އިންސާނިޔަތަށްޓަކައި އެތައް ކަމެއް ކޮށްދީފައިވާ އަދި މިހާރު ވެސް ނިކަމެތިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގައި އެންމެ ކުރީ ސަފުގައި މަސައްކަތް ކުރަމުންދާ ބޮލީވުޑުގެ އެކްޓަރ ސޯނޫ ސޫދު އިންޑިޔާގެ ބޮޑު ވަޒީރަކަށް ހެދުމަށް ގިނަ ބަޔަކު ވާހަަކަދެއްކި ނަމަވެސް، އޭނާ އެކަމަށް ޝައުގުވެރިކަމެއް ނެތް ކަން ހާމަކޮށްފިއެވެ.

އިންޑިޔާގެ ބޮޑުވަޒީރަކަށް ސޯނޫ ސޫދު އައްޔަން ކުރުމަށް ބޮލީވުޑުގެ ކޮމެޑިއަން އެކްޓަރ ވިރް ދަސް ބުނުމާއި އެކު އެތައް ބަޔަކު ދަނީ އެކަމަށް ތާޢީދުކޮށް އެ ވާހަކަ ދައްކަމުންނެވެ. އަދި ދާދި ފަހުން ބިގް ބޮސް 14 ގެ ބައިވެރިއެއް ކަމަށްވާ ރާކީ ސާވަންތު ވެސް ވަނީ މި ވާހަކަ ދައްކައިފައެވެ.

އިންޑިޔާގެ ބޮޑުވަޒީރަކަށް ސޯނޫ ސޫދު ނުވަތަ ސަލްމާން ޚާން އައުމަށް އެކަށީގެންވާ ކަމަށް ރާކީ ބުނެފައިވެއެވެ. މި ވާހަކަތަކަށް ރައްދުދެމުން ސޯނޫ ސޫދު ބުނެފައިވަނީ ސިޔާސީ ދާއިރާއަށް އޭނާގެ ޝައުގުވެރިކަމެއް ނެތް ކަމަށެވެ.

މިދިޔަ އަންގާރަ ދުވަހު ސޯނޫ ސޫދުގެ ގޭގެ ކައިރީގައި މީހުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތުގައި އުޅެނިކޮށް ބޮޑުވަޒީރަކަށްވުމާައި ގުޅޭގޮތުން ދެކެވޭ ވާހަކަތަކަށް ޖަވާބެއް ދިނުމަށް އެދުމުން އޭނާ ބުނެފައިވަނީ އާއްމު ރައްޔިތެއްގެ ގޮތުގައި އުޅެ، މީހުންނަށް ޚިދުމަތް ކޮށްދިނުން މާ ރަނގަޅު ކަމަށެވެ.

އިންތިހާބެއްގައި ބައިވެރިވުމާއި ގުޅޭގޮތުން ސޯނޫ ސޫދު ބުނެފައިވަނީ މިހާރު ވެސް އޭނާއަށް ތާޢީދު ކުރާ އެތައް ބަޔަކު ތިބި ކަމަށާއި އިންތިހާބުގައި ވާދަކުރުމުގެ ބޭނުމެއް ނެތް ކަމަށެވެ. އަދި އެއީ އޭނާގެ ކަމެއް ނޫންކަމަށާއި އެކަމަށް އިތުރު މީހުން ތިބޭނެ ކަމަށް ވެސް ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މަ

    އެކަމަކު ނަޝީދު ބޭނުންވޭ!

    10
    6
    • އަންނި

      ހާހާ އަހަރެން ހަމަ ބޭނުން ވަނީ ☺️

  2. ބަކުރު

    ސޯނޫ ގައިގާ ވަގު ވައްތަރު ނުޖަހާ އެހެންވެ ބޮޑުވަޒީރު ކަމަށް ޝައުގު ވެރިކަމެއް ނުހުންނާނެ

    19