"މިއީ ބ.އަތޮޅުގެ ރަށެއްގައި މީގެ އަށެއްކަ އަހަރުކުރިން ހިނގާފައިވާ ހާދިސާއަކަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ. މިވާހަކައިގައި ބޭނުންކޮށްފައިވާ ނަންނަމަކީ އަސްލު ނަންނަމެއް ނޫނެވެ."

އެއީ މީގެ އަހަރުތަކެއް ކުރިއެވެ. އަހަރެންގެ އުމުރުން އެއިރު އެންމެ 14 އަހަރެވެ. ރަށު ސުކޫލުގެ ގްރޭޑް 8 ގައި ތައުލީމު ހާސިލް ކުރަމުން ދިޔައިރު އަހަންނަކީ އަބަދުވެސް ކިޔެވުމުގައި ފާހަގަކޮށްލެވޭ ކުއްޖެކެވެ.

އަހަރެންގެ ބައްޕަ އަހަރެން ވަރަށް ކުޑައިރު ނިޔާވެފައި ވުމުން އަހަރެންގެ ކަންކަން ބަލަހައްޓަމުން އައީ މަންމައާއި މަންމަ ފަހުން ކައިވެނި ކުރި މީހާ ( އަހަރެންގެ ދޮންބައްޕަ) އެވެ. އަހަރެމެން ރަށަކީ އަތޮޅުގެ އެހެން ރަށްރަށަށް ވުރެ ވަސީލަތްތަށް ގިނަ ރަށެކެވެ. އެހެންކަމުން ކޮންމެ ދުވަހަކުހެންމެ އެތައް ބަޔަކު އަހަރެންގެ ރަށަށް ޒިޔާރަތްކުރެއެވެ.

އަހަރެންގެ ބައްޕަ އަހަރެން ކުޑައިރު ނިޔާވެފައިވިނަމަވެސް މަންމަ އާއި ދޮންބައްޕަގެ ފަރާތުން ލިބޭ ފުރިހަމަ ލޯބިން ބައްޕަނެތްކަމުގެ އިހްސާސް އަހަންނަކަށް ނުކުރެވެއެވެ. އަހަރެންގެ ދޮންބައްޕައަކީ އަމިއްލަ މަސައްކަތް ކޮށްގެން އުޅޭ މީހެކެވެ. އަދި އެކި އެކި ދުވަސްވަރުގައި ދޮންބައްޕަގެ ބައެއް އެކުވެރިން އަހަރެމެންގެ ރަށަށް ޒިޔާރަތްކޮށް ހަދައެވެ. އެހެން ޒިޔާރަތްކުރާއިރު އެ މީހުން ފުރަންދެން ތިބެނީ އަހަރެމެން ގޭގައެވެ. އެއީ ގޭގައި ހުސްކޮށް 2 ކޮޓަރި ހުރުމާވެސް އެކުގައެވެ.

އެގޮތުން އެންމެ ގިނައިން އަހަރެމެންގެ ގެއަށް އަންނަ އެކަކީ ދޮންބައްޕަގެ ކުޑައިރުގެ އެކުވެރިއެއްކަމަށްވާ ހާލިދެވެ. ކޮންމެ މަހަކު މަދުވެގެން 3 ފަހަރު ހާލިދުބެ އަހަރެމެންގެ ގެއަށް އާދެއެވެ.

އަހަރެންގެ މަންމައަކީ ސަރުކާރުގެ ވަޒީފާއެއްގައި އުޅޭ މީހެކެވެ. އެހެންކަމުން އޮފިސް ދަތުރުތަކުގައި ބައެއް މަސްމަހުގައި ރަށުން ބޭރަށް ދާން ޖެހެއެވެ.

އެގޮތުން މިއަދަކީވެސް މަންމަ އަތޮޅުތެރޭގެ ކޮންމެވެސް ރަށަކަށް ދިޔަ ދުވަހެކެވެ. އަދި ހަމައެހެންމެ މިއަދަކީ ހާލިދުބެވެސް އަހަރެމެން ރަށަށް އައި ދުވަސްމެއެވެ.

ހާލިދުބެއަކީ ފެންނަ ފެނުމަށް ވަރަށް ހިތްހެޔޮ މިޒާޒެއްގެ މީހެކެވެ. ހާލިދުބެ އަންނަ ކޮންމެ ފަހަރަކުވެސް އަހަންނަށް ކޮންމެވެސް ހަދިޔާއެއް ގެނެސްދޭތީއެވެ.

މަންމަ ދިޔުމުން އަހަރެން އޮންނަން ޖެހޭނީ ވަކިން ކޮޓަރިއެއްގައެވެ. ދޮންބައްޕައަކީ އަމިއްލަ މަސައްކަތް ކުރާ މީހެއް ކަމުން ދޮންބައްޕަ އަށް ގެއަށް އާދެވެނީ ދަންވަރު 2 ގެ ފަހުންނެވެ. އެހެންކަމުން މިއަދު ގޭގައި އުޅޭނީ އަހަންނާއި ހާލިދުބެ އެކަންޏެވެ.

އެކަނި ކޮޓަރިއެއްގައި ނިދުމަކީ އަހަރެން ދުވަހަކުވެސް ކުރި ކަމެއް ނޫނެވެ. އެހެންކަމުން އަހަރެން ހާލިދުބެ ކައިރީގައި އަހަރެން ނިދަން ދެން އަހަރެންގެ ކޮޓަރީގައި މަޑުކޮށްދިނުމަށް އެދުނީމެވެ. ހިނިތުންވުމާއި އެކު އަހަރެންގެ އެ އެދުމަށް އާއެކޭ ބުނުމަށް ފަހު އަހަރެންގެ ކޮޓަރިއަށް ވަދެ ކޮޓަރީގެ ކަނުގައި ހުރި ސޯފާގައި އިށީނެވެ. އަދި ދެން ނިދާށޭ ބުނެ އަހަންނަށް އިޝާރާތް ކޮށްލިއެވެ.

އޭގެ އިރުކޮޅެއް ފަހެވެ. އަހަންނަށް ފުން ނިންޖަކުން ނިދިއްޖެއެވެ. ނިދީގެ އޮޑީގައި ދަތުރުކުރުމަށް ފަހު އަހަންނަށް ހޭލެވުނީ އަހެރެންގެ ގައިގައި އެއްޗެއް ބީހޭ ކަހަލަ އިހްސާސް އެއް ކުރެވުމުންނެވެ. ލޯހުޅުވާ ބަލާލިއިރު ހާލިދުބެ އެދަނީ އަހަރެންގެ ގުނަވަންތަކުގައި ބޮސްދެމުންނެވެ. ހަޅޭލައިގަންނަށް މަސައްކަތް ކުރި ނަމަވެސް އަނގަމަތީގައި އައްސާފައިވާ ފޮތިކޮޅުގެ ސަބަބުން އެކަން ކާމިޔާބެއް ނުވިއެވެ. އަދި އަހަރެންގެ އަތްފައި ބަދެފައިވުމުން އަހަންނަށް ހިރިވެސް ނުލެވުނެވެ. އެއިރު ބަރަހަނާ ހާލުގައި ހުރި ހާލިދުބެ ދަނީ ފެންބޮވައިގަނެފައިވާ މީހެއް ފަދައިން އަހަރެންގެ އިއްފަތްތެރިކަން ފޭރިގަންނަމުންނެވެ.

ދެރަވެ ހަދާނެ ގޮތް ހުސްވިއެވެ. ނަމަވެސް ކުރާނީ ކީއްހެއްޔެވެ. އެހީއަށް އެދި ގޮވާނީވެސް ވަކި ކާކަށް ހެއްޔެވެ. އެތަށް އިރަކަށް ފަހު އެދުން ފުއްދާލުމަށް ފަހު ހާލިދުބެ އަހަރެންގެ ގައިގައި އައްސާފައި ހުރި ތަންތަން މޮހުނެވެ. އެއިރެވެ. އަހަރެންގެ ދޮންބައްޕަ އައިސް ގެއަށް ވަނީއެވެ. ދޮންބައްޕައަށް ވެސް ހާލިދުބެ އަހަންނާއި ބެހިފައިވާ ކަން އެނގޭނެއެވެ. އަހަރެން ރޮމުން ގޮސް ދޮންބައްޕައަށް އެވާހަކަތަށް ކިޔާދިން ނަމަވެސް އެކަމުން ދޮންބައްޕައަށް މާބޮޑު އަސަރެއް ނުކުރެއެވެ.

