އިންޑިއާގެ ބެންގަލޫރްގައި ބަލި މީހެއްގެސިކުނޑީގެ އޮަޕަރޭޝަނެއް ޑޮކްޓަރުން ކުރަމުން ދިޔައިރު، އެ ބަލި މީހާ ގިޓާ ހިފައިގެން ގިޓާ ކުޅެން މަންޒަރު ފެންނަ ވީޑިޔޯއެއް އާއްމުކޮށްފިއެވެ. އެ ވީީޑިޔޯ މީސް މީޑިޔާގައި ޢާންމުކޮށްފައިވަނީ އެ އޮޕަރޭޝަން ކުރި ޑޮކްޓަރުންނެވެ.

ބަަންގްލަދޭޝްގެ ޑާކާއަށް ނިސްބަތްވާ ޓަސްކިން އަލީއަކީ ގިޓަރިސްޓެކެވެ. އޭނާއަށް ވަނީ ވަރަށް މަދުބަޔަކަށް ޖެހޭ ބައްޔެއްކަމަށްވާ ފޯކަލް ހޭންޑް ޑިސްޓޯނިއާ ކިޔާ ބައްޔެއް ޖެހިފައެވެ. އެ ބަލީގެ ސަބަބުން ވައަތުން އޭނާ އިންސްޓްރުމެންޓް ކުޅެންވެސް އުދަގޫވެއެވެ. އަދި އެ އަތުން ފޯނާ ކުޅެންވެސް ކުޅެވެއެވެ. ނަމަވެސް އިތުރު އެހެންކަމެއް ނުކުރެވޭ ކަމަށް ވެއެވެ. އެއީ އޭނާގެ އިނގިލިތައް ބޭނުން ގޮތަކަށް މަސައްކަތް ނުކުރާތީކަމަށް ވެއެވެ.

މީގެ ކުރިންވެސް ބެންގަލޫރުގެ ހޮސްޕިޓަލަކުން މިފަދަ އޮޕަރޭޝަނެއްކޮށް މީހަކު ރަނގަޅުކޮށްފައިވާތީ ޓަސްކިން އެ ހޮސްޕިޓަލަށް ދިޔައީ އޭނާވެސް ރަނގަޅު ކުރެވޭނެ އުއްމީދުގައެވެ.

މެއި މަހުގެ 17 ވަނަ ދުވަހު އޭނާގެ އޮޕަރޭޝަން ކުރެވުނީ ބަގްވާން މަހަވީރު ޖައިން ހޮސްޕިޓަލްގައެވެ. އޭނާ އޮަޕަރޭޝަން ކުރަމުން ދިޔަ ގަޑީ ގިޓާ ކުޅެމުންދިޔައިރު، ޑޮކްޓަރުން ދިޔައީ އޭނާގެ ހަރަކާތްތައް ބަލަމުން އޮޕަރޭޝަން ފުރިހަމަ ކުރަމުންނެވެ. ޑޮކްޓަރުން ބުނީ، އެ އޮޕަރޭޝަންގައި ޖެހެނީ އޭނާގެ ސިކުނޑީގައި ހުރި ބައެއް ސާކެޓްތައް ވިރުވާލާށެވެ.

އެ އޮޕަރޭޝަނަށްފަހު ތިން އޭނާގެ ވައަތުގެ ތިން ވަނަ އިނގިލި ފިޔަވާ ހުރިހާ އިގިއްޔެ މިހާރު 100 ޕަސެންޓް ރަނގަޅަށް މަސައްކަތް ކުރާނެ ކަމަށާއި، ތިން ވަނަ އިނގިލި މަސައްކަތް ކުރާނީ 50 އިންސައްތަ ކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ.

އަދި އެ އިނގިލިވެސް 100 ޕަސެންޓް މަސައްކަތް ކުރާނެކަމުގެ ޔަގީންކަން ޑޮކްޓަރުން ވަނީ ދީފައެވެ. މި ބައްޔަކީ ވަރަށް މަދުން ނޫނީ ނުފެންނަ ބައްޔެއް ކަމަށް ވެއެވެ. އޭނާ އޮަޕަރޭޝަނަށް އިންޑިއާއަށް ގޮސްފައި ވަނީ 10 މަސް ދުވަސްވަންދެން ފައިސާއެއްކޮށްގެންނެވެ. އަދި އޭނާ ގެންގުޅުނު ގިޓާވެސް ވިއްކައިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު