މަތީގައި އެވަނީ ތަފާތު ފޮޓޯއެކެވެ. ފޮޓޯއިން ފެނިގެން އެދަނީ 4 ވަނަ ބުރިން ކާރެއް ވެއްޓޭ މަންޒަރެވެ. މީސްމީޑިޔާގައި މިފޮޓޯ ހަލުވި ކަމާއެކު ދައުރުވަމުންދާއިރު، މިއީ ކިހިނެތް ވީ ކަމެއްތޯ ގިނަ ބަޔަކުދަނީ ސުވާލު ކުރަމުންނެވެ.

މިއީ ކެލިފޯނިޔާގެ ސަންތާ މޮރީޓާގައި ހިގާފައިވާ ކަމެކެވެ. އެޤައުމުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މިކަން ހިނގާފައިވަނީ އަންހެނަކު ޕާކްކޮށްފައި އޮތް ކާރެއް ނެރުމުގެ ތެރޭގައެވެ. ކާރު ބޭރުވެފައި އެއޮތީ ޕާކު ކުރާ ތަނަކުންނެވެ.

މިފޮޓޯ އާއްމު ކުރުމަށްފަހު އެޤައުމުގެ ފުލުހުން ބުނެފައިވަނީ މިގޮތަށް މިކަން ހިގާފައިވަނީ ފަހަތަށް ކާރު ޖަހަން އުޅުމުގެ ތެރޭގައި ފަހަތަށް ނުޖެހި ކުރިޔަށް ދެވިގެންނެވެ. އަދި ކާރު ކުރިޔަށް ދާން ފެށުމުން ހާސްކަމުގެ ތެރެއިން އޭނާއަށް ކާރު ރޭސްކޮށްލެވުނު ކަމަށްވެސް ބޭރުގެ ނޫސްތަކުން ފުލުހުންނާ ހަވާލާދީ ބުނެފައިވެއެވެ.

މިކާރުވަނީ މިހާރު ސިފައިންނާއި ފުލުހުންގެ އެހީތެރި ކަމާއެކު މިތަނުން ނަގާފައެވެ. މިހާދިސާގައި ކާރު ދުއްވަން އިން މީހާއަށް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު