ރޭޕް ކޭސްތައް އެންމެ ގިނައިން ރިޕޯޓް ކުރާ އިންޑިއާގައި މަންމައަކާއި، އޭނާގެ ދަރިފުޅު ރޭޕްކޮށްފިއެވެ.

ބިހާރް އަވަށުގައި މި ހާދިސާ ހިނގާފައި ވަނީ މަންމައާއި ބައްޕަ 15 އަހަރުގެ ދަރިފުޅާއެކު ސައިކަލުގައި ދަނިކޮށެވެ. ފުލުހުން ބުނީ، މި އާއިލާ ހުއްޓުވާފައި ވަނީ މަގު ހުރަސް ކުރަނިކޮށް ކަމަށެވެ.

އެ މީހުން ހުއްޓުވައި އެ އަންހެން ކުއްޖާގެ ބައްޕަ ބަދެލީ ގަހެއްގައެވެ. އަދި އެ ދެ މީހުން ރޭޕް ކުރި މީހުންގެ އަތުގައި ބަޑިވެސް ހުރިކަމަށް ރިޕޯޓްތައް ބުނެއެވެ.

ފުލުހުން ބުނިގޮތުގައި، ޒުވާން އެ ގުރޫޕު އެ އާއިލާ ރޭޕް ކުރުމުގެ ކުރިން އެ ހިސާބުގަނޑުގައި އުޅޭ ކުދިންގެ އަތުން ފޯނާއި ފައިސާވެސް ފޭރިގެންފައިވާކަމަށެވެ.

ފުލުހުުން ވަނީ އެ މީހުން ރޭޕް ކުރި މީހުންގެ ތެރޭގައި ހިމެނޭ ދެ މީހަކު ހައްޔަރުކޮށްފައެވެ. އަދި މިހާރު އެހެން މީހުން ހައްޔަރު ކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ސޯދިގު

    ޢަދިވެސް މި ރޭޕިސްޓު މޯދީ މި ބޭނުންވަނީ މިވަރުން ނުފުދިގެން ދިވެހިރާއްޖެ ރޭޕްކުރަން. ކަލޯ މޯދީ މި ގައުމށްބެހެންޏާ ކަލެއަށް ފިސާރި ވަރުގަދަ ދޯކާއެއް ދޭނަން.

  2. މާމިގިލީ މީހާ

    އިންޑިޔާގެ ރައީސް ކަމަށް. އުމަރު އަރުވާން ފެނޭ.. އޭރުން ތިކަން ހުއްޓިދާނެ..

  3. ކަމަނަ މުހައްމަދު

    މޯދިބެ އަދިވެސް އުޅޭނެ ރާއްޖޭގެ ކަންކަން ރަނގަޅު ނުވެގެން.

  4. ޖޮއްބެ

    މޯދީ...! އިހަށް ކަލޭމެންގެ ގައުމުގެ ނިކަމެތިންނަށް ގުންޑާއިންގެފަރާތުން ލިބޭ އަނިޔާއަށް އިންސާފު ހޯދައިދީފައި ދެން އެހެން ގައުމުތަކާ ބެހިބަލަ.