އެއީ އަރަމުން އަންނާނެ ލަވަކިޔުންތެރިއެއް ކަމަށް އިންޑިއާގެ ގިނަބަޔަކު ދިޔައީ ބުނަމުންނެވެ. 2007 ވަނަ އަހަރު ވޮއިސް އޮފް އިންޑިއާގެ ޓައިޓަލް ނެގީ އޭނާއެވެ. ބޮލީވުޑްގެ އެތައް ފިލްމަކަށް ލަވަކިޔުމަށް އޭނާއަށް ޖާގަ އޮތީ ކަށަވަރުވެފައެވެ.

އެހެން ނަމަވެސް އެ އަހަރު އޭނާ ރާއްޖެއަށް ޗުއްޓީ ހޭދަކުރުމަށް އައި ދަތުރުގައި ވަނީ މަރުވެފައެވެ. އުމުރުން 19 އަހަރުގެ އިޝްމީތު މަރުވެފައިވަނީ ޗާޔާ އައިލެންޑް ދޮންވެލި ރިސޯޓްގެ ސްވިމިންގ ޕޫލަށް އެރި އުޅެނިކޮށެވެ. އެއީ 2008 ވަނަ އަހަރު ޖުލައި މަހުގެ 29 ވަނަ ދުވަހުއެވެ.

އިޝްމީތްގެ މަރާއި ގުޅިގެން ރާއްޖޭގެ ފުލުހުން ވަނީ ނޫސްވެރިންގެ ބައްދަލުވުމެއްވެސް ބާއްވާފައެވެ.

ފުލުހުންގެ ވެބްސައިޓުގައި ވިދާޅުވެފައިވާ ގޮތުގައި، އެ ނޫސްވެރިންގެ ބައްދަލުވުން ބާއްވާފައި ވަނީ 2008 ވަނަ އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހު ޝަހީދު ޙުސައިން އާދަމް ބިލްޑިންގގައިއެވެ.

ފުލުހުން ވިދާޅުވީ އިޝްމީތް މަރުވީ ޕޫލުގެ ފުންތަނަކަށް ގޮސްގެން އުޅެނިކޮށް ކަމަށެވެ. ފުލުހުން ވިދާޅުވީ، އިޝްމީތާ މޫދަށް އެރުނީ އޭނާގެ ދެ ރަހުމަތްތެރިންނާއި އެކުގައި ކަަމަށެވެ. އިޝްމީތު ޕޫލަށް އެރުނީ އިތުރު ދެ މީހުންނާއި އެކުގައެވެ. އެ ދެ މީހުންނަކީވެސް ފަތަން ނޭނގޭ ދެ މީހުންނެވެ.

އެ ދެ މީހުން ތަހުގީގަށް ދިން ބަޔާނުގައި ބުނީ، އިޝްމީތް ބޭނުންވީ ޕޫލުގެ ފުން ހިސާބަކަށް ދިޔުމަށް ކަމަށެވެ. އަދި ޕޫލުގެ ވަކި ހިސާބަކަށްގޮސް ގެނބެނީ ކަމަށްބުނެ ހޭންފަށާ ސަމާސާކުރި ކަމަށާއި އޭރު އޭނާ ހުރީ އިސްކޮޅުޖެހޭ ހިސާބުގައި ކަމަށެވެ.

ނަމަވެސް ދެވަނަ ފަހަރަށް ގެނބެނީކަމަށް ބުނެ ހަޅޭއްލެވިއެވެ. އެފަހަރު އޭނާ އަޑިޔަށްދިއުމަށްފަހު މައްޗަށް ނޭރުމުން އެމީހުން ހަޅޭއްލެވުމުން އެ ދެމީހުންނަށް އޭނާ އަޑިން ނުނެގުމުން އިތުރު ދެމީހަކު އޭނާ ނެގިއެވެ. އޭގެ ތެރޭގައި އެރިސޯޓްގެ ޑޮކްޓަރުވެސް ހިމެނެއެވެ. އަދި ނެގިއިރުވެސް އޭނާވަނީ މަރުވެފައިކަމަށް ޑޮކްޓަރުވަނީ ބުނެފައެވެ.

