ހޮލީވްޑް ފަތަހަ ކުރަމުން އަންނަ އިންޑިއާގެ އެކްޓަރު ޕްރިޔަންކާ ޗޯޕްރާ އާއި އެމެރިކާގެ ލަވަކިޔުންތެރިޔާ ނިކް ޖޯނަސް ޑޭޓް ކުރަމުން ގެންދާ ވާހަކަ އަކީ މިހާރު މީޑިއާގައި ވަރަށް ބޮޑު ވާހަކައެކެވެ. އެއްވެސް މީހަކު އެކަމަށް އެއްބަސްނުވި ނަމަވެސް ފެންނަ މަންޒަރުތަކަށް ބަލާއިރު ޕްރިޔަންކާ އާއި ނިކްގެ ދެމެދުގައި އޮތީ ވަރަށް ހާއްސަ ގުޅުމެކެވެ.

އެގުޅުމުގެ ހާއްސަ ކަން އެނގެނީ ޕްރިޔަންކާ އާއި ބައްދަލުވެފައިވާ ކަމަށް ނިކްގެ ބޭބެ ކެވިން ޖޯނަަސް ބުނުމުންނެވެ.

ކެވިން މީޑިއާ އަށް މައުލޫމާތު ދެމުން ބުނީ ޕްރިޔަންކާ އަކީ ވަރަށް ވަރަށް ރަނގަޅު ވަރަށް ފުރިހަމަ މީހެއް ކަމަށެވެ.

"އަރެމެންނަށް ބައްދަލު ވެވިއްޖެ. އޭނާ އަކީ ވަރަށް ފުރިަމަ މީހެއް." ކެވިން ބުންޏެވެ.

ނަމަވެސް ނިކް އާއި ޕްރިޔަންކާ އާއި ދެމެދު ގުޅުމެއް އޮންނަކަން ހާމަކުރަން ކެވިން ވެސް ވަނީ ދެކޮޅު ހަދާފައެވެ. ކެވިން ބުނީ ނިކްގެ އަމިއްލަ ވާހަކަތައް ހާމަކުރާނީ ނިކް ކަމަށެވެ.

ނިކް އާއި ޕްރިޔަންކާ އެންމެ ފުރަތަމަ އެކުގައި ފެނުނީ 2015 ވަނަ އަހަރު މެޓް ގާލާ އިންނެވެ. އޭގެ ފަހުން އެކި ފަހަރު މަތިން ދެމީހުން އެކުގައި ފެނިފައި ވާއިރު މިހާރަކަށް އައިސް ދެމީހުން އެކުގައި ފެނުން ވަނީ ގިނަ ވެފައެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ދެމީހުން މިހާރު އާންމުކޮށް ޑޭޓްތަކަށް ދެއެވެ.