ބޮލީވުޑްގެ ފިލްމީތަރި ރޭކާ އާއި ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން އެއްދުވަސްވަރެއްގައި ލޯބީގެ ގޮތުން ގުޅުނު ވާހަކަ އަކީ ފޭނުންނަށް ސިއްރު ވާހަކައެއް ނޫނެވެ. ދެމީހުންގެ ދެމެދުގައި ހާއްސަ ގުޅުމެއް އުފެދި ކައިވެންޏާއި ހިސާބަށްވެސް ދެމީހުން ދިޔަކަމަށް އިންޑިޔާގެ ބައެއް މީޑިޔާ ރިޕޯޓުތައް ބުނެއެވެ.

އިންޑިއަން ޑެއިލީ އިން ހާމަކުރާގޮތުގައި އިމްރާން ހާން އާއި ރޭކާ ކައިވެނި ކުރަން ރޭކާގެ މަންމަ ރުހިފައިވެއެވެ. އަދި އޭނާ ވަނީ އެކަމާއި ގުޅިގެން އިންޑިޔާގެ ނުޖޫމީ އިލްމުވެރިއެއްގެ ގާތަށްވެސް ގޮސްފަ އެވެ. އެއަށްފަހު ރޭކާ އާއި އިމްރާން ހާން ކައިވެނިކޮށް އެމީހުންގެ އާއިލާއަށް ގެއްނަން އޭނާ ރުހޭކަން ވަނީ ހާމަކޮށްފަ އެވެ.

1985 ގެ އެޕްރިލް މަހު އިމްރަން ހާން ވަނީ އިންޑިޔާގެ ބޮމްބޭ ގައި މަޑުކޮށްފަ އެވެ. މަހެއްހާ ދުވަސްވަންދެން އިމްރާން ބޮމްބޭގައި މަޑުކޮށްފައިވާއިރު އޭނާ އާއި ރޭކާ އެކުގައި އެކި ތަންތަނުން ފެނިފައިވާކަމަށް އިންޑިއަން ޑެއިލީ އިން ބުނެއެވެ.

ރޭކާ އާއި އިމްރާން ހާން އެކީގައި ބޮމްބޭގެ ގޮނޑުދޮށުން ފެނިފައިވާކަމަށް އިންޑިއަން ޑެއިލީ އިން ބުނާއިރު ދެމީހުން އެކީގައި ފެނިގެންދިޔައީ ލޯބިވެރިންގެ ގޮތުގައި ކަމަށް ވެއެވެ.

އިމްރާން ހާން އާއި ހަވާލަދީ މީޑިޔާ އަކުން ރިޕޯޓުކުރާގޮތުގައި ފިލްމީތަރިއަކާއި އެއްކޮށް ކުޑަދުވަސްކޮޅަކަށް އުޅެވިދާނެ ކަމަށާއި ފިލްމީ ތަރިއަކާއި ކައިވެނި ކުރަން ހިތަކަށްވެސް ނާރާ ކަމަށެވެ.

އިމްރާން ހާނަކީ 1980ގެ ފަހުކޮޅުން ފެށިގެން 1990ގެ އަހަރުތަކުގެ މެދުތެރެއާއި ހަމައަށް ދެކުނު އޭޝިއާ ސަރަހައްދުގައި ހުރި އެންމެ މޮޅު އެއްކްރިކެޓް ކުޅުންތެރިޔާއެވެ. އެހެންކަމުން އޭރު ޕާކިސްތާނާއި އިންޑިއާ އަންހެނުންގެ މެދުގައި އިމްރާނަކީ ވަރަށް މަގުބޫލް މީހެކެވެ.

ރޭކާ އާއި ބޮލީވުޑްގެ މެގަސްޓަރ އަމީތާބް ބައްޗަންގެ ވާހަކަ ތަކަކީވެސް އާ ވާހަކަތަކަކަށް ނުވާނެ އެވެ. ދެތަރީންނަކީ އެއްދުވަސްވަރެއްގައި ދެ ލޯބިވެރިންނެވެ. ނަމަވެސް އަމީތާބް ކައިވެނި ކުރީ އެހެން މީހަކާއި އެވެ. އަދި ރޭކާ ހުރީ އޭގެ ފަހުން ހުސްކޮށް މީހަކާއި ކައިވެނި ނުކޮށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އަންނި

    އަދިވެސް ރޭކާ ބޭނުން.

    4
    5
  2. ސަކޫން

    ޜޭކާ އިންނަން ނޫޅެނީ ކާކާ . ކިރަން ކުމާރު ، ޖީތެންދުރާ ، ވިނޯދު މެހެރާ އަދިވެސް . ޥިނޯދު މެހެރާއާ ކައިވެނިވެސް ކުރި ކަމަށްވަނީ އޭނާގެ މަންމަގެ ނުރުހުމަށް ރޭކާ ވަރިކޮށްފަ އެހެންމީހަކާ އިންކަމަށް ވަނީ . ޢެކަމަކު ރޭކާ ދައްކަނީ ހަމައެކަނި އަމީތާބް ގެ ވާހަކަ

    14
  3. އިމް ރާން

    ބިގްބީ ފަނިހެދީ

  4. ރިއަލް

    ރޭކާ އާ ސަންޖޭދަތު ގެ ވާހަކަ ތައް ވެސް 1980ގެ ފަހުކޮޅުން ފެށިގެން އިވޭ! 1990 ގެ މެދުތެރެއިން ފެށިގެން ރޭކާ އަށް ވުރެން 10 އހަރު ހަނގު އަކްޝޭ އާ ރޭކާ ގެ ގުޅުމޭ ކިޔާގެން ވެސް ދޭތެރެ ދޭތެރއިން އިވޭ! ޖީތެންދުރާ އާއި ވިނޯދު މެހެރާ އޭ ކިޔާގެން ވެސް އިވޭ! އެކަމަކު އަމީތާބު އެއީ ސުޕަރސްޓާރ އަކަށް ވާތީ އަމީތާބާ އަޅުވާ ކީމަ ރޭކާ ވ އުފާވޭ އެކަމް ހަގީގަތަކީ ރޭކާ އަމީތާބު އާ މީޓް ވި އިރު ވެސް އަމީތާބު އުޅެނީ ޖަޔާ އާ ކައިވެނި ކޮށްގެން! ރޭކާ އަދިވެސް ޒުވާން އެހެންވެ ވ ގިނަ ފިލްމީ ނުން މީހުން ވެސް އޭނަ އާ ގުޅުން އުފައްދާ ކަމަށް ވަނީ

  5. ޝައްފަ

    ރޭކާ އަކީ ޗެންނާއި އަށް އުފަން، ތަމަޅަ ދަރިފަސްކޮޅަށް ނިސްބަތްވާ މީހެއް. ބުނެލީ.

  6. ރާއީ

    އަހަރެމެން ނަށް ކީއް ރޭކާ އާ ކޮންމެ މީހަކާ އިނަސް! އުޅުނަސް!