ޕްރިޔަންކާ ޗޯޕްރާ އަކީ މިހާރު މުޅި ދުނިޔޭގެ މަގުބޫލުކަން ހޯދާފައިވާ ތަރިއެއް ކަމާމެދު ދެބަސް ވާނެ ހަމަ އެކަކުވެސް ނެތެވެ. މީގެ ދުވަސްކޮޅެއް ކުރިން ޕްރިޔަންކާ ވަނީ އޭނާގެ އަޑުން ލަވައެއް އިވޭނެކަމުގެ ޔަގީންކަންދީފައެވެ.

ހޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިންނާއެކު މީގެ ކުރިން ލަވަ ކިޔާފައިވާ ޕްރިޔަންކާގެ މިފަހަރުގެ ލަވަ ކިޔާފައި ވަނީ ވިލިއަމް ސްޕާކްސްއާއެކުއެވެ. ލަވައިގެ ނަމަކީ "ޔަންގ އެންޑް ފްރީ"އެވެ. ހަބަރުތައް ބުނާގޮތުގައި، އެ ލަވައިގެ ލިރިކްސް ލިޔެފައި ވަނީވެސް ޕްރިޔަންކާއެވެ.

ޕްރިޔަންކާ ބުނީ، އޭނާ އެ ލަވަ ލިޔެފައި ވަނީ އަމިއްލަ މިނިވަންކަމާއި ގުޅޭގޮތުންނެވެ.

އަބަދުވެސް އަމިއްލަ ޕެޝަންއަށް ލޯބިކުރާ ޕްރިޔަންކާ އެ ލަވަ ރިލީޒްކޮށްފައިވާއިރު، އޭނާގެ ފޭނުން އެ ލަވަ އަޑުއަހައި ކޮމެންޓް ކުރާނެކަން ޔަގީނެވެ.

ޕްެރިޔަންކާގެ ބިޒީ ޝެޑިއުލްގެ ސަބަބުން ލަވަކިޔުމާއި ދުރުވެ އުޅުމަށްފަހު އަނެއްކާވެސް އޭނާގެ އަޑުން އިވިގެން މިދިޔައީ ރީތި ލަވައެކެވެ.

މިއީ ޕްރިޔަންކާގެ އަޑުން އިވިގެންދިޔަ ހަތަރުވަނަ ލަވައެވެ.

މިހާރު އޭނާ މަސައްކަތް ކުރަމުން ދަނީ ހޮލީވުޑްގެ ފިލްމް "އިޒިންޓް އިޓް ރޮމޭންޓިކް"ގެ ފިލްމްގެ ޝޫޓިންގގައިކަަމަށް ހަަބަރުތައް ބުނެއެވެ.

ADS BY SHEESHA

 

4 ކޮމެންޓް

  1. ސުނީތާ ކީލަވައަށް ވުރެ ޕްރިޔަންކާ ލަވަ މަރަށް މާހަޑި

  2. ދެން ސުނިޔަންކާގެ އަޑުން އަވަހަށް ލަވައެއް ނެރެންވީ

  3. ދެންތިވީ ސުނީތާ އެލަވަކިޔަން

  4. މިހާރު ޕުރިޔަންކާ ސުނީތާ ކޮޕީކުރަން ފެށީދޯ؟؟ ސުނީ އަމިއްލަ އަށް ލަވަކިޔާތީ ޕުރިޔަންކާވެސް ލަވަކިޔަން ފެށީ!!!