މުސްލިމް މޮޑެލްއެއް ކަމަށްވާ މާރިއާހް އިދްރީސްގެ މޮޑެލް ކުރުމުގެ ވަޒީފާ ގެއްލިއްޖެއެވެ.
މާރިއާހް ބުނިގޮތުގައި، އޭނާގެ ވަޒީފާ ގެއްލިފައި ވަނީ ބުރުގާ އެޅުމުގެ ސަބަބުން ކަމަށެވެ. އަދި އޭނާ ބުނީ، އޭނާ މޮޑެލް ކޮށްދޭ އެއް ކުންފުނިން ބުނިގޮތުގައި، އޭނާ މުސްލިމަކަށްވުމުން އޯޑިއަންސް ވަރަށް ބޮޑަށް ގެއްލޭނެކަމަށެވެ.
މާރިއާހް އަކީ ބުރުގާ އަޅައިގެން މޮޑެލްގެ ދާއިރާއިން ނުކުތް ފުރަތަމަ މޮޑެލްއެވެ. އޭނާ އެ ދާއިރާއިން ނުކުތީ 2015 ވަނަ އަހަރުއެވެ.
އޭނާ ބުނިގޮތުގައި، އެކަމުން އޭނާ ކުރާނެ އެއްވެސް ކަމެއް ނެތެވެ. އޭނާ ބުރުގާ އަޅާތީއޭ ކިޔައިގެން ބަޔަކު ޕްރޮޑަކްޓްތައް ނުގަނެ ނުތިބޭނެކަމަށް އޭނާ ބުންޏެވެ. އަދި މީގެ އިތުރުން، މާރިއާހް ވަނީ އޭނާވެސް ދޮން އަންހެން ކުދިން ލާ ކަހަލަ އެއްޗެހި ލާ ހަދާކަމަށް ބުނެފައެވެ. އަދި ކުންފުނިން އެގޮތަށް ބުނީތީ ހައިރާންވާކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.
އޭނާގެ އެޗްއެމް ކެމްޕެއިނަށްފަހު މުސްލިމުންގެ ތެރޭގައި އޭނާއަކީ މުސްލިމް އަންހެން ކުދިންގެ ތެރޭގައި މަގުބޫލު މީހެކެވެ. އޭނާގެ އެޗްއެމް ކެމްޕެއިނަށްފަހު ގިނަ މެގަޒިންތަކުންވެސް މާރިއާހްގެ މޫނު ވަނީ ފެނިފައެވެ.
ތީ ބުރުގާއެއްތަ ތީ ބޮލުގަ އޮޅާލާފަ އޮތް ފޮތިބޮނޑިއެއްނު
ކީއްކުރާނީ ދަލޭކައްތާ މިކުދިންގެ ނިވާކުރަންޖެހޭ ހިސާބު ހުރީ އެހެން މީހުންނާ ޚިލާފަށް ބޮލުން މަތީގަ..
ފެންވަރައިގެން ނުކުމެ ބޮލު ތުވާލި އޮޅަން ތިހެން
ޢަލްހަމްދުﷲ. ތިއީ ބުރުގާއައް ހުތުރު އަރުވާ ދީނައް ފުރައްސާރަ ކުރާ މުނާފިގެއް