ނެށުމުގެ ހުނަރުން ޓިކްޓޮކާއި އިންސްޓަގްރާމް ބޭނުންކުރާ ގިނަ ބަޔެއްގެ މަގްބޫލުކަން ހޯދާފައިވާ ނިމްޝާ ޒާހިރް (ނިމް) މީގެ ކުރިން ކެބިން ކްރޫ އެއްގެ ގޮތުގައި ކުރިން މަސައްކަތް ކޮށްފައިވެއެވެ. މިހާރު އެ ދާއިރާ ދޫކޮށް ނިމްޝާ ބޮޑަށް ކުރިއަށް ދާން ފަށައިފައި ވަނީ މޮޑެލިންގްގެ ދާއިރާއިންނެވެ. ފަހުގެ ބައެއް އިޝްތިހާރުތަކުން ވެސް ނިމްޝާ ފެނިގެން ގޮސްފައިވެއެވެ.

ކެބިން ކްރޫ އެއްގެ ގޮތުގައި މަސައްކަތް ކުރި ނިމްޝާ ވަޒީފާއިން ވަކިކުރީ ކަމަށް ބުނެ މީސް މީޑިއާގައި ވާހަކަތަކެއް ދައުރުވިއެވެ. ނިމްޝާގެ ބައެއް ޕޯސްޓު ތަކަށް ވެސް ވަޒީފާއިން ވަކިކުރި ކަމަށް ބުނެ މީހުން ކޮމެންޓު ކޮށްފައި ހުއްޓެވެ. ވަޒީފާއިން ވަކިކުރީތޯ ނުވަތަ ނިމްޝާ އަމިއްލައަށް ވަޒީފާއިން ވަކިވީތޯ ބަލަން ބަލަން ބޭނުންވާނެ މީހުން ތިބޭނެކަން ޔަގީނެވެ.

ނިމްޝާ ވަޒީފާއިން ވަކިކުރި ކަމަށް ބުނެ މީހުން ދައްކަމުން ދިޔަ ވާހަކަތައް އޭނާ ދޮގުކޮށްފިއެވެ. ބައިސްކޯފުން ގެނެސްދޭ ތުންތުން މަތިން ޕްރޮގްރާމުގައި ވާހަކަ ދައްކަމުން ނިމްޝާ ބުނީ އޭނާ މޯލްޑިވިއަންގެ ވަޒީފާއިން ކެނޑުނީ އުނދަގޫ ތަކަކާއި ކުރިމަތިލާން ޖެހުމުން ކަމަށެވެ. ވަޒީފާއިން ކަނޑާލީ ކަމަށް ބުނެ މީހުން ދައްކަމުން ދަނީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް ނިމްޝާ ބުނެއެވެ. ނަމަވެސް، ކަންތައްތަކެއް ރަނގަޅު ކުރުމަށް ކުންފުނިން އިންޒާރު ދިން ކަމަށް ނިމްޝާ ބުނެއެވެ.

ނިމްޝާ ކެބިން ކްރޫ ޔުނިފޯމުގައި - ފޮޓޯ: މީސް މީޑިއާ

ނިމްޝާ ބުނީ ވަޒީފައިގައި އުޅުން އިރު އޭނާ ކުރަމުން ދިޔަ ކަންތައްތައް ކުންފުނިން ބަލައިނުގަތް ކަމަށެވެ. އެހާ ހިސާބުން ވަޒީފާއިން ވަކިވާން ނިންމީ ކަމަށް ނިމްޝާ ބުނެފައިވެއެވެ.

ތުންތުން މަތިން ޕްރޮގްރާމުގެ ތެރެއިން ވާހަކަ ދައްކަމުން ނިމްޝާގެ ޓިކްޓޮކް ދުނިޔެއަށް އަލިއަޅުވާ ބަލައިލާފައިވެއެވެ. ޓިކްޓޮކް ދާއިރާއިން ނިމްޝާއާއި އެންމެ ވާދަވެރި މީހަކީ ކާކުތޯ ޕްރޮގްރާމުގެ ހޯސްޓް ޝަހޫ ސުވާލު ކުރެެއެވެ. މި ސުވާލަށް ޖަވާބު ދެމުން ނިމްޝާ ބުނެފައިވަނީ ޓިކްޓޮކް ދާއިރާގައި ނިމްޝާއާއި ވާދަވެރި މީހެއް ނުހުންނާނެ ކަމަށެވެ.

ވާހަަކައިގެ ތެރެއިން ނިމްޝާ އެމީހެއް ދެކެ ވަރަށް ރުޅި އަންނަ މީހަކު ހުންނަ ކަމަށް ބުނެފައިވެއެވެ. އޭނާ ބުނީ އެމީހާ ދެކެ ރުޅި އަންނަނީ ބައިވަރު ސަބަބުތަކެއް ހުރެގެން ކަމަށެވެ. އޭގެ ތެރެއިން އެއް ސަބަބެއްގެ ގޮތުގައި އޭނާ ފާހަގަ ކޮށްފައިވަނީ ނިމްޝާއަށް ވާން އެމީހަކު މަސައްކަތް ކުރާތީ ކަމަށެވެ. އެހެން ނަމަވެސް އޭނާ އެ މީހާގެ ނަން ހާމަކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އުގުރި

    މަރު އެއީ ވާނެ އެއްޗެއްކަން އެނގޭ ބަޔަކު މިހެނެއް ނޫޅޭނެ.

    113
    8
  2. އަންނި

    އައި ވިލް އޯލްވޭސް ލަވްޔޫ ނިމް.

    11
    70
  3. ނިހާނު

    ހަމަ ކަނޑާލީ..

    22
    3
  4. ޖުހާ

    މީނަ ނަހަދާނެ ތެދެއް. މީނާ ހަމަ ކަނޑާލީ...

    27
    4
  5. ދިރާސާ

    ހެދުންއަޅައިގެ އޮރިޔާމުންއުޅޭއަންހެނުން އުޅޭކަމަށް ބުނާތީވެ ރުޅިވެރިކަންފާޅުކުރާބަޔަކުވޭ
    ނަމަވެސް މިއީ ރުޅިއަންނަންވީކަމެއްނޫން އެއީ އަންހެނާގެ އައުރައަކީ މޫނާ،ދެއަތްތިލަ ނޫން
    ހުރިހާތަނަކަށްވާއިރު ނިމްޝާހެދުންއަޅައިގެފެންނަގޮތުން މިއީ ހަގީގަތެއްނެތް ބައެއްގެއަގު
    ވައްޓާލުމަށް ދައްކާވާހަކައެއްކަމަށް ނުބަލާ އިސްލާހުކުރަންޖެހޭކަންތައްއިސްލާހުކޮށް ﷲއަށް
    ބިރުވެތިވާންވީ

    33
    6
  6. ޫޔދ

    އައްޗީޑި

    12
    1
  7. Anonymous

    ޙަމަކަޑާލީ

  8. ޯލުގިލި

    😍