ބޭނުންވާ ތަކެތި:

½ ޖޯޑު ގެރިކިރު

¼ ޖޯޑު ތެތޮ

¼ ޖޯޑު ޕައުޑަރ ޝުގަރ

¾ ޖޯޑު ފުށް

¼ ޖޯޑު ކޮކޯ ޕައުޑަރ

1 ސަމްސާ ބޭކިން ޕައުޑަރ

½ ސަމްސާ ބޭކިން ސޯޑާ

½ ޖޯޑު ކިރު

1 ސަމްސާ ވެނީލާ އެސެންސް

½ ޖޯޑު ހަކުރު

1 ޖޯޑު ކިރު (ހޫނުކޮށް)

¼ ސަމްސާ ލޮނު

1 ސަމްސާ ކޯން ފްލޯ

1 ސަމްސާ ބަޓަރ

½ ޖޯޑު ރޯސްޓެދް ޕީނަޓް

ތައްޔާރު ކުރާނެ ގޮތް:

އެންމެ ފުރަތަމަ ތައްޓަކަށް ގެރިކިރު، ތެޔޮ، ޕައުޑަރ ޝުގަރ އަޅާލުމަށްފަހު އެއްކޮށްލާނީއެވެ. އެއަށްފަހު ފުށް، ކޮކޯ ޕައުޑަރ، ބޭކިން ޕައުޑަރ، ބޭކިން ސޯޑާ، ކިރު، ވެނީލާ އެސެންސް އަޅާލުމަށްފަހު ރަނގަޅަށް އެއްކޮށްލާ ގިރާލާނީއެވެ. ދެން ޓްރޭއަކަށް ތޮޔޮ ފޮދެއް ޖެހުމަށްފަހު އެ އަޅާލާ ރަނގަޅަށް ފިހެލާނީއެވެ.

ކްރީމް ތައްޔާރުކުރުމަށް އުނދުން މައްޗަށް ތަވަޔެއް އުދާލުމަށްފަހު ހަކުރު އަޅާލާ ރަނގަޅަށް މެލްޓް ކޮށްލާނީއެވެ. ދެން އޭގެތެރެއަށް ހޫނުކޮށްފައި ހުރި ކިރު އަޅާލާ ރަނގަޅަށް ހަލަމުން ގެންދާށެވެ. އެއަށްފަހު އޭގެ ތެރެއަށް ލޮނު ކޮޅެއް އަޅާލާށެވެ. އަދި 1 ސަމްސާ ކޯން ފްލޯގެ ތެރެއަށް ފެން ފޮދެއް އަޅާޅާ އެ ގިރާލުމަށް ފަހު އަޅާލާށެވެ. ދެން ބަޓަރ އަޅާލުމަށް ކްރީމް ގަނޑު ބޯ ވަންދެން ހަލަމުން ގެންދާނީއެވެ. އަދި ކްރީމްގަނޑު ބޯވުމުން ރޯސްޓެޑް ޕީންޓް އަޅާލާ އެއްކޮށްލާނީއެވެ.

ފިހެފައި ހުރި ކޭކް މައްޗަށް ކްރީމްތައްޔާރު ކުރި ކްރީމް އާޅާލާ 1 ގަޑި އިރު ވަންދެން ކޭކް ފިނި ކޮށްލާށެވެ. އޭރުން ސްނިކާރސް ކޭކް ތައްޔާރުކުރެވުނީއެވެ.