އިސްލާމްދީނުގައި ކޮންމެ ފިރިހެނަކަށް ވެސް ހަތަރު އަންހެނުންނާއި ކައިވެނި ކުރުން ހުއްދައެވެ. އެހެންކަމުން އިސްްލާމީ ގައުމުތަކުގައި ފިރިހެނަކު އެއް އަންހެނަކަށް ވުރެ ގިނަ އަންހެނުންނާއި ކައިވެނި ކުރުން އެއީ އާދަޔާއި ހިލާފު ކަމެއް ނޫނެވެ.
ނަމަވެސް ސައުދީ އަރަބިއްޔާގައި ހިނގި މިހާދިސާ ތަފާތެވެ. ސައުދީ އަރަބިއްޔާގެ ފިރިހެނަކާއި ކައިވެނި ކޮށްގެން އުޅޭ ދެއަންހެނަކު ވަނީ އެމީހުންގެ 70 އަހަރުގެ ފިރިމީހާ ތިންވަނަ އަނބިމީހާގެ ގޮތުގައި ކައިވެނި ކުރާނެ ޒުވާން އަންހެނަކު ހޯދައިދީފައެވެ.
ދެއަނބިން މަޝްވަރާ ކުރުމަށް ފަހު ދެއަނބިންގެ މަސައްކަތުން އެމީހުންގެ ފިރިމީހާ އަށް ހޯދައިދިން ޒުވާން އަނބިމީހާގެ އިތުރު މައުލޫމާތެއް މީޑިއާ އިން ހާމަކޮށްފައެއް ނުވެއެވެ. ހަމައެކަނި ބުނެފައި ވަނީ އެއީ ޒުވާން އަންހެނެއް ކަމަށެވެ.
ސައުދީ އަރަބިއްޔާގައި ވެސް ފިރިހެނަކު އިތުރު ކައިވެންޏެއް ކުރާނަމަ އޭރު ކައިވެނި ކޮށްގެން އުޅޭ މީހުންގެ ހުއްދަ ހޯދަން ޖެހެއެވެ. ނަމަވެސް ހުއްދަ ހޯދުމުގެ ކުރިން ދެއަނބިން ވެގެން ފިރިމީހާ އަށް އަންބަކު ހޯދައިދިނުމުން އެކަން ވެފައި ވަނީ ވަރަށް ތަފާތު ކަމަކަށެވެ.
ދެއަނބިން ބުނެފައިވާ ގޮތުގައި އެމީހުންގެ ފިރިމީހާ އަށް އުމުރުން ގިނަ ދުވަސް ވެފައި ވާތީ އެހީތެރިވުމަށް ޒުވާން އިތުރު އަންބަކު އަދި ބޭނުން ވެއެވެ.
ބަލަންޖެހޭތީ ސަލާމަތްވެގަތީ ތޯއްޗެ!؟
ޜާއްޖޭގަ ހުއްދަހޯދާކަށް މިހާރުނުޖެހޭ ކޯޓުން ސިއްރުކޮށްދޭ
ޒުވާން ކުދިން މޮޅުވެސް ވާނީ ބަލަން
ދިވެހިި ކަނބަލުންނަށް ހެޔޮވިސްނުން ދެއްވާށި!
އާމީން