ލަވަކިޔުންތެރިޔާ އަދި މޮޑެލް އޮލްގާ ޒުކުވާ ރަޝިޔާގެ މޮސްކޯގައި އޮތް ޕާޓީއެއް ނިންމާލުމަށްފަހު އެރި ޓެކްސީއެއްގައި އިން މީހަކު ރޭޕް ކުރަން އުޅުމުން ހޭއަރުވާލައިފިއެވެ.
އޭނާ ރޭޕް ކުރަން އުޅުނީ ރޭގަނޑުގެ ވަގުތެއްގައި ކަރޯކޭ ބާއެއްގައި އޮތް ޕާޓީއެއް ނިންމާލުމަށްފަހު ގެއަށް ދިޔުމަށް އެރި ޓެކްސީއެއްގައި އިން ޑްރައިވަރެވެ. އޭނާ ބުނާގޮތުގައި، އޭނާ އެ ޓެކްސީއަށް އެރީއްސުރެ ޑްރައިވަރު ދިޔައީ އެކި ގޮތްގޮތަށް އޭނާއާ ފޮށެމުންނެވެ.
އޮލްގާ އެ ޑްރައިވަރު ގާތުގައި އޭނާ ކުރަމުންދާ ކަންތައް ހުއްޓާލަން އެދުމުން، އެ ޑްރައިވަރު މަސައްކަތްކޮށްފައި ވަނީ އޭނާއަށް އަނިޔާ ކުރަންކަމަށް އޮލްގާ ވަނީ ބުނެފައެވެ.
ނަމަވެސް އޮލްގާ ރޭޕް ކުރުމުގެ ކުރިން އޭނާ ވަނީ އެ މީހާ ދުރަށް ޖައްސާލާފައެވެ. އެގޮތަށް އޮލްގާ ކަންތައް ކުރުމުން އެ ޑްރައިވަރު އޭނާގެ އިސްތަށިގަނޑުގައި ހިފާ ކާރުން ބޭރަށް ލާން މަސައްކަތް ކުރުމުން އޮލްގާވެސް ވަނީ އެމީހާގެ ގައިގާ ތަޅާފައެެވެ.
އޮލްގާ ބުނީ، އެ މީހާ އަނިޔާ ކުރުމުން އޭނާގެ ނޭފަތުން ލޭވެސް އައި ކަމަށެވެ. އަދި އޭނާ ބާރަށް ހަޅޭލައްވާ ފުލުހުންނަށް ގުޅަން އުޅުމުން ފޯނު ޖަހައިގަނެގެން އެ ޑްރައިވަރު ފިލާފާއިވާކަމަށްވެސް އޭނާ ބުންޏެވެ.
ޑްރައިވަރަށް ހޭއަރުވާލަން ކުރި ކަމަކީ ކޮބައިބާ؟
ބާރައް ހަޅޭޢްލެވުން ތޯޢްޗެ!؟؟؟؟
ފޯނު ހިފައިގެން ޑުރައިވަރު ފިލީ!!! އެއީ ޑްރަިވަރަށް އަރުވާލީ ހެޔަކީ!!
ހޭއަރުވާލަން ޑްރައިވަރގެ މޫނަށް ފުމެލީ.