ރިތިކް ރޯޝަންއާ އެއްކޮށް "ކްރިޝް" ކުޅެން ފުރަތަމަ ހަމަޖެއްސީ އަމްރިތާ ރާއޯ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ކްރިޝް ފިލްމަކީ ބޮލީވުޑްގެ އެކްޝަން ސުޕަހީރޯ ފިލްމުތަކުގެ ތެރެއިން ގިނަ ބައެއްގެ ތަރުހީބެއް ލިބިގެންދިޔަ ފިލްމެކެވެ. މިހާތަނަށް ކްރިޝްގެ ތިން ފިލްމެއް ނެރެފައިވެއެވެ. ކްރިޝްގެ މައިގަނޑު ތަރިންގެ ތެރޭގައި ހިމެނެނީ ރިތިކް ރޯޝަން އާއި ޕްރިޔަންކާ ޗޮޕްޅާއެވެ.

މި ފިލްމު ކުޅުމުގެ ސަބަބުން ޕްރިޔަންކާއަށް ގިނަ ބައެއްގެ ސަމާލުކަމެއް ލިބުނު އިރު މި ފިލްމުގައި އަންހެން ބަތަލާއެއްގެ ރޯލަށް ފުރަތަމަ ނަގާފައި ވަނީ ޕްރިޔަންކާ ނޫންކަމަށް އަމްރިތާ ވަނީ ބުނެފައެވެ.

ކްރިޝް ފިލްމު އުފެއްދުމުގައި 'މެއި ހޫ ނާ' ގެ ތަރި އަމްރިތާ ރައޯ އަށް މި ފިލްމު އުފެއްދުމުގައި އިސްކޮށް އުޅުނު ރަކޭޝް ރޯޝަން ވަނީ ބަލާފައެވެ.

ހިންދުސަތާން ޓައިމްސް އަށް ދިން އިންޓަވިއުއްގައި އަމްރިތާ ބުނީ ކްރިޝް އުފެއްދުމުގެ ކުރިން ރިތިކް އާއި އެކު ފޮޓޯޝޫޓެއް ނަގަން އޭނާ އަށް ފުރުސަތު ލިބުނު ކަމަށެވެ. އަދި އޭރު ރިތިކް އާއެކު އެހާ ރަނގަޅު ގުޅުމެއް އުފެދިފައި ނުވާތީ ކްރިޝް ކުޅެން ފުރުސަތު ނުލިބުނު ކަމަށް އޭނާ ބުންޏެވެ.

އަމްރިތާ ބުނީ ކްރިޝް ކުޅެން ފުރުސަތު ނުލިބުނަސް ދެރަނުވާ ކަމަށެވެ. އެކަމަކު އޭނާ ބުނީ ކުރިޔަށް އޮތް ތަނުގައި ރިތިކް އާއި އެއްކޮށް ފިލްމެއް ކުޅެފާނޭ ކަމަށެވެ.

ރަކޭޝް ދަނީ ކްރިޝްގެ ހަތަރުވަނަ ފިލްމު ނެރުމަށް ތައްޔާރުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު