ފިރިމީހާ ގަހެއްގައި ބަދެފައި އޭނާގެ އަނބިމީހާއާއި އޭނާގެ ދަރިފުޅު ގޭންގްއެއްގެ ބަޔަކު ވެގެން ރޭޕްކޮށްލައިފިއެވެ. މިކަން ހިނގާފައިވަނީ އިންޑިޔާގެ އަވަށެއް ކަމަށްވާ ބިޙާރުގައެވެ.

އިންޑިޔާގެ ފުލުހުން އިންޑިޔާގެ މީޑިޔާތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ ރޭޕްކޮށްފައިވަނީ ސައިކަލެއްގައި ދިޔަ ތިން މީހުން މަޑު ކުރުވައިގެން ގޭންގަކަށް ނިސްބަތްވާ ބައެއް ކަމަށެވެ. އަދި މިމީހާއާއެކު އޭނާގެ 15 އަހަރުގެ ދަރިފުޅާއި އޭނާގެ އަނބިމީހާވެސް ރޭޕްކޮށްފައިވެއެވެ. މި ދެމީހުން ރޭޕް ކޮށްފައިވަނީ މިފިރިހެން މީހާ ކުރިމަތީގައެވެ. ރޭޕް ކޮށްފައިވަނީ މިފިރިހެން މީހާ ގަހަކާ ލާ ބެންނުމަށް ފަހުގައެވެ.

ފުލުހުން މީޑިޔާތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ މިހާރު މިމައްސަލައިގައި ތުޙުމަތު ކުރެވޭ އެންމެން ހައްޔަރުކޮށްފައިވާ ކަމަށާއި މިގޭންގަށް ނިސްބަތްވާ މީހުންނަކީ މީގެ ކުރިންވެސް މިފަދަ ކުށްތައް ކޮށްގެން ހައްޔަރުކޮށްފައިވާ ބައެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މީ

    ބޮޑު ވަރު

  2. ާއަހަރެން

    މިހާލަތައް ގައުމު ދިޔައީމާ މޯދީ ޖެހޭނީ ނުފޯރާފޮތިން ގޫގަޅަން އޭރުން ފެންނާނީ ތިޔަބުނާ ޑިމޮކްރަސީ ރާއްޖޭގެ ކަންތައްތަކަސް އަނގަ ނުބާނާ މޯދީގެ ދަށު ކައްގަނޑައް މޯދީ އަތް ބާނަބަލަ އޭރުން އަތްޖެހޭނީ ތިޔަބުނާ އިންސާފްވެރިނޫން ހުކުމުގަ.

  3. ޢާދަނު

    ކޮބާތަ މޯދީ އަދިވެސް މޮޅެތި ފޮޓޯ ނަގާ އިންސްޓަރގްރާމް ކުރެވޭތޯބަލާ އަދި އެހެން ޤައުމުތަކުގެ ކަންކަމާ ބެހެވޭތޯ ބަލާ އަމިއްލަ ޤައުމުގެ ހާލަތު މީ..