މީގެ 15 ދުވަސް ކުރިން މީސް މީޑީޔާ އެކައުންޓުގައި ޑޮކްޓަރުންނާއި ގުޅޭގޮތުން ކޮމެޑީ އެކްޓަރ ސުނިލް ޕަލް ހިއްސާ ކޮށްފައިވާ ވީޑިއޯއެއްގެ ސަބަބުން އޭނާގެ މައްސަލަ ފުލުހަށް ހުށަހަޅައިފިއެވެ.

ދުނިޔޭގެ ހުރިހާ ގައުމެއްގައި ވަކީން ހާއްސަކޮށް އިންޑިޔާގައި ޑޮކްޓަރުންނާއި ނަރުހުން އަދި ސިއްހީ ފަރާތްތަކުން އެއްވެސް އަރާމެއް، ބުރޭކެއް ނެތި އިތުރު ގަޑީގައި ވެސް މަސައްކަތް ކުރަމުން ދަނީ ބަލި މީހުން ސަލާމަތް ކުރުމުގައާއި އެމީހުންނަށް ފަރުވާ ދިނުމުގައެވެ.

ސުނިލް ހިއްސާ ކޮށްފައިވާ ވީޑިއޯގައި އޭނާ ބުނެފައިވަނީ ޑޮކްޓަރުންގެ ތެރެއިން 90 އިންސައްތަ ޑޮކްޓަރުންނަކީ ޑޮކްޓަރުންގެ ހެދުމުގައި ތިބި ފޭކް އަދި ވަގުންތަކެއް ކަމަށެވެ. އަދި އަނެއް 10 އިންސައްތަ ޑޮކްޓަރުން މަސައްކަތް ކުރަމުން ދަނީ ބަލި މީހުންނަށް ފަރުވާދިނުމާއި އެމީހުންގެ ފުރާނަ ސަލާމަތް ކުރުމަށް ކަމަށް ވެސް ބުނެފައިވެއެވެ.

މި ވީޑިއޯ މީސް މީޑިޔާގައި ހަލުވި ކަމާއި އެކު ދައުރުވެފައިވެއެވެ. އަދި ޑޮކްޓަރުންނާއި މުޚާތަބުކޮށް މިގޮތަށް ވާހަކަދައްކާފައިވާތީ، ސުނިލްއާއި ޚިލާފަށް މައްސަލަ ވަނީ ފުލުހަށް ހުށަހަޅައިފައެވެ.

ނަމަވެސް ސުނިލް ބުނެފައިވަނީ އޭނާގެ މައްސަލަ ފުލުހަށް ހުށަހަޅާފައިނުވާ ކަމަށާއި ޑޮކްޓަރުންނާއި ބެހޭގޮތުން އޭނާ ބުނެފައިވާ އެއްޗެއް މީހުންނަށް އޮޅިފައިވާ ކަމަށެެވެ.

ސުނިލް ބުނެފައިވަނީ 90 އިންސައްތަ ޑޮކްޓަރުންނަކީ ފޭކް އަދި ވަގުންގެ ހެދުން އަަޅައިގެން ތިބި ބައެއް ކަމަށާއި އަނެއް 10 އިންސައްތަ ޑޮކްޓަރުން ދަނީ ތެދުވެރިކަމާއިއެކު މަސައްކަތް ކުރަމުން ކަމަށެވެ.

މިކަމަށް ފާޑުކިޔައި ވާހަކަދެއްކި ފަރާތްތަކުން ބުނެފައިވަނީ ކުރިން ވެސް ފަހުން ބުނެވިފައި އޮތީ އެކައްޗެއް ކަމަށެވެ. މާނަ އޮޅިފައިނުވާ ކަމަށެވެ.

ސުނިލް ވަނީ މިކަމަށް މަޢާފަށް އެދި ވީޑިއޯއެއް ހިއްސާކޮށްފައެވެ.