ބޮލީވުޑްގެ ފިލްމީތަރި ކަރީނާ ކަޕޫރްގެ ބަކެޓް ލިސްޓުގައި ސައިފް އަލީ ހާންގެ ސިކުނޑިއާއި ޕްރިޔަންކާ ޗޮޕްޅާގެ އަޑު ހިމަނައިފި އެވެ.

ކަރީނާ އާއި ކުރި އިންޓަވިއުއެއްގެ ތެރެއިން އޭނާ އާއި ކުރި ސުވާލަކީ އެހެން ފިލްމީތަރިންގެ ފަރާތުން ކަރީނާ ބޭނުންވާ އެއްޗެއްސަކީ ކޮބައިތޯ އެވެ. މި ސުވާލަށް ޖަވާބުދެމުން ކަރީނާ ބުނީ އޭނާ ބޭނުންވާ އެއްޗެހީގެ ތެރޭގައި ލަންޑަނުގައި ހުންނަ ޝާހްރުކް ހާންގެ ގެވެސް ހިމެނޭ ކަމަށެވެ.

އިންޓަވިއުގައި ކުރި ސުވާލަށް ޖަވާބުދެމުން ކަރީނާ ބުނީ އޭނާގެ ފިރިމީހާ އަދި ބޮލީވުޑްގެ ފިލްމީތަރި ސައިފް އަލީ ހާންގެ ސިކުނޑިއާއި ޕްރިޔަންކާގެ އަޑުވެސް ބޭނުންވާ ކަމަށެވެ.

ކަރީނާ ބުނީ ސައިފް އަލީ ހާން އަކީ ވަރަށް ވިސްނުންތޫނު މީހެއް ކަމަށެވެ. އޭނާ އަކީ ވަރަށް ފަސޭހައިން ކަންކަން ނަގައިގަންނަ މީހެއް ކަމަށާއި އެހެންވެ ސައިފް އަތުން ބޭނުންވަނީ އޭނާގެ ސިކުނޑި ކަމަށް ކަރީނާ ވަނީ ބުނެފަ އެވެ.

ސަލްމާންގެ ފަރާތުން ކަރީނާ ބޭނުންވަނީ ވަނީ ސަލްމާނުގެ ފޭނުންނެވެ. އަދި ދީޕިކާގެ ރީތި ހިނިތުންވުމާއި އާލިޔާގެ ހުނަރުތައް ވެސް ބޭނުންކަމަށް އޭނާ ވަނީ ބުނެފަ އެވެ. އާލިޔާ އަކީ ވަރަށް ހުނަރުވެރި މީހެއް ކަމަށް ކަރީނާ ވަނީ ބުނެފަ އެވެ.

ސައިފް އަލީ ހާން އާއި ކަރީނާ ކަޕޫރް ކައިވެނި ކުރީ 2012 ވަނަ އަހަރުގައި އެވެ. ކައިވެންޏަށް ހަތަރު އަހަރު ފަހުން 2016 ވަނަ އަހަރުގެ ޑިސެމްބަރު 26 ގައި އެދެތަރިންނަށް ތައިމުރް ލިބުނެވެ. އަދި މިއަހަރުގެ ފެބްރުއަރީ 21 ވަނަ ދުވަހު ސައިފް އާއި ކަރީނާ އަށް ވަނީ ދެވަނަ ކުއްޖަކު ލިބިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކެތްރީނާ

    ހުސް ކަރީނާ ގެ ވާހަކަ ތަ ލިޔަނީ؟ ކޮބާ އހެން ހިންދީ ތަރިން؟ ކަރީނާ ފޮޑިއެއް ޖެހިޔަސް ލިޔާތި! އޭނަ ދައްކާފަ ހުރީ ހުސް ބަކްވާސް!

  2. ރަނާ

    އެއީ ޕީސީގެ އަޑުކުރަކިކޮށް ހުންނާތީތަ އޭނަގެ އަޑު ބޭނުންވަނީ