އިރުކޮޅެއް ފަހެވެ. ހާލިދުބެ ކޮޓަރިން ނުކުތެވެ. އެއިރު އޭނާގެ އަތުގައި 500 ގެ ތިން ނޫޓު އޮތެވެ. އަދި ދޮންބައްޕައާއި އަރާ ހަމަކުރުމަށް ފަހު އަހަރެންގެ މޫނަށް ނުލަފާ ގޮތަކަށް ބެލުމަށް ފަހު އެ ނޫޓްތަށް ދޮންބައްޕައަށް ދިނެވެ.

އޭގެ އަނެއްދުވަހެވެ. މަންމަ ރަށަށް އައުމުން އަހަރެން އެވާހަކަތަށް ކިޔާދިނީމެވެ. އަދި ފައިސާއަށް އަހަރެން ވިއްކާލިކަމަށްވެސް ބުނީމެވެ. ނަމަވެސް އެއީ އެވަރު ކަމެއް ނޫނޭ އެއްވެސް މީހެއް ގާތު ނުކިޔާށޭ ބުނެ މަންމަވެސް ދިނީ ފިނި ޖަވާބެކެވެ.

އެދުވަހުގެ ފަހުން ކޮންމެ މަހަކު ހާލިދުބެގެ ފަރާތުން އަހަންނަށް ޖިންސީ އަނިޔާ ލިބެއެވެ. އަދި ހާލިދުބެ އިތުރުން އެހެން ބައެއް މީހުންގެ ފަރާތުންވެސް އަހަންނަށް ޖިންސީ އަނިޔާ ލިބެއެވެ. ނަމަވެސް އަހަންނަށް އޮތީ ހަނުހިމޭނުން ހުރުމެވެ. މަންމަމެންގެ މަޖުބޫރުގައި އަހަރެންގެ ހިތާ ދެކޮޅަށް އެކަން ކުރަމުން ގެންދާއިރު އަހަރެން އަބަދުވެސް ވިސްނަމުން ދިޔައީ އެކަމުން ސަލާމަތްވެވޭނެ ގޮތަކަށެވެ.

ސުކޫލު ދައުރު ނިމެންދެންވެސް އަހަރެން އުޅެން ޖެހުނީ އެހާލުގައެވެ. ބައެއްގެ އަނިޔާވެރި ވަކިތަކުގެ ތެރޭގައި ބިކަ ހާލުގައެވެ.

ނަމަވެސް ސްކޫލު ދައުރު ނިމުމުން އަހަރެން ނިންމީ އާއިލާއަށް ފިލުމަށެވެ. އެހެންކަނުން އަހަރެންގެ ރަށްޓެއްސެއްގެ އެހީގައި އަހަރެން މާލެ ބަދަލު ވީމެވެ. އަހަރެން ހީކުރީ އަހަރެން މާލެ ބަދަލުވުމުން އަހަރެން ހޯދަން އަހަރެންގެ މަންމަ އަންނާނެ ކަމަށެވެ. ނަމަވެސް ކަންދިމާކުރީ އެއާއި ދިމާ އިދިކޮޅަށެވެ. މާލެ ބަދަލުވެގެން އަށް މަސް ވީއިރުވެސް މަންމަގެ ހިލަމެއް ނުވިއެވެ. އެހެންކަމުން އަހަރެން ނިންމީ އަމިއްލައަށް މަސައްކަތް ކޮށްގެން ދިރިއުޅުން އާރާސްތު ކުރުމަށެވެ. ވުމާއި އެކު އަމިއްލަ ކުންފުންޏެއްގައި މަސައްކަތް ކުރަން ފެށީމެވެ. އަދި އަހަރެންގެ މަސައްކަތާއި މެދު ކުންފުނީގެ ވެރިން ހިތްހަމަ ޖެހޭތީ އަހަރެންގެ މަގާމު މަތިކޮށްދީ މުސާރަ ބޮޑުކޮށްދިނެވެ. އަދި އަހަންނަށް ކުރިއަށް ދެވޭނެ ގޮތްތަށް ފަހިކޮށްދިނެވެ.

މިއަދު އަހަރެން މީހަކާއި ކައިވެނިކޮށްގެން އުފަލުގައި އުޅުނު ކަމުގައި ވިޔަސް އަހަރެންގެ ހިތި މާޒީ ދުވަހަކުވެސް އަހަރެންގެ ހިތުން ފިލައިގެން ނުދާނެއެވެ. އެއީ އަހަރެންގެ ހިތުގައި ޖެހިފައިވާ ކަޅު ލައްގަނޑެކެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. އަންދާ

    ވަރަށް ދެރަ އޭނަގެ މަންމަ

  2. 3ނިރު

    ބ.އޭދަފުށި ކުއްޖެއް

    8
    3
  3. ޢަބްދުލްމުހައިމިން

    އަހަރެމެން ރަށަކީ އަތޮޅުގެ އެހެން ރަށްރަށަށް ވުރެ ވަސީލަތްތައް ގިނަ ރަށެކެވެ. އެހެންކަމުން ކޮންމެ ދުވަހަކުހެންމެ އެތައް ބަޔަކު އަހަރެންގެ ރަށަށް ޒިޔާރަތްކުރެއެވެ. މި ޢިބާރާތުން ދޭހަވަނީ ތިޔަ ރަށަކީ ބ.އަތޮޅު އޭދަފުށްޓޭ.

    11
    2
    • ޙަހަހަ

      މަނުދާ ރަށެއްތަ. ކޮން ތަރައްޤީއެއް

      2
      1
  4. Anonymous

    މަންމަ ދޯ އެވާހަކަ ބުނީމަވެސް
    މަންމަ ވެސް ރަށްރަށަށް ގޮސްއުޅެނީ އެހެންތޯއެޗެއް

    8
    1
  5. ޑފ

    ތާއީދު

  6. މަަަަ

    ކަލޭ ކޮންމެހެން މަތިއަޅަން އުޅޭނެ ކަމެއް ނެތް. އޭނާ ލައްވާ ގަޔަށް އަރުވާފަ. އޭނަ ނައިނަމަ ކަލޭ ނިދާނީ ކާކާއެކު؟ އެކަނިވެގެން ނުނިދޭނެޔޯ. އަނގަ އެއްސިޔޭ ތިބުނަނީ ހަޅޭއް ނުލެވީ ކީއްވެހޭ މީހަކު ބުނެފާނެތީތަ؟ ކީއްކުރަން އަތާ ފައި އެއްސިޔޭ ތިބުނީ؟ ކަލޭ ހަމަ އެކަންތައް ކުރުވަން ދީގެން އޮތީ. މިހާރު ތީ އަލިފު ދޯ؟

    9
    32
  7. އޭއާރް

    ލަދުގަނޭ މިހެން ބުނަށް ވެސް.އެއީ އަތޮޅު ތެރޭ ކުރާކަމެއް.ބޭބެމެން ތަޅާފާނެތީ.ދައްތަ ފިރިމީހާ ބިރު ދައްކާގެން ބައްޕަ ފޫހި ފިލުވަން މަންމަ ފަގީރު ކަމުން ދަރި ވިއްކުން.މީ މި އަތޮޅު ގަވެސް ވާކަމެއް.އެބަހުރި ރައްޓެހިން ގާތު ބުނެފަ ފަހުން އާއިލާ މީހުން ހަޅޭއްލެވީމަ އެއީ ނުވާ ކަމަކޭ ކިޔާފަ.މީ އަހަރެމެން ދެކެފަހުރި ކަންތައް.

    7
    4
  8. ފާތިމަތު ސަމްރާ

    ވަރަށް ދެރަ ހަބަރެއް

  9. މަލާހަތު

    ތާއިދު