ވައަތްތެރިންނަކީ ނުވަތަ ވައަތުން އާންމުކޮށް ކޮށް އުޅޭ ކަންކަން ކޮށް އުޅޭ މީހުން ދުނިޔޭގައި ވަރަށްވެސް ގިނައެވެ. ނަމަވެސް ދާދި ފަހަކާ ޖެހެންދެން ވައަތްތެރިންނަށް ވުމަށް މެދުވެރިވާ ސަބަބު ވަނީ ހޯދުމަށް ސައިންސާއި ޓެކްނޮލޮޖީ ނުކުޅެދިފައެވެ. އެހެންނަމަވެސް މިއަދު މިވަނީ ވައަތްތެރިންނަށް ވުމަށް މެދުވެރިވާ ސަބަބު ސައިންސްވެރިން ހޯދައިފައެވެ.

ފަސް އަހަރު ދުވަހުގެ ރިސާޗަކަށް ފަހު ކަށަވަރުވެފައިވާ ގޮތުގައި ވައަތްތެރިންނަށްވަނީ މާބަނޑު ދުވަސްވަރު ޖީންއަށް އަންނަ ބަދަލެއްގެ ސަބަބުން ކަމަށެވެ. އެގޮތުން ބަނޑަށް 5 މަހާއި 6 މަހުގައި މި ބަދަލު ޖީން އަށް އަންނަ އިރު އޭގެ ސަބަބުން ކުއްޖާ ވައަތްތެރިއަކަށް ވެދެއެވެ.އަދި ކުއްޖާ ވިހެއުމަށް ފަހުވެސް ވައަތުން ކަންކަން ކުރަން ކަނާއަތަށް ވުރެއް ފަސޭހަވެގެން ދެއެވެ.

އަދި ކުއްޖާގެ ޅަފަތުގައި އެކުއްޖާއަކީ ވައަތްތެރިއެކަން ނުވަތަ ކަނާއަތްތެރިއެއްކަން ދެނެގަނެވޭނެ ކަމަށާއި އެކަން ދެނެގަންނަނީ ކުޑައިރު ކުއްޖާގެ ބައެއް އަމަލުތަށް ހުންނަ ގޮތުގެ ސަބަބުން ކަމަށް ސައިންސްވެރިން ބުނެއެވެ. އެގޮތުން އިނގިލި ބުއިމާއި އެއް ފަޅިއަށް އޮތުމަށް ލޯބިކުރުން ފަދަ ކަންކަން ހިމެނެއެވެ.

އަދި ވައަތްތެެރިންނަށް ނާރުގެ މައްސަލަތަށް ޖެހުމުގެ ފުރުސަތު ހަނިވާ ކަމަށާއި ބުރަކަށީގެ ނުވަތަ މައިބަދައަށް ދިމާވާ މައްސަލަތަށް ޖެހުމުގެ ފުރުސަތު ހަނިވާ ކަމަށްވެސް ސައިންސްވެރިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަލީ

    މަ އަންހެނުން ކައިރި ތިވާހަކަ ދެއްކީމަ އެގޮލާ އުޅެނީ މާއެނގިގަނެގެން، މަ ކިތައްފަހަރު ބުނެފިން ވާއަތްތެރިން އެއީ ހުނަރެއް ހުންނަ ބައެކޭ. މަގޭ ދަރި މިހާރު ހަދާލައިފި ވާއަތްތެރި އަކުން ކަނާއަތްތެރިއަކަށް.

    • ބޯހަލާކު

      ??????????????????????????

    • އަންހެނުންނަށް ހަމަ ސާބަސް!

      ވާތުން ކަންކަން ކުރަން އާދަކުރުވާނިކަމެއްނެތް! ތިބާގެ އަންހެނުންނަށް ހަމަ ސާބަހޭ ބުނެވޭނީ!