އިންޑިއާގެ އުތުރުގެ ޕަންޖާބުގައި ހުންނަ ގްރީން ލޭންޑް ޕަބްލިކް ސްކޫލްގައި އެއްބާނޑު ކުދިން މާގިނަ ވުމުން މީޑިއާގެ ސަމާލުކަން އެސްކޫލަށް ލިބިއްޖެއެވެ.
އުމުރުން ތިން އަހަރާއި 15 އަހަރާއި ދެމެދުގެ ކުދިންނަށް ކިޔަވައިދޭ ސްކޫލްގައި މިހާރު ވެސް އެއްމާބަނޑު 34 ކުދިން ކިޔަވަމުން އެބަގެންދެއެވެ.
އެއްމާބަނޑު ކުދިން ވަކިކުރުން އެއީ އުނދަގޫ ކަމެއް ނަމަވެސް މިސްކޫލްގެ ޓީޗަރުން ބުނާ ގޮތުގައި އެމީހުންގެ ދަރިވަރުން ވަކިކުރަން މާބޮޑު ދަތިކަމެއް ދިމައެއް ނުވެއެވެ. ނަމަވެސް ބައެއް ފަހަރު ކުދިން ވަކިކުރަން ނޭނގިގެން އޮޅުން އަރާ ފަހަރު ވެސް އަންނަ ކަމަށް ޓީޗަރުން ބުނެއެވެ.
ސްކޫލްގެ ބާނީ ޑރ.ޔޯޓީ ވިދާޅުވީ މީގެ ފަސް އަހަރު ކުރިން އޭނާ މި ސްކޫލް ހުޅުވީ އެއްމާބަނޑު ކުދިންނަށް ވަކިން ހާއްސަ ކަމެއް ދީގެންނެއް ނޫނެވެ. ނަމަވެސް ފުރަތަމަ ސްކޫލް ހުޅުވި އިރުވެސް އެއްމާބަނޑު ހަކުދިން ސްކޫލްގައި ތިއްބެވެ. އަހަރުން އަހަރަށް އައަދަދު އިތުރުވަމުން އައިސް މިހާރު ވަނީ 34 އަށް އަރާފައެވެ.
ޑރ.ޔޯޓީ ވިދާޅުވީ މިހާރު ތަންކޮޅެއް ދުރު އަވަށްތަކުން ވެސް އެއްމާބަނޑު ކުދިން މި ސްކޫލަށް ވަންނަ މިންވަރު އިތުރެވެ.
މި ސްކޫލްގައި މިހާރު 1600 ކުދިން ކިޔަވަމުން ގެންދެއެވެ.
ސްކޫލްގެ ޓީޗަރަކު މީޑިއާ އަށް މައުލޫމާތު ދެމުން ބުނީ އެއްމާބަނޑު އެހައި ގިނަ ކުދިން ސްކޫލްގައި ކިޔަވަމުން ދިއުމަކީ ވަރަށް ތަފާތު އުފާވެރި ކަމެއް އިހްސާސް ކުރެވޭ ކަމެއް ކަމަށެވެ.
ތިޔަކުދިން އަނެއްކާ ރަނގަޅަށް ބަލަހައްޓާތި، ބޮޑުމުޅޯ ގެންގުޅޭމީހަކު ޖަހައިގެންފާނެ.