މީގެއިތުރުން އިޝްމީތު އެރިއުޅުނު ޕޫލަކީ ގާތްގަނޑަކަށް 7 ފޫޓް 6 އިންޗިހުރި ޕޫލެއްކެވެ. އަދި ޕޫލްގެ ވަށައިގެން އެކިދިމާލުން ފުންމިން މީޓަރ އެނގޭގޮތަށް އަންގައިދީފައިވެއެވެ. ފޫލްގެ އެކިދިމާލުގައި ލައިފްގާޑެއް ނުހުންނާނެކަމަށް ލިޔެފައިވާ ބޯޑްތަކެއްވެސް ބަހައްޓާފައިވެއެވެ.

އިޝްމީތް ރާއްޖެ އައީ 2008 ޖުލައި 29 ވަނަދުވަހު ”ސްޓަރ ވޮއިސް އޮފް އިންޑިޔާ 2 ” ޝޯވ އެއް އަލިމަސްއުފާކާނިވަލުގައި ދިނުމަށެވެ. އިޝްމީތްގެ އާއިލާއިން ބުނަނީ އޭނާ މަރުވީ އިވެންޓް މެނޭޖް ކުރި ގުރޫޕުގެ އިހުމާލުން ކަމަށެވެ. އަދި އިޝްމީތްގެ ބޮލަށް ލިބިފައިވާ އަނިޔާއަކީ ކިހިނެއް ލިބުނު އަނިޔާއެއްތޯ ބެލުމަށް އޭނާގެ އާއިލާއިން ތިން ފަހަރެއްގެ މަތިން ރާއްޖެ އައިސް ދިވެހި ފުލުހުންނާއި ބައްދަލުކުރިކަމަށް ރިޕޯޓްތައް ބުނެއެވެ.

އޭނާގެ ފޮރެންސިކް ރިޕޯޓް ބުނާގޮތުން އޭނާ މަރުވީ ގެނބިގެންނެވެ. ނަމަވެސް އިޝްމީތްގެ އާއިލާއިން އޭނާ މަރުވި ގޮތާއި މެދު ސުވާލު އުފެއްދިއެވެ.

އިޝްމީތް ސިންގ ވޮއިސް އޮފް އިންޑިއާގައި ބައިވެރިވެފައި ވަނީ އުމުރުން 17 އަހަރުގައެވެ. އެއިރު އޭނާއަކީ އެ ޝޯވގައި އެންމެ ހަނގު ބައިވެރިއާވެސް މެއެވެ. އަދި 2007 ވަނަ އަހަރުގެ ނޮވެމްބަރު ،މަހުގެ 24 ވަނަ ދުވަހު އޭނާއަށް ވޮއިސް އޮފް އިންޑިއާގެ ޓައިޓަލް ލިބުނެވެ.

އޭނާއަކީ ޖޯޖީތާ ވޯހީ ސުޕަސްޓާރގެވެސް ބައިވެރިއެކެވެ.

އޭނާގެ ލަވަކިޔުމާއި ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޝާންގެ ލަވަކިޔުމާއި ވަރަށް އެއްގޮތްކަމެއް ހުންނަކަމަށް ވެއެވެ. ޝާންވެސް ވަނީ އެކަމަށް އެއްބަސްވެފައެވެ.

އިޝްމީތް މަރުވުމުގެ ކުރިން އޭނާ ވަނީ ސިކް ރިލީޖަސް އަލްބެއް ނެރެފައެވެ. އަދި އިތުރު ބައެއް ލަވަތައްވެސް އޭނާ ކިޔާފައި ވާއިރު، ޓުއާތަކަށް އެކި ގައުމުތަކަށްވެސް އޭނާ ވަނީ ދަތުރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސައިނީ

    ސޯ ވަޓްސް ދަ ޕްރަބްލަމް