ސަޢުދީ އަރަބިއްޔާގައި މަންމަގެ ޖަނާޒާގައި ހުރި މީހަކު މަރުވެގެން އޭނާގެ މަންމަ ވަޅުލަން ކޮނުނު ވަޅުގަނޑަށް މަރުވެގެން ވެއްޓިއްޖެއެވެ.
ސަޢުދީ އަރަބިއްޔާގެ ނޫސްތަކުން ބުނެފައިވަނީ މިގޮތަށް ދިމާވެފައިވަނީ ސަޢުދީގެ ރިޔާދްގައި ދިރިއުޅެމުން އަންނަ ސުލައިމާން މުޙައްމަދު ނަމަކަށް ކިޔާ މީހަކަށެވެ. އޭނާ އަކީ އެޤައުމުގެ ސުކޫލެއްގައި ކިޔަވައިދެމުން އަންނަ ޓީޗަރެކެވެ.
ސުލައިމާން މަރުވެގެން ވެއްޓިފައިވަނީ އޭނާގެ މަންމަ މަރުވެގެން ޖަނާޒާގެ ކަންތައްނިމި ސަންދޯއް ވަލަށް ތިރިކުރަން އުޅެނިކޮށެވެ. ނޫސްތަކުން އެތާ ތިބި މީހުންނާ ހަވާލާދީ ބުނެފައިވަނީ ސުލައިމާން ވެއްޓިފައިވަނީ އެހާ ފުން ވަޅުގަނޑަކަށް ނޫން ކަމަށާއި އަދި ވެއްޓުނީ ކީތްވެގެން ކަމެއް ނޭންގޭ ކަމަށެވެ. ސުލައިމާން ވަޅުގަނޑަށް ވެއްޓުނުތާ މާގިނަ އިރުތަކެއް ނުވެ އޭނާގެ ހޮސްޕިޓަލްއަށް ގެންގޮސްފައެވެ.
ނަމަވެސް ހޮސްޕިޓަލްއިން ބުނީ ސުލައިމާންގެ ދުނިޔެއާ އަލްވަދާޢު ކިޔާފައިވާ ކަމަށެވެ. ސުލައިމާންގެ މިކުއްލި މަރާއެކު، ގިނަ ދަރިވަރުންތަކެއް ސުލައިމާނަށް ތަޢުޒިޔާ ކިޔާ އޭނާގެ ޖަނާޒާގައި ބައިވެރި ވެފައިޥާއިރު ސުލައިމާން ވަޅުލާފައިވަނީ އޭނާގެ މަންމައާއި ޖެހިގެންނެވެ. އަދި އޭނާ ވަޅުލާފައިވަނީ އޭނާގެ މަންމަވެސް ވަޅުލި ދުވަހުގައެވެ.
މާޝާﷲ. މަންމަ އާއިއެކު ދަރިފުޅު ﷲ ގެ ޙަޟްރަތަށް. ކިހާ ބޮޑު ނަސީބެއްތޯ؟ މާތްﷲ އެދެމައިންނަށް ފާފަ ފުއްސަވާ ސުވަރުގޭގެ މަތިވެރި ދަރަޖަ ދެއްވާނދޭ! އާމީން
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