔާޝް ޗޯޕްޅާގެ މަރުވުމުގެ ކުރިން ޑައިރެކްޓް ކުރި އެންމެ ފަހު ފިލްމް 2012 ގެ "ޖަބް ތަކް ހެ ޖާން" އިންނެވެ.

ކިޔުންތެރިންގެ ހިޔާލު