އުމުރުން 28 އަހަރުގެ އަންހެނަކު ކައިވެނިކޮށްގެން އުޅޭ ފިރިމީހާ އޭނާ ކައިރިން ކިޑްނީ ހަދިޔާ ކުރަން ޕްރެޝާ ކުރުމުން ދާތީ އެކަމާއި ހެދި އަމިއްލައަށް މަރުވެއްޖެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އެ މީހާ އަމިއްލައަށް މަރުވެއްޖެކަން ޔަގީންވި ނަމަވެސް، އެ އަންހެން މީހާގެ ހަށިގަނޑު ވަނީ އޭނާގެ ފިރިމީހާ ފޮރުވާފައެވެ. އަދި އެ ފިރިހެން މީހާ އާއި އޭނާގެ އާއިލާ ވަނީ ފިލާފައެވެ.

އިންޑިއާގެ އަވަށެއްގައި މި ހާދިސާ ހިނގިއިރު، އެ އަންހެން މީހާ މަރުވެއްޖެކަން އޭނާގެ އާއިލާއަށް އަންގާފައި ވަނީ އެ އަންހެން މީހާގެ ފިރިމީހާގެ ގެ ކައިރީ ދިރިއުޅޭ މީހެކެވެ. އެ އަންހެން މީހާ މަރުވީ މިދިޔަ އަންގާރަ ދުވަހު ޒަހަރު ބޮއިގެންނެވެ. އެކަން ފުލުހުންނަށް އަންގާފައި ވަނީވެސް އަންހެން މީހާގެ އާއިލާއިންނެވެ.

އެ އަންހެން މީހާގެ އާއިލާއިން އެ މީހުން ދިރިއުޅޭ ގެއަށް ދިޔައިރު އެ ގޭގައި އިނީ ތަޅުލާފައެވެ. އަދި އަންހެން މީހާގެ ހަށިގަނޑުވެސް އެ މީހުންނަށް ފެނިފައެއް ނުވެއެވެ. ފުލުހުން ދަނީ އެ އަންހެން މީހާގެ ހަށިގަނޑު ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެ އަންހެން މީހާގެ ފިރިމީހާ އާއި އޭނާގެ މައިންބަފައިން ބޭނުންވަނީ އެ އަންހެން މީހާގެ ކިޑްނީ އެ މީހުންގެ އަންހެން ދަރިފުޅުގެ ދަރިއަަށް ހަދިޔާ ކުރާށެެވެ. އެ ކުއްޖާގެ ކިޑްނީ ވަނީ ފެއިލްވެފައެވެ. އެކަމާއި އެ އަންހެން ޕްރެޝާ ކުރަމުން އަންނަތާ ދުވަސްކޮޅެއްވެއްޖެއެވެ. އެ އަންހެން މީހާ އެ ގޮތް ބޭނުން ނުވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކިޑްނީ

    ދެން އެމީހުން ދިންނަމަ ވެއްޖާހެންނުން