މާބަނޑު ދުވަސް ވަރު ރަނގަޅު ކާނާ ކެއުމަކީ ވަރަށް ގިނަ މީހުން އިސްކަން ދޭ ކަމެކެވެ. ސަބަބަކީ ބަނޑުގައި ވާ ތުއްތު ދަރިފުޅަށް އޭގެން އެތަކެއް ފައިދާ ތަކެއް ވާނެތީއެވެ. ތަފާތު މޭވާއާއި ތަރުކާރީ ފަދަ ތަކެތި ކެއުންހިމެނެއެވެ. އަދި ހަމައެހެންމެ ޗޮކްލެޓް ފަދަ ތަކެތި ކެއުމަކީވެސް ވަރަށް ގިނަ މީހުން ކުރާ ކަމެކެވެ. ނަމަވެސް  މާބަނޑުމީހުން ޗޮކްލެޓް ކެއުމުން ބަޑުގައިވާ ކުއްޖާއަށް އޭގެން ވެދާނެ ގެއްލުމަކަށް ވިންނާލުން ވަރަށް މުހިންމެވެ.

ދުޅަހެޔޮ ސިއްހަތެއްގައި ބަނޑުގައިވާ ކުޑަ ދަރިފުޅު ދުނިޔެއަށް އުފަން ކުރުމަށް މައިމީހާ ރަގަނޅު ކާނާ  ކާން އެބަ ޖެހެއެވެ. ކަންމިހެން ހުރި އިރު ޗޮކްލެޓް ކެއުމުގެ ސަބަބުން ތިމާ ބަނޑުހައިވާލެއް ލަސްވެ ހަށިގަނޑަށް ފައިދާ ހުރި ކާނާ ކެއުމަށް ދަތިތަކާ ކުރިމަތިލާން  ޖެހެއެވެ. މިކަމުގެ ސަބަބުން  ކުއްޖާގެ  ހެދިބޮޑުވުމަށް ވަރަށް ބޮޑު ހުރަހެއް އެޅިގެން ދާނެއެވެ.

މާބަނޑު ދުވަސްވަރު  ގިނައިން ޗޮކްލެޓް ކެއުމުގެ ނަތީޖާއަކަށް ވަނީ  އަވަހަށް ފަަލަވުމެވެ. ސަބަބަކީ ޗޮކްލެޓްގައި ހިމެނޭ ފެޓްގެ މިންވަރު  އިތުރު ވީމައެވެ. މިކަމުގެ ސަބަބުން ތިމާގެ ބަނޑުގައިވާ ކުއްޖާ ދުޅަހެޔޮ ކަންމަތީ ދުނިޔެއަށް  އުފަން ކުރުމަށް އުދަނގޫވެއެވެ.

ADS BY SHEESHA

ޗޮކްލެޓަކީ އޭގައި "ކެފެއިން" ހިމެނެ އެއްޗެކެވެ. މާބަނޑު ދުވަސްވަރު ހަށިގަނޑަށް ދުވާލެއްގެ މައްޗަށް  ބެނުން ވަނީ 200 ގްރާމްގެ  "ކެފެއިން: އެވެ. އެހެން ކަމުން ގިނައިން ޗޮކްލެޓް ކެއުމުގެ ސަބަބުން ހަށިގަނޑަށް ބެނުން ވާ މިންވަރަށް ވުރެ އިތހުރަށް "ކެފެއިން" ލިބި ބަނޑުގައިވާ ކުއްޖާއަށް  އެކަމުން އެތަކެއް ގެއްލުން ތަކެއް ވެ ދެއެވެ.

1 ކޮމެންޓް

  1. ނެތެންނު ސަލާމަތެން .