ވިހެއުމަށްފަހު ވަޅުލާފައި އޮންނަތާ ގިނައިރުތަކެއް ވެފައިވަނިކޮށް، ބްރެޒިލްއިން ސަލާމަތްކުރި ތުއްތު ކުއްޖާ ސަލާމަތްކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ޢާންމުވެއްޖެއެވެ.

ބްރެޒިލްގެ ހުޅަނގުގެ ސްޓޭޓެއް ކަމަށްވާ މަޓޯ ގްރޮސޯގެ ޒިންގޫ ނޭޝަނަލް ޕާކު ތެރޭގައި ވަޅުލާފައި ވަނިކޮށް، ބްރެޒިލްގެ ފުލުހުން ގޮސް އެކުއްޖާ ސަލާމަތްކޮށްފައި ވަނީ، ވަޅުލާފައި އޮންނަތާ ހަތްގަޑިއިރު ވީފަހުން ކަމަށް ރިޕޯޓްތައް ބުނެއެވެ. 50 ސެންޓިމީޓަރު ފުން ވަޅެއް ކޮނެ އެ ތުއްތު ކުއްޖާ ވަޅުލާފައި ވަނީ އޭނާގެ މައިންބަފައިން ކަމަށް ވެއެވެ. ކުއްޖާ ވަޅުލާފައި އޮތީ ފޫޅާއިވެސް އެކު، ވިހެއި ގޮތަށެވެ. އެހެން ނަމަވެސް ގިނައިރުތަކެއް ފަހުން އެތަން ކޮނެގެން އެކުއްޖާ ނަގާފައިވާއިރު، އިތުރު އަނިޔާއެއް ނުލިބި ވަނީ ސަލާމަތްވެފައެވެ.

މިހާރު ޢާންމުވެފައިވާ ވީޑިއޯއިން ފެންނަނީ ބްރެޒިލްގެ ފުލުހުން އެކުއްޖާ ވަޅުލާފައި އޮތްތަން ކޮނެ ކުއްޖާ ނަގާ މަންޒަރެވެ. އޭރު އެކުއްޖާގެ ޙަރަކާތް ހުއްޓިފައި އޮތްނަމަވެސް ލޯ ހުޅުވާލާ މަންޒަރު ފެނެއެވެ.

https://www.facebook.com/policiamilitarmatogrosso/videos/1523337274462475/

މި ހާދިސާ އާއި ގުޅިގެން އެކުއްޖާއަށް އެ ސަރަޙައްދުގެ ހޮސްޕިޓަލަކަށް ގެންގޮސް ފަރުވާ ދީފައިވާއިރު، އޭނާގެ ޙާލު މިހާރު ރަނގަޅު ކަމަށް ސިއްޙީ އޮފިޝަލުންނާއި ޙަވާލާދީ ނޫސްތަކުގައި ބުނެފައި ވެއެވެ. އެކުއްޖާ މިހާރު ވަނީ، ބްރެޒިލްގެ ކުޑަކުދިން ބަލަހައްޓާ މަރުކަޒަކާއި ޙަވާލުކޮށްފައެވެ.

މި ތުއްތު ކުއްޖާއާއި މެދު އިހާނެތިކޮށް ޢަމަލުކޮށް، އޭނާގެ ފުރާނަ ނުރައްކަލަށް ހުށަހަޅައި ވަޅުލި މައްސަލައާއި އާއި ގުޅިގެން އެކުއްޖާގެ މުނިމާމަ ހައްޔަރުކޮށްފައިވާއިރު، ކުއްޖާގެ މައިންބަފައިން ހޯދުމުގެ މަސައްކަތް ކަމާއި ބެހޭ ފަރާތްތަކުން މިހާރު ދަނީ ކުރަމުންނެވެ. އޮފިޝަލުން ބުނެފައިވަނީ އެކުއްޖާގެ މަންމައަކީ އުމުރުން 15 އަހަރުގެ އަންހެން ކުއްޖެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަލީނާ

    އަޅެ ހާދަ ހިތަށް ތަދުވެއްޖެޔޭ.. ހެއްދެވިފަރާތުގެ ކުޅަދުންވަންތަކަން.. ހާދަ އިހާނެތިކޮށޭ އެ ތުއްތުފުރާނަޔަށް އެހެދީ..އެކަމަކު މަރުނުވެ ސަލާމަތްވީ.އެކަލާނގެ އޯގާވަންތަވެރިކަން.

    • މީ

      سبحان الله

  2. މަހުދީ

    ސުބުހާނަﷲ.