ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑްގެ ނުރައްކާތެރި ވައިރަހަކީ ވަކި އުމުރުފުރާއަކަށް، ވަކި ޖިންސަކަށް، ނުވަތަ ވަކި ބަޔަކަށް ޖެހޭ ވައިރަހެއް ނޫނެވެ. މުސްކުޅިއެއް ޒުވާނެއް ކުޑަކުއްޖެއް އިސްތިސްނާއެެއް ނުވެއެވެ.

ނަމަވެސް ކުޑަ ކުއްޖަކު މި ވައިރަހަށް ފައްސިވެއްޖެ ނަމަ އެއީ ވަރަށް ހިތްދަތި ކަމެކެވެ. ވައިރަހަށް ފައްސިވާ ކުދިންގެ އަދަދު ގިނައެވެ. ހަމައެގޮތަށް ވައިރަސްގެ ސަބަބުން މައިންބަފައިންނާއި ވަކިވާން ޖެހިފައިވާ ކުދިންގެ އަދަދު ވެސް މަދެއް ނޫނެވެ. ކޮވިޑު ޖެހިގެން މައިންބަފައިން މަރުވުން، ހޮސްޕިޓަލުގައި އެނދުމަތިކުރުން ނުވަތަ ކޮވިޑަށް ފައްސިވުމުން ކަރަންޓީނުވުން ފަދަ ހާލަތްތައް ހުރިހާ ކަންކޮޅުތަކެއްގައި ދިމާވެއެވެ.

މިފަދަ ކުދިންނަށް އެހީތެރިވުމަށް ނުވަތަ އަޅާލާނެ ބަޔަކު ހޯދުމަށް ފުލުހުންގެ އިތުރުން މީސް މީޑިއާ މެދުވެރިކޮށް ވެސް އެތައް ބަޔަކު ދަނީ މަސައްކަތް ކުރަމުންނެވެ.

މައިންބަފައިން ކޮވިޑަށް ފައްސިވެ ހަމަހުގެ ދަރިފުޅު ބަލަހައްޓާނެ މީހަކު ނެތުމުން އެދެމަފިރިން އެހީއަށް އެދުނީ އިންޑިއާގެ ނިއުދިއްލީ ޕޮލިސްގެ ހެޑް ކޮންސްޓެބަލްގެ ފަރާތުންނެވެ. އަދި މިދެމަފިރިންގެ ހާލަތު ދެނެގަނެ އެ ތުއްތު ކުއްޖާ ބެލެހެއްޓުމުގެ ޒިންމާ ނެގިއެވެ.

މި ދެމަފިރިން ކޮވިޑަށް ފައްސިވި ނަމަވެސް ހަމަހުގެ ދަރިފުޅު ވަނީ ކޮވިޑަށް ނައްސިވެފައެވެ. މިދެމަފިރިން ކަރަންޓީނު ވާން ޖެހުމުން ދަރިފުޅު ބަލަހައްޓާދޭނެ އެއްވެސް މީހަކު ނެތެވެ. ފުރަބަންދު ކޮށްފައި އޮތުމުގެ ސަބަބުން އާއިލާގެ މީހަކަށް ވެސް އެހީސާބަށް ނާދެވެއެވެ.

އެހެންކަމުން އާއިލާގެ ފަރާތުން މީހަކަށް އާދެވެންދެން ކުއްޖާ ބެލެހެއްޓުމުގެ ޒިންމާ އާއި ހަވާލުވީ ހެޑް ކޮންސްޓަބަލް ރާކީއެވެ.

ކިޔުންތެރިންގެ ހިޔާލު