ބޮލީވުޑްގެ ބަތަލާ އަދި ހޮލީވުޑްގައި ފިޔަޖަހަމުން އަންނަ ތަރި ޕްރިޔަންކާ ޗޯޕްރާ އާއި އެމެރިކާގެ ލަވަކިޔުންތެރިޔާ ނިކް ޖޮނަސް އެއްކޮށް ތަންތަނުން ފެންނާތީ އެ ވާހަކަދެކެވެމުން ދަނީ ހަލުވިކަމާއި އެކުގައެވެ.

މި ދެތަރިން ޑޭޓް ކުރާ ކަމެއް އަދި ސީދާ ކަށަވަރު ނުވިނަމަވެސް މި ދެ މީހުން ގުޅުން ކައިވެންޏާއި ހަމައަށް ގޮސްދާނެކަމަށް ބައެއް ރިޕޯޓްތައް ދަނީ ބުނަމުންނެވެ. ނަމަވެސް ޕްރިޔަންކާގެ މަންމަ ވަނީ އެ ދެމީހުން ރައްޓެހިވެގެން ނޫޅޭކަމަށް ބުނެ ބަޔާނެއް ނެރެފައެވެ.

ނަަމަވެސް އެންމެ ފަހުން ޓައިމްސް އޮފް އިންޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި، ދެ ތަރިން އުޅެނީ ލޯބީގެ ގޮތުން ގުޅިގެންނެވެ. ބައެއް ރިޕޯޓްތަކާއި ހަވާލާދީ އެ ނޫހުގައި ބުނެފައިވާގޮތުގައި، ނިކް ވަރަށް ބޮޑަށް ޕްރިޔަންކާ ދެކެ ލޯބިވެއެވެ. އަދި އޭނާ ޕްރިޔަންކާއާއި ކައިވެނި ކުރަން ބޭނުންވާކަމަށްވެސް ބުނެފައި ވެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، ނިކް ޕްރިޔަންކާއާއި ޑޭޓް ކުރަން ބޭނުން ނުވެއެވެ. އޭނާ ބޭނުންވަނީ ޕްރިޔަންކާ އަކީ އޭނާގެ އަނބިމީހާގެ ގޮތުގައި ވުމަށެވެ. އަދި ދަރިން ހޯދާށެވެ. އަދި ނިކް އުއްމީދު ކުރާގޮތުގައި، ޕްރިޔަންކާ ވެގެންދާނީ އޭނާގެ ދިރިއުޅުމަށް ވަރަށް މުހިންމު މީހަކަށެވެ.

މިފަހަކުން މި ދެތަރިން އެކުގައި އެކި ތަންތަނުން ދަނީ ފެންނަމުންނެވެ. މިއީ ގުޅުމެއްގެ ފެށުންކަމުގައި ވެދާނެއެވެ. މި ދެ ތަރިންގެ ގުޅުން އެންމެ ބޮޑަށް ކަށަވަރުވެގެން ދާނީ މިކަމާއި ޕްރިޔަންކާ އެއްޗެއް ބުނެލުމުން ކަން ޔަގީނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. އިޝާ?

  އަހަރުންނަށް ކޮންކަމެއެއް؟
  ރީތި ވާހަކައެއް ނެރެބަ

 2. ބުއްޅަ

  ތިކަން އެއްމެ ރަނގަޅށް އެނގޭނީ ސުނިޔަންކާއަށް

 3. ބިލާލް

  ޕްރިޔަންކާ މީހަކާ އިންނަ ދުވަހަކީ ރާއްޖޭގައި އުޅޭ ސުނިޔަންކާ ވެސް މީހަކާއި އިންނާނެ ދުވަސްކަމުގައި ވެގެންދާނެ ކަމާއިމެދު އެއްވެސް ޝައްކެއް ނެތް