2018 ވަނަ އަހަރު ރުބެން ފްލެއިޝާ ޑައިރެކްޓް ކޮށްގެން ނެރުނު ސްކައިފައި ފިލްމް ވެނޮމްގެ ދެވަނަ ބައިގެ ޓްރެއިލާ ދައްކާލައިފިއެވެ. އެމެރިކާގެ ސުޕާހީރޯ ފިލްމް ވެނޮމްގެ ދެވަނަ ބައި 'ލެޓް ދެއާ ބީ ކަނޭޖް' ބެލުންތެރިންނާއި ހިސާބަށް ގެނެސްދޭނީ ހަމައެކަނި ސިނަމާ ތަކުންނެވެ.

ޓްރެއިލާއިން ފެނިގެންދާ ގޮތުން މާވަލްގެ ކޮމިކް ކެރެކްޓާ ތަކެކޭ އެއްފަދައިން ސުޕާހީރޯޕަވާ އާއި އެކު ލީޑް އެކްޓަރު ޓޮމް ހާޑީ ފެނިގެންދަނީ އެޑީ ބްރޮކްގެ ރޯލުންނެވެ. މައި ބަތަލެއްގެ ގޮތުގައި ފެނިގެންދަނީ ކްލެޓަސް ކަސާޑީއެވެ.

މާވެލް ކޮމިކް ކެރެކްޓަރ ވެނޮމްގެ މައްޗަށް ބިނާކޮށް ހަދާފައިވާ "ލެޓް ދެއަރ ބީ ކާނޭޖް" ޑައިރެކްޓް ކޮށްފައިވަނީ އެންޑްރީ ސާކިސްއެވެ. ކޮލަމްބިއާ ޕިކްޗާސްއިން ޕްރޮޑިއުސްކޮށްފައިވާ މި ފިލްމު ރިލީޒްކުރަނީ ސޮނީ ޕިކްޗާސްއިންނެވެ.

ލެޓް ދެއާ ބީ ކަނޭޖް ބެލުންތެރިންނާއި ހިސާބަށް ޖޫން 25 ވަނަ ދުވަހު ގެނެސްދޭން ތާވަލު ކޮށްފައިވީ ނަމަވެސް، މިހާރު ވަނީ ފިލްމް އަޅުވާ ތާރީހަށް ބަދަލު ގެނެސްފައެވެ. ފާސްޓް އެންޑް ފިއުރިއަސް 9 އާއި ދެފިލްމު ގާތް ގާތުގައި ރިލީޒް ކުރަން ޖެހޭތީ ވެނޮމްގެ ދެވަނަބައި މިހާރު ސިނަމާ ތަކުގައި ދެއްކުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ.

ކޮވިޑް ޕެންޑެމިކާއި ދިމާވުމުން ގިނަ ފިލްމުތައް ރިލީޒް ކުރާ ދުވަސްތަކަށް ގެނެވުނު ބަދަލާއެކު މާވަލް އިން ވަނީ ސެޕްޓެމްބަރު މަހު ރިލީސް ކުރަން ހަމަޖެހިފައިވާ ކޮމެޑީ ފިލްމު "ދަ މޭން އިން ޓްރާންޓޯ" ރިލީޒް ކުރާ ދުވަހަށްވެސް ބަދަލު ގެނެސްފައެވެ. ނަމަވެސް، މާވަލްއިން މި ފިލްމް ރިލީޒް ކުރާނެ ވަކި ތާރީހެއް އަދި ހާމަ ކޮށްފައެއް ނުވެއެވެ.