ބޮލީވުޑުގެ ތަރި ޝާހްރުކް ޚާނަކީ ބޭރުގެ އެތައް މަޝްހޫރު ފަންނާނުންނަކާ ދިމާވެ ވާހަކަ ދައްކާފައިވާ ފަންނާނެކެވެ. ޕްރިންސް ވިލިއަމްއާއި ކޭޓް މިޑެލެޓޮން، ކްރިސްޓޮފަރ ނޮލަން، ކެޓީ ޕެރީ، ޑުއާ ލިޕާ، ލޭޑީ ގާގާ ފަދަ ފަންނާނުން ހިމެނެއެވެ.

ލޭޑީ ގާގާ 2011 ގައި އިންޑިއާއަށް ކުރި ދަތުރެއްގައި ވަނީ ޝާހުރުކް ޚާނާ ބައްދަލު ކޮށްފައެވެ. އަދި ޝާހުއާއި ލޭޑީ ގާގާ އިންޓަވިއުއެއްގައި ދެ ފަންނާނުންގެ ވެސް މަސައްކަތްތަކާއި މަސައްކަތްތައް ކުރިއަށްދާ ގޮތުގެ އިތުރުން އެހެނިހެން އަމިއްލަ ވާހަކަތައް ވެސް ދެއްކިއެވެ.

ޝާހުރުކް ޚާނާއި ޑޭޓްކޮށްފާނަންތޯ މި އިންޓަވިއުގައި އޯޑިއަންސްގެ ތެރެއިން މީހަކު ކުރި ސުވާލަށް ފަސްޖެހުމެއް ނެތި ވަރަށް އަވަހަށް ޖަވާބުދެމުން ލޭޑީ ގާގާ ބުނެފައިވަނީ ޝާހުއަކީ މީހަކާއި އިނދެގެން އުޅޭ މީހެއް ކަމަށެވެ. އެހެންކަމުން ޝާހުއާއި އޭނާ ޑޭޓް ނުކުރާނެ ކަމަށް ބުންޏެވެ.

މި ސުވާލަށް ޖަވާބުދެމުން އިތުރަށް ލޭޑީ ގާގާ ބުނެފައިވަނީ އޭނާއަކީ ވަރަށް ރަނގަޅު ކުއްޖެއް ކަމަށާއި އޭނާއަކީ އެންމެ ފިރިހެނަކާއި އެކު އުޅެން ބޭނުންވާ މީހެއް ކަމަށެވެ. ކައިވެނިކޮށްގެން އުޅޭ މީހުންނާ ގުޅުން ބަދަހި ކުރުމަކީ އޭނާ ގަބޫލު ކުރާ ކަމެއް ނޫން ކަމަށް ވެސް ބުންޏެވެ. އަދި އޭނާއަކީ ކުރީގެ ބޯދާ ވިސްނުން ގެންގުޅޭ މީހެއް ކަމަށާއި އެހެންކަމުން ޝާހުއާއި ޑޭޓް ނުކުރާނެ ކަމަށް ބުންޏެވެ.

ލޭޑީ ގާގާގެ މި ޖަވާބަށް ރައްދުދެމުން މަޖާ ރާގެއްގައި ޝާހު ބުނެފައިވަނީ އެއީ އޭނާ އުއްމީދު ކުރި ޖަވާބު ކަމަށެވެ.

ލޭޑީ ގާގާގެ މި ދަތުރުގައި އަރުޖުން ރާމްޕަލް އާއި ޝާހުރުކް ޚާނާއެކު ނަގާފައިވާ ފޮޓޯއެއް މީސް މީޑީއާގައި ހިއްސާކޮށް ގާގާ ބުނެފައިވަނީ އެއީ ހޮލީވުޑު ނޫން ކަމަށާއި ބޮލީވުޑު ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ށައިނީ

    ގާގާ ބުނީ އިންޑިއާ ފަރާޓާ އެއް ބޭނުމެއް ނެތޯ

    12
    2
  2. އަޒްމީ

    ޕްރިންސް ވިލިއަމްއާއި ކޭޓްއަކީވެސް ފަންނާނުންތަ؟

    3
    2