އަންހެން ދަރިޔަކު ހުންނަ ނަމައޭ ހިތަށް އަރާކަމަށް ބޮލީވުޑްގެ ބަތަލާ މަލައިކާ އަރޯރާ ބުނެފިއެވެ.

މަލައިކާ މި މައުލޫއަށް ވާހަކަ ދައްކާފައިވަނީ ސޮނީ ޓީވީއިން ގެނެސްދޭ ކުޑަކުދިންގެ ޑާންސް ރިއަލިޓީ ޝޯ "ސުޕާ ޑާންސް" ޗެޕްޓާ ހަތަރެއްގެ އެޕިސޯޑެއްގެ ބައިވެރިންގެ ތެރޭގައި ހިމެނޭ ފްލޮރީޑާގެ ނެޝުމަށް ތައުރީފް ކުރަމުންނެވެ. އުމުރުން ހަ އަހަރުގެ ފްލޮރީޑާ އުރާލުމަށް ފަހު އަންހެން ކުއްޖަކު ހުންނަ ނަމައޭ ހިތަށް އަރާ ކަމަށް މަލައިކާ ބުނެއެވެ.

"ބައިވަރު ރީތި ހެދުމާއި ބޫޓު އަހަރެން އަތުގައި ހުރޭ، އެކަމަކު އެ ލާނެ މީހަކު ނެތް" ފްލޮރިޑާ އުރާލައި ދޮނެއް ދެމުން މަލައިކާ ބުނެއެވެ.

18 އަހަރުގެ ފިރިހެން ދަރިއެއް ހުންނަ މަލައިކާއަށް ފްލޮރިޑާގެ ހުށަހެޅުން ކަމުދިޔަ ވަރުން ސްޓޭޖަށް އަރައި އޭނާއާއި ބައިވެރިވެ އެކުގައި ނަށާލިއެވެ. ފްލޮރިޑާގެ ނެށުން ހުށަހަޅާފައިވަނީ 1982 ވަނަ އަހަރު ހަތުކަޅީ ފިލްމަށް އާޝާ ބޮސްލޭ ކިޔާފައިވާ ޑިސްކޯ ސްޓޭޝަން ލަވައަށެވެ.

މަލައިކާ އަރޯރާގެ ދަރިފުޅު އަރްހާން ހާން އަކީ އަރްބާޒް ހާންއަށް ލިބިފައިވާ ކުއްޖެކެވެ. އެދެމީހުން ނަވާރަ އަހަރު ވަންދެން ކައިވެނި ކޮށްގެން އުޅުމަށް ފަހު އެ ގުޅުން ރޫޅިފައިވަނީ 2017 ވަނަ އަހަރުއެވެ. ކައިވެނި ރޫޅުމާއި އެކު ދެން މަލައިކާ ފެނިގެން ދިޔައީ އަރްޖުން ކަޕޫރާއި އެކުއެވެ. 2017 ވަނަ އަހަރުން ފެށިގެން މަލައިކާ އާއި އަރްޖުން އުޅެނީ ރައްޓެހިވެގެންނެެވެ.

މަލައިކާ އަރޯރާ، 47، ވަނީ އިންޑިއާގެ ބަތަލާއެއް ގޮތަށް، ކުޅަދާނަ ނެށުންތެރިޔެއް އަދި މޮޑެލް އެއްގެ ގޮތުގައި ވެސް އާންމުންނަށް ފެނިފައެވެ.

ކިޔުންތެރިންގެ ހިޔާލު