ފާއިތުވި ތިން މަހުގެ ތެރޭގައި އެންމެ ގަދައަށް ދެކެވެމުން އައި ވާހަކައަކީ ނެޓްފްލިކްސްއިން ދައްކަމުންދިޔަ ދެކުނު ކޮރެޔާގެ ޑުރާމާ ވިންސެންޒޯގެ ވާހަކައެވެ.

20 އެޕިސޯޑުގެ މި ޑުރާމާ މިދިޔަ ހަފުތާގައި ނިމިގެން ދިޔުންވީ ޑުރާމާ ބެލުންތެރިންގެ އިތުރުން މި ޑުރާމާގެ އެކްޓަރުންނަށް ވެސް ފުން އަސަރުތަކެއް ކުރުވި ކަމަކަށެވެ.

ސޯންގް ޖޫންކީއާއި ޖިއޯން ޔިއޮ ބީންއާއި އޯކޭ ތައެސިޔޯން ލީޑް ރޯލުން ފެނިގެން ދިޔަ މި ޑުރާމާ ގިނަ ބަޔަކަށް ވަރަށް ކަމުދިޔައެވެ. ދެކުނު ކޮރެޔާގެ ޑުރާމާ ޗާޓުތަކުގެ އެއްވަނައިގައި ވެސް ރަސްކަން ކުރަމުން ދަނީ މި ޑުރާމާއެވެ.

ޑުރާމާ ނިމުމުގެ އެންމެ ފަހު އެޕިސޯޑުގެ ޝޫޓިންގެ ތެރެއިން ނަގާފައިވާ ވީޑިއޯތަކުން ފެނިގެން ދިޔައީ ޑުރާމާގެ މެއިން ލީޑް ކަމުގައިވާ ސޯންގް ޖޫންކީ ނުވަތަ ވިންސެންޒޯ ކެސަނޯ ރޯ މަންޒަރެވެ.

މިކަމާއި ގުޅިގެން ފޯނުން ނޫހަކަށް އިންޓަވިއުދެމުން ސޯންގް ބުނެފައިވަނީ ޑުރާމާ ނިމޭތީ ރުއީ އޭނާަ އެެކަނި ނޫންކަމަށާއި ޑުރާމާގެ ހުރިހާ އެކްޓަރުން ވެސް ރުއި ކަމަށެވެ. ނަމަވެސް ފާހަގަކުރެވުނީ އޭނާ އެކަނި ކަމަށެވެ.

މި ޑުރާމާގެ ދެވަނަ ސީޒަނެއް ނެރެފާނެތޯ ކުރެވުނު ސުވާލަށް ޖަވާބުދެމުން ސޯންގް ބުނެފައިވަނީ އެތެރެއިން އެކަހަލަ އެއްވެސް ވާހަކައެއް އަޑުއަހާފައި ނުވާ ކަމަށެވެ. އަދި އެކަން އެހާ ފަސޭހަ ނުވާނެ ކަމަށެވެ. އެއީ މި ސީރީޒްއިން ފެނިގެން ދިޔަ އެކްޓަރުންގެ ޝެޑިއުލްގެ ގޮތުން އެންމެން ދިމާނުވާނެތީއެވެ.

ސޯންގްއާއި ޑުރާމާގެ އެހެން ބައިވެރިން ސީރީޒްގެ ދެވަނަ ބައެެއް ބޭނުންވި ނަމަވެސް އެކަން އަދި ވާން ނެތް ކަމަށާއި އެވާހަކަ ދެކެވިފައި ނެތްކަމަށް ވެސް ސޯންގް ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ާފިޔަވަޅަކަށްފަހު ފިޔަވަޅެއް

    މީ ޢައި ރު މުސްލިމުންގެ ހަ ރަކާތްތަކާއި ހާސަ ރުތައް ބަލަންވީ ވަގުތެއް ނޫން. ޤަބޫލުކު ރެވޭތަ؟
    އާނ އޭ ރުން އެމީހުންގެ އެއްޗެހި ނުޖަހާންވީ..

    8
    8
    • huw

      ހިންދީ ފިލްމް ވިއްޔަ އޯކޭ ދޯ ކޮރެއާ ފިލްމް ވީމަ ދޯ ކަމުނުދަނީ؟؟؟

      9
      2
  2. އޭނާ

    މަ މި ބުނީނުން ޢައިރު މުސްލި މުންނޭ ކޮއްކޯ. އެތަނަށް ޝަރަހަވާމނެ ކޮން މެ ތޯއޫތެއްވެސް. ގެރިޔަށް އަޅުކަންކުރާ މީހެކޭ ބުދަށް އަޅުކަންކުރާ މމީހެކޭ ދެން ﷲ ފިޔަވާ އެހެން އެއްޗެއްސަށް އަޅުކަންކުރާ ކޮން މެ ތޯއޫތެއް ޝަރަހަވާނެ އެތަނަށް ކޮއްކޯ.

    1
    4
    • huw

      dhn bollywood ge habareh liyaa irah ves thihn bunaanama ehnun.. korean habareh fenunyma hajam nuvany dhw.. bala film kulheny hama ekani korea myhunneh nun.. raajje myhun ves kulhey.. kyhve emeehunnaa dhimaalah ekahala ehchis nukiyany