އިންޑިއާގެ ރަޖަސްތާން އަވަށުގައި ކުޑަކުއްޖެގެ ނިއްކުރިއަށާއި، ކަރަށް ހޫނު ތިނޯހެއް ކޮއްޕައިގެން ފަރުވާދޭން އުޅުމުން ބޮޑު ލަޑެއް ލިބިއްޖެއެވެ.

އިންޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި، 10 މަހުގެ އެ ކުއްޖާއަށް ޖެހިފައިވާ ބައްޔެއްގެ ސަބަބުން އޭނާއަށް ފަރުވާ ކުރުމަށް އޭނާގެ މައިންބަފައިން ވަރަށް މަސައްކަތް ކުރިއެވެ.

އެހެން ނަމަވެސް އެ ކުއްޖާއަށް ފަރުވާ ކުރެވޭނެ އެއްވެސް ގޮތެއް ނެތި އުޅެމުން ދަނިކޮށް ބަޔަކު ބުނި ބަހަކަށް ހޫނު ތިނޯހެއް އެ ކުއްޖާގެ ނިއްކުރިއަށާއި، ކަރަށް ކޮއްޕިއިރު، މިހާރު އެ ކުއްޖާއަށް ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުންނެވެ.

އެ ކުއްޖާއަށް މިގޮތަށް ހަދާފައި ވަނީ މަގުމަތީކަމަށް ވެއެވެ. އެ ކުއްޖާގެ ހަށިގަނޑަށް ހޫނު ތިނޯސް ކޮއްޕަމުން ދިޔަ ވަގުތު ވަރަށް ބާރަށް ރުއިކަމަށްވެސް ވެއެވެ.

ބައެއް މެޑިކަލް އޮފިސަރުންނާއި ހަވާލާދީ އިންޑިއާގެ ނޫސްތައް ބުނާގޮތުގައި، އެ ކުއްޖާއަށް މިގޮތަށް ހެދީ ބަޔަކު ބުނެގެން ކަމުގައި ވިޔަސް، މިގޮތަށް މީހުން ދައްކާ ކޮންމެ ވާހަކަ އަޑުއަހައިގެން ނުވާނެއެވެ. މިގޮތަށް ގޮތް ކިޔާދޭ ގިނަ މީހުންނަކީ އެއްވެސް ކަހަލަ ކަމާ ބެހޭ މައުލޫމާތުތަކެއް އިނގޭބައެއް ނޫންކަމަށްވެސް އެ އޮފިސަރުން ބުންޏެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ާަިަިނަަނި

    ޅިބުނު ލަނޑު ކޮބާ